Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަލިފާނުގެ ހާދިސާ

އޮސްޓްރޭލިޔާގެ އަލިފާންގަނޑު: މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް!

100 އަށްވުރެ ގިނަ އަލިފާންގަނޑު ވަނީ ރޯވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 16 ނޮވެމްބަރު 2019 | ހޮނިހިރު 21:44
އަލިފާން ރޯވެ އަނދަނީ

އަލިފާން ރޯވެ އަނދަނީ

ދުނިޔޭގެ ފުއްޕާމޭ ކަމަށް ބުނާ އެމެޒޯން ޖަންލީގެ ރޯވި އަލިފާނުގެ ހާދިސާއަށް ތިންމަސް ހަމަނުވެއެވެ. އަނެއްކާ ވެސް މިވަނީ މިފަދަ ބޮޑު އަލިފާނުގަނޑެއް ރޯވެފައެވެ. ތަފާތު އެތައް ބާވަތުގެ ޖަނަވާރާއި ގަސްގަހާގެހީ މިއަލިފާނުގެ ހާދިސާގައި ނެތިގޮސްފައިވާއިރު، މިހާރު އޮސްޓްރޭލިޔާގެ ޖަންގަލިތަކުގަޔާއި، އެގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ އަލިފާން ރޯވެފައެވެ. މި ހާދިސާގައި ގިނަ ބަޔަކު މިހާރު މާޔޫސްވެފައިވާއިރު، އޮސްޓްރޭލިޔާގެ އެކި ހިސާބުތަކުގައި ރޯވާ އަލިފާންގަނޑު ނިއްވާލެވޭނީ ދެތިން މަސްދުވަހުން ކަމަށް ކަމާބެހޭ މާހިރުން ވަނީ ބުނެފައެވެ.

އޮސްޓްރޭލިޔާގައި ވައި ދައުރުވާގޮތާއި، ވައި ބަދަލުވާނެ މިސްރާބެއް މިހާރު ނޭނގެއެވެ. އަދި ވައި ދައުރުވަމުންދާ ގޮތުން އަލިފާންގަނޑު ބޮޑުވެ ފެތުރެމުންދާކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އޮސްޓްރޭކިޔާގެ ސިޓީއެއް ކަމަށްވާ ކްއީންސްލެންޑްގައި ވައި ބާރުވުމުގެ ސަބަބުން އަލިފާން ވަނީ އިތުރަށް ބޮޑުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސިޑްނީ ހިމެނޭ ސަރަހައްދުގައި ވެސް ފިނިހޫނުމިން އިތުރަށް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަލިފާންގަނޑު ދިރާސާ ކުރާ ފަރާތްކުން ވިދާޅުވާ ގޮތުގައި ވައިޖެހެމުންދާ މިސްރާބު ބަދަލުވާ ގޮތަކުން އަލިފާންގަނޑު އިތުރު އެހެން ދިމާލަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިހާރު ކްއީންސްއައިލެންޑް އަދި ނިއުސައުތް ވޭލްސްގައި 100 އަށްވުރެ ގިނަ އަލިފާންގަނޑު ވަނީ ރޯވެފައެވެ. އެގޮތުން 150،000 ހެކްޓަރުގެ ސަރަހައްދެއް އަދަމުންދާ ކަމަށް މިއަލިފާންގަނޑު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްހުރި ދަތިތަކާ ބެހޭގޮތުން ނިއު ސައުތް ވޭލްސްގެ ފަޔަރ ސަރވިސްގެ ކޮމިޝަނަރ ޝޭން ފިޒެއިމޮންސް ވިދާޅުވީ އަލިފާން ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފިނިހޫނުމިން މަތިވުމާ، ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވުމާއި އަދި ކުރިއަށް އޮތީ ވެސް ހޫނު ދުވަސްތަކެއް ކަމަށް ވުމެވެ. މީގެއިތުރުން ފިޒެއިމޮންސް ވިދާޅުވީ ނިއު ސައުތް ވޭލްސްގައި މިއަހަރު ރޯވެފައިވާ އަލިފާންގަނޑު 2018ގައި ރޯވި އަލިފާންގަނޑަށްވުރެ 04 ގުނަ ބޮޑު ކަމަށާއި، ވާރޭ ނުވެހި ގިނަ ދުވަސްވުމުން 12 ސަރަހައްދެއް ހަނަފަސްވެފައިވާ ކަމަށެވެ.

ބާރުގެ މިނުގައި އަލިފާންގަނޑު ފެތުރެމުންދާއިރު، މިހާތަނަށް 03 މީހަކު ވަނީ މަރުވެފައެވެ. އަދި މީގެން ދެމީހަކު މަރުވީ ބާރު ސްޕީޑްގައި ފެތުރެމުން ދިޔަ އަލިފާންގަނޑުން ސަލާމަތްވާން ކާރުގައި ދަނިކޮށް ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ. މިހާދިސާއާ ގުޅިގެން އެތަކެއް ސްކޫލެއް ބަންދުކޮށް ގިނަ އަވަށަކުން ވަނީ މީހުން ހުސްކޮށްފައެވެ.

އޮސްޓޭލިޔާގެ އެކި އަވަށްތަކާއި، ޖަންގަލިތަކުގައި ހިންގަމުންދާ އަލިފާނުގެ ހާދިސާތައް ހިނގަމުންދާ ދުވެލީގައި، ނުހުއްޓި ކުރިއަށްދާނަމަ އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި ރަނގަބީލެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި ޖަންގަލީތަކުގައި ހުރި ގިނަ ގަސްތަކާއި، ޖަނަވާރާއި ސޫފާސޫފި ނެތިދިއުމަކީ މުޅި ދުނިޔެއަށް ލިބޭ ބޮޑު ގެއްލުމެކެވެ. ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރުން ލަސްވެފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2018

ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!

11 އޮކްޓޯބަރު 2018
ރައްޔިތުންނަށް ބޮޑު ފައިދާއެއް، ދެން އަންނަ ސަރުކާރަށް ޖެއްސުން!
10 އޮކްޓޯބަރު 2018

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

10 އޮކްޓޯބަރު 2018
ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!
11 ސެޕްޓެމްބަރު 2018

ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

11 ސެޕްޓެމްބަރު 2018
ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!
06 ޖޫން 2018

ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

06 ޖޫން 2018
ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!
19 ފެބުރުއަރީ 2018

ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

19 ފެބުރުއަރީ 2018
ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން
26 ޖެނުއަރީ 2018

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

26 ޖެނުއަރީ 2018
"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"
22 ޖެނުއަރީ 2018

އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

22 ޖެނުއަރީ 2018
އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!
11 ޑިސެމްބަރު 2017

ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ

11 ޑިސެމްބަރު 2017
ޕޯލާ ބެއާގެ ނަސްލު ނެތިގެންދަނީ، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހޭ
01 އޮކްޓޯބަރު 2017

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ
26 އޯގަސްޓު 2017

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު