Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިއްސެގެ މަރު

ހާރުކައިގެން ނިދަން ދިޔަ އިއްސެ މަރައިލީ ތޫނު އެއްޗަކުން ފުން ޒަޚަމްތަކެއް ކޮށްލައިގެން!

އިއްސެ މަރާލުމުގެ ކުރިން ސުމަން ގެއްލުނު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 11:16
އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އިސްމާއިލް އުމަރު

ހުކުރު ދުވަހުގެ އިރުއޮއްސެން ކައިރިވެގެން ދިޔައިރު ޤައުމު ސިއްސުވައިލީ ހއ އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލާފައި އޮއްވައި ފެނުނު ވާހަކައާ އެކުއެވެ. ލިބެމުންދިޔަ މައުލޫމާތުތަކުން އެނގުނު ގޮތުގައި މަރާލާފައި އޮއްވައި ފެނުނީ އައިސްޕްލާންޓް ބެލެހެއްޓުމާއި ހަވާލުވެ ހުންނަ އެތަނުގެ މެކޭނިކެއްގެ ވަޒީފާ އަދާކުރާ އުމުރުން 54 އަހަރުގެ އިސްމާއިލް އުމަރެވެ. ރަޙުމަތްތެރިންގެ ނަމުންނަމަ އިއްސެއެވެ.

އިއްސެ މަރާލާފައި އޮތީ އިހާނެތި، ލާއިންސާނީ އަނިޔާތަކެއް ދިނުމަށްފަހުއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވި ގޮތުގައި، އިއްސެއަށް ވަނީ ތަކުރާރުކޮށް ތޫނު އެއްޗަކުން ހަމަލާދީފައެވެ. އޭނާގެ ގައިގެ އެކިތަންތާ، ފުން ޒަޚަމްތައް ހުއްޓެވެ.

އިއްސެގެ މަރުގެ ޚަބަރު ލިބުމާއި އެކު ކޮންމެ މީހަކަށްވެސް ފުރަތަމަ މަސައްކަތް ފަށައިގަނެވުނީ އެކަން ހިނގައިދިޔަ ގޮތް ހޯދުމަށެވެ. އިއްސެ އަކީ ކާކުތޯ އާއި އޭނާގެ ޤާތިލަކީ ކާކުތޯ ބެލުމަށެވެ.

ޅ. ހިންނަވަރަށް އުފަން އިއްސެ ދިރިއުޅެމުންދިޔައީ އައިސްޕްލާންޓްގައެވެ. އެ ޕްލާންޓްގައި ދެން މަސައްކަތް ކުރަނީ ގދ.ފަރެސްމާތޮޑާ މީހަކާއި، ބަންގްލަދޭޝް މީހެއްގެ އިތުރުން އިހަވަންދޫ 3 މީހެކެވެ. މީގެ ތެރެއިން އިހަވަންދޫ 3 މީހުން އެމީހުންގެ އާއިލާތަކާއި އެކު ދިރިއުޅެމުންދާއިރު، ގދ.ފަރެސްމާތޮޑާ މީހާ ދިރިއުޅެނީ އޭނާގެ ތިމާގެ ބައެއްގެ ކައިރީއެވެ. އައިސް ޕްލާންޓްގައި ހުންނަ ކޮޓަރީގައި ދިރިއުޅެނީ އިއްސެ އާއި ބަންގާޅަށް ނިސްބަތްވާ ސުމަންއެވެ.

އިއްސެ މަރާލުމުގެ ކުރިން ސުމަން ގެއްލުނު

އިއްސެގެ މަރަށްފަހު ހާމަވެފައިވާ ގޮތުގައި، އިއްސެ މަރާލާފައި އޮއްވައި ފެނުމުގެ ކުރީއްސުރެވެސް ފުލުހުން ދިޔައީ ސުމަން ހޯދަމުންނެވެ. ބުދަ ދުވަހު ސުމަން "ގެއްލިގެން" އޭނާ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ، އިއްސެ އާއި އައިސްޕްލާންޓްގެ މުއައްޒަފުން ވަނީ ސުމަން ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އެހިސާބުން ފުލުހުން ދިޔައީ ސުމަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މަރާލީ ހާރުކައިގެން ނިދަން ދިޔަ ފަހުން

އިއްސެ އާއި ސުމަން އައިސްޕްލާންޓްގައި ހުރި ކޮޓަރިއެއްގައި ދިރިއުޅުނު ނަމަވެސް، އެމީހުންގެ ކެއުމުގެ ކަންކަން ހަމަޖައްސާފައިވަނީ އެ ރަށުގެ ގެއަކުންނެވެ. އެ ގޭގެ މީހުންނާއި ހަވާލާދީ ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތުދިން ގޮތުގައި ބުރާސްފަތި ދުވަހުގެރޭ އިއްސެ ވަނީ ހާރުވެސް ކައިފައެވެ. އަދި ހާރުކައިގެން އޭނާ ނިދަން އައިސްޕްލާންޓަށް ގޮސްފައިވަނީ އެރޭ 02:30 ހާއިރުއެވެ.

24 ގަޑިއިރު ނުވަނީސް 5 މީހުން ފުލުހުންގެ ހައްޔަރަށް!

ފުލުހުންނަށް އިއްސެގެ ހަށިގަނޑު ފެނިފައިވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ. އިއްސެގެ ހަށިގަނޑު ފެނުނުތާ ގިނަ އިރުތަކެއްނުވެ، މި މައްސަލައިގައި މީހަކު ހައްޔަރުކުރިއެވެ. މައްސަލައިގައި ހައްޔަރުކުރީ އިއްސެއާއި އެކު އައިސްޕްލާންޓްގައި ދިރިއުޅެމުންދިޔަ ސުމަންއެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ސުމަން ހައްޔަރުކުރީ އިހަވަންދޫއިން ނޫން ކަމެވެ. އޭނާ ހައްޔަރުކުރީ ހދ ކުޅުދުއްފުށިންނެވެ.

މި މައްސަލައިގައި ހޮނިހިރު ދުވަހުގެ މެންދުރާއި ހަމައަށް އިތުރު 4 ބިދޭސީއަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ، ސުމަން އާއި ގާތް ގުޅުމެއް އޮންނަ އޭނާގެ 4 ރަޙުމަތްތެރިންނެވެ.

މައްސަލައާއި ގުޅޭ ގިނަ އަޑުތަކެއް – އެއްވެސް ވާހަކައެއް ކަށަވަރެއް ނުވޭ

އިއްސެގެ މަރާއި ގުޅިގެން ތުންތުންމަތިން އެތައް ވާހަކައެއް ދަނީ ދެކެވެމުންނެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ބުދަދުވަހު، އިހަވަންދޫއިން ފިލައިގެން ސުމަން ދިއްދޫއަށް ދިޔަވާހަކައެވެ. އަނެއް ވާހަކައަކީ، ރަޙުމަތްތެރިންގެ އެހީއާއިއެކު ސުމަން އިހަވަންދޫގައި ފިލައިގެން އުޅުނު ވާހަކައެވެ. އަދި ބުރާސްފަތި ދުވަހުގެރޭ އޭނާ ޑިންގީއެއްގައި ހޯރަފުއްޓަށް ދިޔަ ކަމަށްވެސް ވާހަކަ ދެކެވެއެވެ. ބުރާސްފަތި ދުވަހުގެރޭ، ގޮތްނޭނގޭ ބަޔަކާއިއެކު ލޯންޗެއްގައި ސުމަން އިހަވަންދޫއަށް ދިޔަކަމަށް ދެކެވޭ ވާހައާއި މި ވާހަކަ ފުށުއަރައެވެ. އަދި ހަމަ މިއާއި އެކު އިއްސެ މަރާލައި، އެއްލާލާފައި އޮތް ތަނުން ވަޅިއެއް ފެނިފައިވާ ކަމަށާއި، އިއްސެގެ ވޮލެޓު ގެއްލިފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި މައްސަލައާއި ގުޅިގެން މިފަދަ އެތައް ވާހަކައެއް ދެކެވުނު ނަމަވެސް، މިއިން އެއްވެސް ކަމެއް ހިނގިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ނަމަވެސް މި މައްސަލައިގައި އުފެދޭ އެއް ސުވާލެއް އެބަ އޮތެވެ. ސުމަން ހައްޔަރުކުރީ ކުޅުދުއްފުށިން ކަމުގައިވާއިރު، އޭނާ ކުޅުދުއްފުއްޓަށް ދިޔައީ ކޮން އިރަކު ކިހިނެއް ބާވައެވެ.

އިއްސެގެ މަރާލާފައި އޮތް މަންޒަރު

އިއްސެގެ މަރުގެ ޚަބަރާއި އެކު ސޯޝަލް މީޑިއާގައި އެ އަނިޔާވެރި އަމަލު ހިންގާފައި އޮތް މަންޒަރުވެސް ފެތުރިގެން ދިޔައެވެ. އިއްސެ މަރާލުމަށްފަހު ފެން ހިންދާ ކާނެއް ކަހަލަ ތަނެއްގެ ތެރެއަށް އޭނާގެ ހަށިގަނޑު އެއްލާލާފައި އޮންނަތަން ފެންނަ މި މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު، އިއްސެގެ އާއިލާއިން ވަނީ އެ ފޮޓޯ ދައުރު ނުކުރުމަށް އެދިފައެވެ. އަދި ހަމަ މިއާއި އެކު މަރުހޫމަށް އިހުތިރާމް ކުރުމަށްޓަކައި، އެ ފޮޓޯ ދައުރު ނުކުރުމަށް އިހަވަންދޫ ކައުންސިލުންވެސް ވަނީ އެދިފައެވެ.

ތަހުގީގު ހަލުވިކޮށް، އިންސާފު އަވަސްކުރުން

އިއްސެގެ މަރުގެ މައްސަލައިގައި 24 ގަޑިއިރުތެރޭގައި ކުރިއެރުންތަކެއް ހޯދައި 5 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ބާރު ދުވެލީގައި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މިހާރު ކުރެވޭ އުއްމީދަކީ މަރުހޫމުގެ އާއިލާއަށް އިންސާފު ލިބުމެވެ. ތަހުގީގަށް ލިބިފައިވާކަމަށް ފެންނަ ކުރިއެރުމަށް ބަލާއިރު، މި މައްސަލަ އަވަހަށް ޝަރީއަތަށް ފޮނުވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

މަރުހޫމްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

މިދިޔަ އަހަރުވެސް ލަފާކުރި އާމްދަނީ ނުލިބުނު، މިއަހަރު ވާނީ ކިހިނެތް؟

02 އޮކްޓޯބަރު 2017
ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

ދުންފަތުގެ އިސްތިއުމާލުކުރުން: އާ ގަވައިދެއް ހެދިޔަސް މިކަން ހުއްޓުވޭނީ އެންމެން ޒިންމާނަގައިގެން

16 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު