Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަންދީ ޕޮލިހަށް ހާޒިރުކުރުން

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ނުފުއްދަވާ ދަނީ ރައްޔިތުންނަށް އަނިޔާވެރިވަމުން: މަންދީ

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގޯއްޗާއި، ފްލެޓު އަތުނުލާނެކަމުގެ ވައުދުފުޅާ އެކު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2025 | އާދީއްތަ 09:58
އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ނުފުއްދަވާ ދަނީ ރައްޔިތުންނަށް އަނިޔާވެރިވަމުން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު (މަންދީ) ބުނެފިއެވެ.

އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30ގައި މަންދީ ވަނީ ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވެފައެވެ. އެ ސަރަހައްދުގައި ހުރެ ރާއްޖެއެމްވީއަށް މަންދީ ބުނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ވައުދުފުޅުތަކާއެކު ކަމަށާއި، ނަމަވެސް އެ ވައުދުފުޅުތައް ނުފުއްދަވާ ރައްޔިތުންނަށް އަނިޔާވެރި ވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މާލޭގެ ރައްޔިތުންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅުނު ރައްޔިތުންނަށް ކުރީ ސަރުކާރުން ދިން ގޯއްޗާއި، ފްލެޓުތައް ވެސް މިސަރުކާރުން އަތުލާފައިވާކަން މަންދީ ފާހަގަކުރި އެވެ. އަދި ވެރިކަމަށް ވަޑައިގެންނެވީ ގޯއްޗާއި، ފްލެޓު އަތުނުލާނެކަމުގެ ވައުދުފުޅާ އެކު ކަމަށެވެ.

އެއަށްފަހު އެވައުދުތައް ތަކުރާރު ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި. އެއީ އެބޭފުޅުންނަށް ސުޕަ މެޖޯރިޓީ ވެސް ރައްޔިތުން ދެއްވީ މިކަންކަމަށްޓަކައި. އެކަމަކު އޭގެން އެއްވެސް ވައުދަކަށް ކަމޭ ނުހިއްތަވާ ރައްޔިތުންނަށް އަނިޔާވެރިވަމުން މިދަނީ. ދެން އޭގެ އިތުރަށް އެބޭފުޅާ ވަރަށް ވައުދުވި ވަޒީފާތަކުން މީހުން ނުކަނޑާނެ ކަމަށާއި، ސިޔާސީ ފިކުރަށް ނިސްބަތްވާތީ ވަޒީފާ ނުދާނެ ކަމާއި. އެކަމަކު ވެރިކަމަށް ވަޑައިގެން އެތައް ސަތޭކަ ރައްޔިތުންނެއްގެ ވަޒީފާ ދުއްވާލައިފި.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މަރިޔަމް ޒުބައިރު (މަންދީ)

މަންދީ ބުނީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި ނުކުންނަ ޕާޓީއެއް ކަމަށާއި، ރައްޔިތުންނަށްޓަކައި އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. ހައްގުތަކަކީ ވަކި ބަޔަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި، ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ހައްގުތައް ކަށަވަރުކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

މަންދީ ބުނީ ފުލުހަށް ހާޒިރުކޮށް، ބިރު ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު