Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

"އެޗްއާރްސީއެމް އަކީ މިހާރު ރައީސް އަންގަވައިގެން ކުރާ އަނިޔާތަކުގައި މަތިޖަހާ މުއައްސަސާއަކަށް ވެއްޖެ"

ގައުމުގެ ހުރިހާ މުއައްސާއަކުން ތިބީ ބިރުން ކަމަށާއި ބިރު ނުގަންނަ ބަޔަކަށް ތިބީ އެމްޑީޕީ އެކަނި ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 މާރިޗު 2025 | ބުރާސްފަތި 18:39
އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު، އެމްޑީޕީން 13 މާރޗް 2025ގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު، އެމްޑީޕީން 13 މާރޗް 2025ގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަކީ މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން ކުރާ އަނިޔާތަކުގައި މަތިޖަހާ މުއައްސަސާއަކަށް ވެފައިވާ ކަމަށް އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހު ކުރި މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ.

މީގެ ކުރިން ވެސް މުޒާހަރާ އާއި ގުޅިގެން މޫކޭ އަށް ވަނީ ފުލުހަށް ހާޒިރުވާން އަންގާފައެވެ. އެގޮތުން، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފުލުހުން މޫކޭ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 14:00 އަށް، ގަލޮޅު ޕޮލިސް ސްޓޭޝަން އަށް ޙާޟިރު ވުމަށެވެ.

މޫކޭ އަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، 2025 މާޗު ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގު މަތީގައި އެއްވެ،އަޑު ގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި، އާންމު ވިޔަފާރީތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރުއަދާ ކުރުމަށްހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މުޒާހަރާ އަށް އެ ރޭ ދާން ވިސްނައިގެން ނެތް ކަމަށާ އެމްޑީޕީ ހަރުގެ ތެރޭގައި ހުއްޓާ މުޒާހަރާ ކުރަމުން އައި ތަނަށް ނުކުތީ އެހެން މީހަކު ބުނި ބުނުމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޖެހިގެން އައި ދުވަހު ފެނުނީ ޗިޓް ފޮނުވައިގެން ފުލުހަށް ދާން އެންގި މަންޒަރު ކަމަށް މޫކޭ ވިދާޅުވިއެވެ.

އެއީ ބިރު ދެއްކުމަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން، އެމްޑީޕީ އަށް ބިރު ނުދެއްކޭނެ ކަމަށް މޫކޭ ވިދާޅުވިއެވެ. ގައުމުގެ ހުރިހާ މުއައްސާއަކުން ތިބީ ބިރުން ކަމަށާއި ބިރު ނުގަންނަ ބަޔަކަށް ތިބީ އެމްޑީޕީ އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

އަބަދުވެސް މި ދަންނަވަނީ ތިބޭފުޅުންގެ ހުވާ ކުރީ އަޅުގަނޑުމެން ބުނެގެނެއް ނޫނޭ. އެއީ އަމިއްލަ އަށް ވަޒީފާގެ ބޭނުމަށް ކުރި ހުވަ އެއް. އެ ހުވާގަ އަންނަނީ އިސްލާމް ދީނުގެ ވާހަކަ. މުއިއްޒުގެ ވާހަކަ އެއް ނާދޭ. މާތްކަލާކޯއަށްޓަކާ ނާދޭ. ﷲގެ ނަންފުޅު ގެނެސް ހުވައެއް ކޮށްފަ ނިކުމެ ރައްޔިތުންނަށް އަނިޔާވެރިވާކަށް ނޫން ތިބޭފުޅުންގެ ހިތުގަ އޮންނާނީކީ.
އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކު، މޫކޭ

މީގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ އާއްމުންނަށް ދޮގު ހަދާ އޮޅުވާލަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް ފިރުވަން މިނިވަން މުއައްސާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކޮށް އޭނާ ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރައީސް ހިމާޔަތްކުރުން ދޫކޮށްލަން އޭނާ ވަނީ ގޮވާލައްވާފައެވެ. އަދި ފުލުހަށް ގެންގޮސްދާނެތީ ބިރު ގަންނާނެ ޕާޓީއަކަށް އެމްޑީޕީ ނުވާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު