Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ހީނހީނފައި އަލިފާން ކާ ކަމަށް ވަންޏާ، އެ ކައިގެން ތަލި ފިހުނީމަ ވެސް ހޭންވާނެ!

ހީނހީނފައި އަލިފާން ކާ ކަމަށް ވަންޏާ، އެ ކައިގެން ތަލި ފިހުނީމަ ވެސް ހޭން ވާނެ އެވެ! އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަލިފާނަކީ ގެއްލުން ލިބޭ ނުރައްކާތެރި އެއްޗެެއްކަން އިނގޭ ހިނދު، ހީނހީނފައި ތިބެ އަލިފާން ކާ ކަމަށް ވަނީނަމަ، އެ އަލިފާން ކައިގެން ތިމާގެ ތަލި ފިހުނީމާ، ދެން ގިސްލަ ގިސްލާފައި ރޮއެގެން ނުވާނެ އެވެ. ހަމަ ހޭން ވާނެ އެވެ. ހޭން ކުރެން ވެސް ޖެހޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މާރިޗު 2025 | އާދީއްތަ 06:52
އަލިފާާންގަނޑަކާ އެކު މީހަކު ފެންނަ ފޮޓޯއެއް

އަލިފާާންގަނޑަކާ އެކު މީހަކު ފެންނަ ފޮޓޯއެއް

އަލިފާނަކީ އޭގައި އިންތިހާ އަށް ހޫނުކަން އެކުލެވިގެންވާ އެއްޗެކެވެ. އެކަމުގެ ސަބަބުން އިންސާނާ އަށް އުނދަގޫ ކުރުވާ، އަދި އަނިޔާ ވެސް ލިއްބައިދޭ އެއްޗެކެވެ. އަލިފާނާ ކައިރި ވުމަކީ އެއްވެސް މީހަކު ކުރަން ބޭނުން ވާނެ ކަމެއް ނޫނެވެ. އޭގެއިން ހަށިގަނޑަށް ލިބޭ އަނިޔާ އާއި، ހަށިގަނޑުގައި ނަގާ ލަކުނަށް ވިސްނާލިޔަސް، އެއްވެސް މީހަކީ އަލިފާނާ ގަޔާވާނެ މީހެއް ނޫންކަން ކަށަވަރެވެ.

އެހެންވެއްޖެ ނަމަ، އަލިފާނާ މެދު ސަމާލު ނުވާނީ ކާކު ހެއްޔެވެ؟ ތިމާ އަށް ނުވަތަ ތިމާގެ ހަށިގަނޑަށް އޭގެއިން ގެއްލުމެއް ލިބޭ އެއްޗެއް ބޭނުން ކުރާނީ ކާކު ހެއްޔެވެ؟ ޚާއްސަކޮށް އަލިފާނެވެ.

ފާހަގަކޮށްލަން މި އުޅެނީ ދިވެހި މުހާވިރާއެއްގައި ވެސް އޮންނަ ވާހަކަ އެކެވެ. ހީނހީނފައި އަލިފާން ކާ ކަމަށް ވަންޏާ، އެ ކައިގެން ތަލި ފިހުނީމަ ވެސް ހޭން ވާނެ އެވެ! އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަލިފާނަކީ ގެއްލުން ލިބޭ ނުރައްކާތެރި އެއްޗެެއްކަން އިނގޭ ހިނދު، ހީނހީނފައި ތިބެ އަލިފާން ކާ ކަމަށް ވަނީނަމަ، އެ އަލިފާން ކައިގެން ތިމާގެ ތަލި ފިހުނީމާ، ދެން ގިސްލަ ގިސްލާފައި ރޮއެގެން ނުވާނެ އެވެ. ހަމަ ހޭން ވާނެ އެވެ. ހޭން ކެރެން ވެސް ޖެހޭނެ އެވެ. މިކަން އޮންނާނީ މި ނޫން ދެން އެހެން ކޮން ގޮތަކަށް ހެއްޔެވެ؟

މި މުހާވިރާ އަޅުގަނޑުމެން އަމިއްލަ ހަޔާތާ ވެސް ގުޅުވާލެވިދާނެ އެވެ. ރާއްޖޭގައި މި ހިނގާ ކަންތައްތަކާއި، ރާއްޖޭގެ ސިޔާސީ މަސްރަހާ ވެސް ގުޅުވާލެވިދާނެ އެވެ. މިއީ މި ކަންކަމަށް ފުރިހަމަ މިސާލެއް ކަމަށް ދެކެމެވެ.

އެންމެ އާންމު ވާހަކަ އަކަށް އޮތީ ޤާނޫނު އަސާސީ އަށް ގެނެސްގެން އުޅޭ ބަދަލުގެ ވާހަކަ އެވެ. ސަރުކާރު ހިންގާ މަައި ޕާޓީ އިން ގެނައި އިސްލާޙުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ގޮނޑި ގެއްލުވާލުުމުގެ ފުރިހަމަ އާރާއި، ބާރު ސިޔާސީ ޕާޓީ އަށް ލިބުނީ އެވެ. ސުޕަރ މެޖޯރިޓީ ގައި އޮތް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަތްޕުޅުގަ އެވެ.

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެކަން އެހެން އޮތުމަކީ، ޤަނޫނު އަސާސީއާ ޚިލާފު ބަދަލެއް ކަމަށް ޤަނޫނީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް، އެއީ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިން ކަމަށް ބުނާ އަސާސާ ފުށު ވެސް އަރަ އެވެ. އެއީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ހޮވާ މެމްބަރު، ރައީސް ނުވަތަ ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީން ވަކި ކުރެވޭތީ އެވެ.

ސަރުކާރުން މި ބަދަލު ގެންނަން ބޭނުންެ ވެގެން ޤާނޫނު އަސާސީ އަށް އިސްލާޙު ހުށަހެޅުމުން، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން އެއަށް "އާނބަސް" ކިޔައިގަތެވެ. އޭރު ވެސް އެތައް ބަޔަކު ދިޔައީ، އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ބުނަމުންނެވެ. އިދިކޮޅާއި، އެއްކޮޅުން ވެސް ދިޔައީ އެ ވާހަކަތައް ފާހަގަކުރަމުންނެވެ.

އެހެން ނަމަވެސް، އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި ޕީއެންސީގެ މަޖިލިސް މެމްބަރުން ޤާނޫނަށް އެ އިސްލާހު ގެނައި، "އޯވަރ ނައިޓަކުން" އެވެ. އެއް ރޭގެ ވަގުތެއްގައި ބިލު ހުށަހަޅައި، އަނެއް ދުވަހުގެ ޖަލްސާގައި އެ ބިލު ބަލައިގަނެ، އެ ބިލަށް ބަހުސްކޮށް، ކޮމެޓީގެ މަރުޙަލާ ނިންމައި އަދި މަޖިލީހުން ފާސް ކުރި އެވެ. ހަމަ އެ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހު ތަސްދީގު ކުރެއްވި އެވެ. މި ހުރިހާ ކަމެއް ހިނގީ ޕީއެންސީގެ މަޖިލިސް މެމްބަރުން އަތް ޖަހައި، ހޭން ތިއްބަ އެވެ. އުފަލުންނެވެ.

މިއަދު މި އިވޭ ވާހަކަ އަކީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ތެރޭގައި ދެބަސްވުންތަކެއް އުފެދިގެން އުޅޭ ވާހަކަ އެވެ. ޚިޔާލު ތަފާތުވުންތަކެއް އޮތް ވާހަކަ އެވެ. އެކަމުގެ ހެއްކަކީ، ޕީއެންސީގެ ޕީޖީ ގުރޫޕަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވެ އެވެ. ސިއްރު ނިންމުމެއް ވެސް ނުނިންމެ އެވެ. ޕީއެންސީގެ ޕީޖީ ގުރޫޕުގައި ހިމެނޭ ބައެއް މަޖިލިސް މެމްބަރުން މީޑިއާތަކާ އެ ވާހަކަތައް ހިއްސާ ކުރެ އެވެ.

ޤާނޫނު އަސާސީ އަށް ކުރިން ގެނެވުނު އިސްލާޙާ މެދު ބައެއް މެމްބަރުންގެ ކަންބޮޑުވުން އޮތް ކަމުގެ އަޑުތައް ވެސް ފެތުރެވެ އެވެ. ވާހަކަ ވެސް ދެކެވެ އެވެ. އެކަމާ ދެކޮޅު ބައެއް މެމްބަރުން ވެސް ތިބި ކަމަށް ރަށު ތެރޭގައި ގަދަ އަށް އެބަ ކިޔަ އެވެ. އެކަމަކު، އިދިކޮޅަށް ފާޅުގައި ބަހެެއް ބުނެގެން، ގޮނޑި ގެއްލިދާނެ ކަމުގެ ބިރަށް މެމްބަރުން ތިބޭނީ "ކަސްތޮޅު" އެޅުވިފައި ނޫން ހެއްޔެވެ؟

މިއަދު އެކަމާ ދެރަވެ ހިތާމަ ކުރުމުގެ އެއްވެސް މަޤުސަދެއް ނެތެވެ. ބޭނުމެއް އަދި މާނައެއް ވެސް ނެތެވެ. ކުރީ ދުވަހު ހީނހީނފައި ތިބެ އެ އިސްލާޙު ގެނެސް ނިންމާލިއިރު، މިއަދު އެކަމާ ކަރުނައަޅާނެ ކަމެއް ނެތެވެ. އެކަމާ ކުރިމަތިލައްވާށެވެ. އެ ހިތްވަރު ވެސް ހުންނަން ވާނެ އެވެ.

މުހާވަރާގައި ކުރިން ފާހަގަ ކުރި ގޮތަށް އޮންނަނީ ވެސް ހާދަ މާނަ ފުންވީމަ އެވެ. ތަކުރާރު ވެސް ކޮށްލަ ދެވިދާނެ އެވެ. ހީނހީނފައި އަލިފާން ކާ ކަމަށް ވަންޏާ، އެ ކައިގެން ތަލި ފިހުނީމަ ވެސް ހޭން ވާނެ އެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއާ އަލިފާންގަނޑު: ބޮޑު ވަޒީރެއް ނެތޭ ބުންޏަސް އެއީ ދޮގެއް ނޫން!

އޮސްޓްރޭލިއާ އަލިފާންގަނޑު: ބޮޑު ވަޒީރެއް ނެތޭ ބުންޏަސް އެއީ ދޮގެއް ނޫން!

05 ޖެނުއަރީ 2020
އޮސްޓްރޭލިޔާގެ އަލިފާންގަނޑު: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް!

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް!

16 ނޮވެމްބަރު 2019
ކެމިކަލް ގުދަނުގެ ބޮޑު އަލިފާން: ރެޑް ކްރެސެންޓުގެ މަސައްކަތަށްވެސް ތައުރީފް ހައްޤު

ކެމިކަލް ގުދަނުގެ ބޮޑު އަލިފާން: ރެޑް ކްރެސެންޓުގެ މަސައްކަތަށްވެސް ތައުރީފް ހައްޤު

22 ސެޕްޓެމްބަރު 2019
އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

14 މާރިޗު 2018
އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

07 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު