Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަބުރުސްތާން އެލަވަންސް

ޖަމާއަތްތެރިންނަށް ދެމުން އައި "ގަބުރުސްތާން އެލަވަންސް" ސަރުކާރުން އުނިކުރުމުން ސިޓީ ކައުންސިލުން އެ އެލަވަންސް ދޭން ނިންމައިފި

13 މާރިޗު 2025 | ބުރާސްފަތި 06:57

ޖަމާއަތްތެރިންނަށް ދެމުން އައި "ގަބުރުސްތާން އެލަވަންސް" ސަރުކާރުން އުނިކުރީ މިމަހުގެ 10 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 މާރިޗު 2025 | ބުރާސްފަތި 06:57
މޭޔަރ އާދަމް ޢާޒިމް، އާސަހަރާގަޔާއި ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރައްވާ ޖަމާއަތްތެރިންނާ ބައްދަލުކުރައްވަނީ

މޭޔަރ އާދަމް ޢާޒިމް، އާސަހަރާގަޔާއި ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރައްވާ ޖަމާއަތްތެރިންނާ ބައްދަލުކުރައްވަނީ

ޖަމާއަތްތެރިންނަށް ދެމުން އައި "ގަބުރުސްތާން އެލަވަންސް" ސަރުކާރުން އުނިކުރުމުން މާލެ ސިޓީގެ ޖަމާއަތްތެރިންނަށް ސިޓީ ކައުންސިލުން އެ އެލަވަންސްދޭން ނިންމައިފިއެވެ.

ކައުންސިލްތަކުގެ ސެކެރެޓަރީ ޖެނެރަލުންނަށް މިދިޔަ ބުރާސްފަތި ދުވަހު ސީއެސްސީން ނެރުނު ސާކިއުލާއެއްގައިވަނީ، މަރުވާ މީހުން ވަޅުމުގެ މަސައްކަތްކުރާ މީހުންނަށްދޭ "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އުވާލައިފައިވާ ކަމަށެވެ. މި ސާކިއުލާގައި ބުނެފައިވަނީ އެ އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވައިދާ ފުށުނާރާ ގޮތަށް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާ ގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މާލެ ސިޓީގައި މަސައްކަތް ކުރާ ޖަމާއަތްތެރިންގެ އެލަވަންސް އެ ކައުންސިލުން ދިނުމަށް ވަނީ ނިންމާފައެވެ. މި އެލަވަންސް ދިނުމަށް ކައުންސިލުން ނިންމީ، ބުދަ ދުވަހު އޮތް ކައުންސިލްގެ 4 ވަނަ ދައުރުގެ 187 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޖަލްސާއަށް މިކަން ހުށަހަޅައިދެއްވާއި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ޖަމާޢަތްތެރިންނަކީ މުހިންމު އަދި މާތް މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި ކުއްލިއަކަށް ވަކި ސަބަބެއް ބަޔާން ކުރެއްވުމެއް ނެތި، ޖަމާއަތްތެރިންގެ އެލަވަންސް ކާޑާލުމަކީ އެއްވެސް އިންސާފުވެރިކަމެއް ނެތި ކުރައްވާފައިވާ ކަމެއްކަމަށެވެ. ޖަމާއަތްތެރިންނަށް ގަބުރުސްތާނު އެލަވަންސްގެ ގޮތުގައި ދެނީ ދުވާލަކަށް 50 ރުފިޔާއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ޖަމާޢަތްތެރިންގެ މުސާރައިން އުނިކުރި 1500 ރުފިޔާ ދެމުން ދެން ދާނީ ކައުންސިލްގެ ބަޖެޓުން ކަމަށެވެ. އަދި މި ކަން ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް ވެސް މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

މޭޔަރ ޢާޒިމްގެ އިތުރުން ޖަމާއަތްތެރިންގެ ހައްޤުގައި، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވާހަކަ ދައްކަވަމުން ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހެއްގައި ވަކި ސަބަބެއް ބަޔާން ނުކުރައްވައި ޖަމާއަތްތެރިންގެ އެލަވަންސް ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިގޮތަށް އެލަވަންސް ކަނޑާ ކަމަށް ވާނަމަ ޖަމާޢަތްތެރިން ނޫނަސް، ސިވިލްސާވިސްގެ އެހެން މުވައްޒަފުންގެ އެލަވަންސް ވެސް ކަނޑާލަފާނެކަމުގެ ބިރު އޮތް ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން ހުރިހާ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އެ އެލަވަންސް ދިނުމުގައި މާލިއްޔަތު ގަވާޢިދާ ފުށުނާރާ ގޮތަށް، ކައުންސިލްގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް ކައުންސިލުން ކަނޑައަޅާ ގޮތަށް ޢަމަލު ކުރުމަށް އެދޭ ކަމަށެވެ. ނަމަވެސް އެ އެލަވަންސް ސިވިލް ސާވިސް ކޮމިޝަނުން އުވައިލި ސަބަބެއް މިހާތަނަށް ހާމަ ނުކުރެއެވެ.

ދާދީ ފަހުން މޭޔަރ ޢާޒިމް ވަނީ އާސަހަރާގަޔާއި ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރައްވާ ޖަމާއަތް ތެރިންނާ ބައްދަލުކުރައްވައިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް