Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

މިރޭގެ މެޗުގައި ރޮނާލްޑޯ 90 މިނެޓު ކުޅޭނެ: ޒިދާން

23 އޯގަސްޓު 2017 | ބުދަ 14:45

ރޮނާލްޑޯ މިރޭގެ މެޗުގައި މުހިންމު ދައުރެއް އަދާކުރާނެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 23 އޯގަސްޓު 2017 | ބުދަ 14:45
ރޮނާލްޑޯ: އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ތެރެއިން

ރޮނާލްޑޯ: އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ތެރެއިން

ރެއާމް މެޑްރިޑާއި އިޓަލީގެ ފިއޮރެންޓީނާ މިރޭ ބައްދަލުކުރާ މެޗުގައި ރެއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 90 މިނެޓު ކުޅޭނެ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ މިރޭގެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި އެގޮތުން މެޗު ޚާއްޞަ ކަމަށެވެ. ޒިދާން ބުނީ މި މެޗުގެ ޚާއްޞަ ވަނީ މި މެޗުން މޮޅުވެގެން ވެސް ޓްރޮފީއެއް ކާމިޔާބު ކުރެވޭނެ ތީކަމަށެވެ.

މި މެޗަކީ ކޮންމެ އަހަރުވެސް އޮކްޓޫބަރ 23 ގައި ރެއާލްއިން އެހެން ކުލަބުތަކަށް ދައުވަތު ދީގެން ކުޅޭ ޚާއްޞަ ޓްރޮފީމެޗެކެވެ. މި މެޗުން މޮޅުވާ ޓީކަމަށް ޚާޞަ ޓްރޮފީއެއް ލިބިގެން ދާނެއެވެ.

އެހެން ކަމުން މިރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒިދާން ބުނީ މިރޭގެ މެޗަކީ ކުޅުންތެރިންގެ ފިޓްނަސް ލެވެލް ރަނގަޅު ކޮށްލަން ލިބޭ ފުރުސަތެއް ކަމަށާއި އެގޮތުން ރޮނާލްޑޯ މިރޭގެ މެޗުގައި ހިމެނުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން 90 މިނެޓު ކުޅޭ ރޮނާލްޑޯ މިރޭގެ މެޗުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް ޒިދާން ބުންޏެވެ.

ރޮނާލްޑޯ އަށް މިރޭގެ މެޗުގައި ފުރުސަތު ލިބިގެން ދާއިރު އޭނާ ވަނީ ސްޕެނިޝް ލީގުގެ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައެވެ.

އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި ޑިޕޯތިވޯ ލަކަރޫނިޔާއާ ދެކޮޅަށް ކުޅެ 0-3 އިން މޮޅުވި މެޗުގައި ވެސް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. މީގެ އިތުރުން ލީގުގައި ކުރިޔަށް އޮތް 3 މެޗުގައި ވެސް ރޮނާލްޑޯއަށް ނުކުޅެވޭއިރު އޭނާއަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ މަހުގެ 20 ވަނަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗުގައެވެ.

ފިއޮރެންޓީނާއާ ދެކޮޅަށް މިރޭ ރެއާލް މެޑްރިޑު ނިކުންނައިރު މިރޭގެ މެޗުން މޮޅުވުމަކީ ޒިދާންގެ އުންމީދެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ޒިދާން ބުނީ މިރޭގެ މެޗުން މޮޅުވެ ޓްރޮފީ ގައުމުން ބޭރަށް ދިޔަ ނުދޭނޭ ކަމަށާއި އެހެން ކަމުން މިރޭގެ މެޗުން މޮޅުވުން މުހިންމު ކަމަށެވެ.

"މިރޭގެ މެޗު ބޮޑަށް އަމާޒުކުރާނީ ކުޅުންތެރިންގެ ފިޓްނަސްއަށް. އެގޮތުން އެންމެ އިސްކަމެއް ދޭނީ 90 މިނެޓުގައި ރޮނާލްޑޯ ލައްވާ ކުޅުވުމަށް." ޒިދާން ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް