Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ކޯޓުތަކާއި، މަޖިލިސް މިނިވަންކަމާއެކު ހިނގަންޖެހޭ: މެންބަރު އަނާރާ

މަޖިލީހަށް ހުށަހަޅޭ ބިލްތަކަށް އިތުރުވަގުތު އެބަ ދޭންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 މާރިޗު 2025 | ހޯމަ 07:28
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގެ ކޯޓުތަކާއި ރައްޔިތުންގެ މަޖިލިސް މިނިވަންކަމާއެކު ހިނގަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުން ފާސްކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސޫގެ 91 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަސްތީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވުނު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު އަނާރާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅޭ ބިލްތަކަށް އިތުރުވަގުތު އެބަ ދޭންޖެހޭ ކަމަށާއި، މާ އަވަހަށް، އަވަސް އަރުވާލައިގެން ބިލުތައް ފާސްކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށެވެ.

ގާނޫނު އަސާސީއަށް އިޝާރާތް ކުރައްވައި މެންބަރު އަނާރާ ވިދާޅުވީ މި ގާނޫނު އަސާސީއަކީ ވަރަށް ގިނަ ދިރާސާތަކަކަށްފަހު ގެނެސްފައިވާ ގާނޫނު އަސާސީއެއް ކަމަށާއި، ވަރަށް ގިނަ ހައްގުތަކެއް އެކުލެވިގެންވާ ގާނޫނު އަސާސީއެއް ކަމަށެވެ. މިއީ އަމިއްލަ ރައްޔުކަން ފާހަގަކުރައްވައި މެންބަރު އަނާރާ ވިދާޅުވީ ޖުޑީޝަރީއަކީ މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި އަބަދުވެސް އޮންނަންޖެހޭ ކަމަށެވެ. އަދި މިކަން ޕީޖީ ބައްދަލުވުމުގެ އިތުރުން މަޖިލީހުގެ ކޮމެޓީގައި ވެސް ފާހަގަ ކުރެއްވި ކަމަށް މެންބަރު އަނާރާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އަނާރާ ވިދާޅުވީ ކޯޓުތަކާއި، ރައްޔިތުންގެ މަޖިލިސް މިނިވަންކަމާއެކު ހިނގަންޖެހޭ ކަމަށެވެ.

އަޅުގަނޑު ގަބޫލުރަނީ ހަގީގަތުގައި މަޖިލީހުގައި މަސައްކަތްތައް މިހާރަށް ވުރެ މަޝްވަރާއާއި، އަދި ރައްޔިތުންގެ ހިޔާލު ހޯދުމާއި، މިހުރިހާ ކަންތައްތަކެއް އެކުލެވެންޖެހޭ ކަމަށް. އެއީ އަޅުގަނޑުމެން މި ގާނޫނު އަސާސީ ގެނެސްފައި މިވަނީ ވަރަށް މާތް މަގުސަދެއްގައި. ބާރުތައް ބެހިގެންވާ ގޮތަށް އަމަލު ކުރުމަށް. ހަމަ އެގޮތަށް ރަނގަޅު ނިޒާމެއްގެ ދަށުން ހުރިހާ ކަންތައްތަކެއް ވެސް ހިނގަމުންްދާ ގޮތް ހަމަޖެއްސުމަށް. އަޅުގަނޑަށް ފާހަގަވީ އެދުވަހު ވަރަށް އަވަސް އަރުވާލައިގެން އެބިލު ފާސްކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އަނބުރާ މިބިލު ފޮނުވާލައްވާފައި މިވަނީ. އެކަމަށް ވެސް މަރުހަބާ ދަންނަވަން. ރައީސް އަނބުރާ ފޮނުއްވާލެއްވީތީ މިފަދަ ބިލެއް. ހަގީގަތުގައި ކޯޓުތަކަކީ ވެސް ވަރަށް މިނިވަންކަމާއެކު ހިނގަންޖެހޭ ތަނަކަށް ވާންޖެހޭ. ރައްޔިތުންގެ މަޖިލިސް ވެސް ވަރަށް މިނިވަންކަމާއެކު ހިނގަންޖެހޭ ތަނަކަށްވާންޖެހޭ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް

މެންބަރު އަނާރާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަވަސް އަރުވާލައިގެން ބިލްތައް ފާސްނުކުރުމާއި، މިފަދަ މައްސަލަތައް ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު