Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިލިޕީންސް

އައިސީސީގެ އަމުރެއްގެ ދަށުން، ފިލިޕީންސްގެ ކުރީގެ ރައީސް ޑުޓާޓީ ހައްޔަރު ކޮށްފި

11 މާރިޗު 2025 | އަންގާރަ 07:54

 ހޮންކޮންގަށް ކުރެއްވި ކުރު ދަތުރުފުޅަކަށްފަހު، ޑުޓާޓީ އެނބުރި ޤައުމަށް ވަޑައިގެންނެވުމާ އެކު، މެނިލާ އެއާޕޯޓުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2025 | އަންގާރަ 07:54


ހޮންކޮންގުގައި ތިބޭ ފިލިޕީންސްގެ މަސައްކަތްތެރިން ބޭއްވި ޝުކުރު އަދާކުރުމުގެ ޖަލްސާއެއްގައި ބަައިވެރިވެ ވަޑައިގަތުމަށް ޑުޓާޓީ ވަޑައިގަންނަވަނީ

ހޮންކޮންގުގައި ތިބޭ ފިލިޕީންސްގެ މަސައްކަތްތެރިން ބޭއްވި ޝުކުރު އަދާކުރުމުގެ ޖަލްސާއެއްގައި ބަައިވެރިވެ ވަޑައިގަތުމަށް ޑުޓާޓީ ވަޑައިގަންނަވަނީ

ފިލިޕީންސް ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)ގެ އަމުރެއްގެ ދަށުން ހައްޔަރު ކޮށްފި އެވެ. 

އުމުރުފުޅުން މިހާރު 79 ވަނަ އަހަރުވެފައިވާ ޑުޓާޓީ އަންގާރަ ދުވަހުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާކަން ފިލިޕީންސްގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

ޑުޓާޓީ ހައްޔަރު ކޮށްފައި ވަނީ އޭނާގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅު ކުށްތަކެއް ކުރިކަމުގެ ދައުވާތަކާ ގުޅިގެންނެވެ. 

ޑުޓާޓީ ހައްޔަރު ކުރި ފަހުން އެ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ. މިހާރު ޑުޓާޓީ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. 

 ހޮންކޮންގަށް ކުރެއްވި ކުރު ދަތުރުފުޅަކަށްފަހު، ޑުޓާޓީ އެނބުރި ޤައުމަށް ވަޑައިގެންނެވުމާ އެކު، މެނިލާ އެއާޕޯޓުން ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ.

ޑުޓާޓީގެ ވެރިކަމުގައި ހިންގުނު މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި، ނިކަމެތި ފަންތީގެ ދިހަހާށްވުރެ ގިނަ ފިރިހެނުން މަރާލެވުނު ކަމަށް އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ލަފާކުރެ އެވެ.

މީގެ ތެރެއިން ގިނަ މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރިކަން ސާބިތުނުވާ މީހުންނެވެ. 2019 ގައި ފިލިޕީންސް، އައިސީސީން ވަކިވި ނަމަވެސް، އެ ކޯޓުން ބުނެފައި ވަނީ ވަކިވުމުގެ ކުރިން ހިނގި މަރުތަކާއި، ޑުޓާޓީ ދަވާއޯގެ މޭޔަރު ކަމުގައި ހުރިއިރު ހިނގި މަރުތަކުގެ މައްޗަށް އުމުރު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށެވެ.

މިހާރުގެ ރައީސް ފަރްޑިނަންޑް މާކޯސްގެ ސަރުކާރުން އައިސީސީގެ ތަޙުޤީޤުތަކާ އެކު މަސައްކަތް ނުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ކްލެއަރ ކާސްޓްރޯ ވަނީ އިންޓަޕޯލްގެ އެހީތެރިކަމަށް އެދިއްޖެ ނަމަ، އެއަށް އިޖާބަ ދޭން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ޑުޓާޓީ އަކީ މިހާރު ވެސް ފިލިޕީންސްގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު ސިޔާސީ ލީޑަރެކެވެ. އަދި އޭނާ ވަނީ މިއަހަރުގެ މެއި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މެދު ތެރޭގެ އިންތިޚާބުގައި ދަވާއޯގެ މޭޔަރު ކަމަށް ކުރިމަތި ލައްްވައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
04 މާރިޗު 2017

މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި

04 މާރިޗު 2017
މެލޭޝިއާ އިން ރީ ޖޮން ޗޮލް ހައްޔަރު ކުރީ "މަކަރުވެރި ރޭވުމެއްގެ ދަށުން" ކަމަށް އޭނާ ބުނެފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
07 ޖެނުއަރީ 2017

ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި

07 ޖެނުއަރީ 2017
ފިލިޕީންސްގެ ޖަލެއް ފަޅާލައި 150 އެއްހާ ގައިދީން ފިލައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް