Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަނގުރާމަ ހުއްޓާލި ފަހުން، އިސްރާއީލުން ފަލަސްޠީނުގެ 98 މީހަކު ޝަހީދު ކޮށްލައިފި

ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ސިވިލިއަނުން ޝަހީދުވެ، އަނިޔާވަމުން ދާއިރު، ހުއްޓުމެއް ނެތި ކުރިއަށްދާ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2025 | އާދީއްތަ 06:44
އިސްރާއީލާއި ހަމާސް އާއި ދެމެދު ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ތިން ވަނަ ދުވަހު، ޣައްޒާގެ މެދު ތެރޭގައި އޮންނަ ސަލާހު އަލްދީން މަގުން ދެކުނަށް ފަލަސްތީނުގެ މީހުން ހިނގާފައި ދަނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ، އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ފަލަސްޠީނުގެ 98 މީހަކު ޝަހީދު ކޮށްލައިފި އެެެވެ. 

ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސް ހިސާބު ތަކަށް ބިނާކޮށް އަލް ޖަޒީރާ އިން ހެދި ދިރާސާއެއް ގައި ދައްކާ ގޮތުން، ޖަނަވަރީ 20 ގައި ހަނގުރާމައިގެ ވަގުތީ ހުއްޓުމަކަށްފަހު، އެ މަހު ތެރޭގައި ފަލަސްޠީނުގެ 23 މީހަކު ޝަހީދު ކޮށްލާފައިވާއިރު، އަށް މީހަަކަށް ވަނީ އަނިޔާވެފަ އެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު 31 މީހަކު ޝަހީދު ކޮށްލާފައިވާއިރު، 16 މީހުންންނަށް ވަނީ އަނިޔާވެފަ އެވެ. އަދި މާރިޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް، 44 މީހުން ޝަހީދުކޮށް، ދެ މީހަކަށް އަނިޔާވެފައިވެ އެވެ.

މި ދިރާސާއިން ދައްކާ ގޮތުން، ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ސިވިލިއަނުން ޝަހީދުވެ، އަނިޔާވަމުން ދާއިރު، ހުއްޓުމެއް ނެތި ކުރިއަށްދާ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

 އަލް ޖަޒީރާ އިން އެއްކުރި މަޢުލޫމާތު ތަކަށް ބަލާއިރު، އިޒްރޭލްގެ ހަމަލާ ތަކުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް، 48،529 ފަލަސްތީނުން ޝަހީދުވެ، 111،955 މީހުންނަށް އަނިޔާވެފައިވެ އެވެ. 

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު