Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕޯޗުގަލްގެ ޖަންގަލީގައި ރޯވުން

ޕޯޗުގަލްގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑަށް ނަޒަރެއް!

21 ޖޫން 2017 | ބުދަ 09:50

ޕޯޗުގަލް އަކީ ޔޫރަޕްގައި އެންމެ ބޮޑަށް ޖަންގަލިތައް ހުރި އެއް ގައުމު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 ޖޫން 2017 | ބުދަ 09:50
މިހާރު ރޯވެފައިވާ އަލިފާންގަނޑުގެ 95 އިން ސައްތަ ވަނީ ނިއްވާލާފައި

މިހާރު ރޯވެފައިވާ އަލިފާންގަނޑުގެ 95 އިން ސައްތަ ވަނީ ނިއްވާލާފައި

ޕޯޗުގަލްގެ ގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ޚަބަރަކީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ބޮޑު ވާހަކައެކެވެ. އެގައުމުގެ ބޮޑު ވަޒީރު އެކަން ސިފަކުރެއްވީ މިހާތަނަށް ފެނިފައިނުވާ ފަދަ އިންސާނީ ކާރިސާއެއްގެ ގޮތުގައެވެ. އެގައުމުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު މިހާތަނަށް ފެނިފައިނުވާ ފަދަ އިންސާނީ ކާރިސާއެއްގެ ގޮތުގައި ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއާ ކޮސްޓާ ސިފަކުރައްވާފައިވާއިރު، ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް 64 މީހުން މަރުވެ މަދުވެގެެން 150 މީހުން ޒަޚަމްވެފައި ވެއެވެ.

ޖަންގަލިތަކުގައި އަލިފާން ރޯވުމަކީ ޕޯޗުގަލްއަށް އަހަރަކު އެއްފަަހަރު ކުރިމަތިވާ ކަމެކެވެ. މިދިޔަ އަހަރު ޔޫރަޕިއަން އެންވަޔަރަމަންޓް އެޖެންސީން ބުނެފައި ވަނީ ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވި އަލިފާން ރޯވުމުގެ ހާދިސާތައް، 1993 އިން 2013 އަށް ސްޕެއިން، ފްރާންސް، އިޓަލީ އަދި ގްރީސްގައި އެ މުއްދަތުގައި ރޯވެފައިވާ ޖުމްލަ އަލިފާންގަނޑުތަކަށް ވުރެ ގިނަ ކަމަށެވެ.. ނަމަވެސް ޕޯޗުގަލް އަކީ ޖިއޮގްރަފިކަލް ސައިޒުގެ ގޮތުން މިދެންނެވި ގައުމުތަކާ އަޅާބަލާއިރު ކުޑަ ގައުމެކެވެ.

ޕޯޗުގަލްއަކީ ޔޫރަޕްގެ ދެކުނު-ހުޅަނގު ކައިރިފަށުގައި އޮންނަ ފިނިހޫނުމިން ރަނގަޅު މިންވަރެއްގައި ހުންނަ ގައުމެކެވެ. މިހާހިސާބުން އުފައްދަން ޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ. މި އަހަރު ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު އެއީ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅިދާނެ ކަމެއްތޯއެވެ؟ މަރުވި މީހުންގެ އަދަދު މަދުކުރުމަށް ނުވަތަ ލިބިފައިވާ ގެއްލުން ކުޑަކުރުމަށް ޕޯޗުގަލްއަށް ކުރެވިދާނެ ކަމެއް އޮތްތޯއެވެ.؟

އެންމެ ފަހުން ލިބޭ ރިޕޯޓުތަކަށް ބަލާއިރު ރޯވެފައިވާ އަލިފާންގަނޑުގެ 95 އިން ސައްތަ ވަނީ ނިއްވާލާފައެވެ. މިކަމުގައި 1200 ކްރޫ ބައިވެރިވެ 400 ވެހިކަލް ބޭނުންކުރިއެވެ.

ރޯވެފައިވާ އަލިފާންގަނޑުގެ ބޮޑުބައި ވަނީ މިހާރު ނިއްވާލާފައި

ޕޯޗުގަލް އަކީ އެޓްލާންޓިކް ކަނޑުން ގަދަވައި އަންނަ ގައުމެކެވެ. ސައިންސްވެރިން ބުނަމުން ދަނީ ޕޯޗުގަލްގެ ޖަންގަލިތަކުގައި "އަލިފާން ރޯވުމުގެ ސީޒަން" ގެ މުއްދަތު މޫސުމީ ބަދަލުތަކާ ހެދި އިތުރުވެފައިވާ ކަަމަށެވެ. އެގޮތުން އެ މުއްދަތް ދެ މަހުން ފަސް މަހަަށް ބަދަލުވެފައިވާ ކަމަށެވެ. މިއަހަރު ޕޯޗުގަލްގައި ހޫނު މޫސުން ފެށިފައިވާއިރު، މިހާރު ވެސް ޕޯޗުގަލްގެ ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗެވެ.

ޕޯޗުގަލްއަކީ ޔޫރަޕްގައި އެންމެ ބޮޑަށް ޖަންގަލިތައް ހިމެނޭ އެއް ގައުމެވެ. ވާލްޑް ފޮރެސްޓް އިންސްޓިޓިއުޓް އިން ބުނާ ގޮތުން ޕޯޗުގަލްގެ ޖަންގަލިތަކުގެ ތެރެއިން 85 އިން ސައްތައަކީ އަމިއްލަ ފަރާތްތަކުގެ ޖަންގަލިތަކެވެ. އަމިއްލަފަރާތްތަކުގެ ޖަންގަލިތަކުގައި އެވްރެޖް ގޮތެއްގައި ހުންނަނީ ފަސް ހެކްޓަރު ނުވަތަ 12.7 އޭކަރެވެ.

ޕޯޗުގަލްގެ ޖަންގަލިތައް ރަނގަޅަށް ބަލަހައްޓާ މެނޭޖު ކުުރުމަކީ އެންމެ ބޮޑު އެއް މައްސަލަޔަށް ވާއިރު، ރަށްފުށުގެ އާބާދީ މަދުވެ ސިޓީތަކަށް ބަދަލުވާ މީހުން ގިނަވުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުގެ ޖަންގަލިތައް ވަނީ ބަލަހައްޓާނެ ފަރާތެއް ނެތިފައެވެ. ޖަންގަލިތަކުގައި އަލިފާން ރޯވެއްޖެ ނަމަ ފަސޭހައިން އަލިފާން ފެތުރިދާނެ ޑެޓްރައިޓިސް ނުވަތަ ބޭކާރު ބައިތަކުން ޖަންގަލިތައް ހުންނީ ފުރިފައެވެ.

ޖަންގަލީތަކުގައި ރޯވާ އަލިފާންގަނޑާ ދޭތެރޭ ގެންގުޅޭ އުސޫލަށް ނުވަތަ ރަނގަޅު އުސޫލެއް ނެތުމުން ޕޯޗުގަލްގެ ލޯކަލް މީޑީއާގައި، ސަރުކާރަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާއިރު ސަރުކާރުން ބުނެފައި ވަނީ އަލިފާން ރޯވާން ދިމާވި ސަބަބުތައް ދިރާސާ ކުރާނެ ކަމަށެވެ. ދިރާސާކޮށްފައި ބުނާނީ ކީކޭބާ؟ މިއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2022

ޕޯޗުގަލްގެ ބަލި ފަޔަކީ ރޮނާލްޑޯ

24 ނޮވެމްބަރު 2022
ޕޯޗުގަލްގެ ބަލި ފަޔަކީ ރޮނާލްޑޯ
01 މެއި 2022

ތައުލީމީ ދާއިރާގެ މުސާރައިގެ ބޮޑު ބަދަލަށް ނަޒަރެއް

01 މެއި 2022
ތައުލީމީ ދާއިރާގެ މުސާރައިގެ ބޮޑު ބަދަލަށް ނަޒަރެއް
25 ޖުލައި 2021

މިނިވަން ދުވަސް: ދުނިޔެއިން ރާއްޖެ ބަލައިގަތުމަށް ނަޒަރެއް!

25 ޖުލައި 2021
މިނިވަން ދުވަސް: ދުނިޔެއިން ރާއްޖެ ބަލައިގަތުމަށް ނަޒަރެއް!
06 ޖޫން 2021

މަގޭ ރިޕޯޓް: ހެލްތް މިނިސްޓްރީގެ ރިވިއު ރިޕޯޓަށް ތަފްސީލީ ނަޒަރެއް!

06 ޖޫން 2021
މަގޭ ރިޕޯޓް: ހެލްތް މިނިސްޓްރީގެ ރިވިއު ރިޕޯޓަށް ތަފްސީލީ ނަޒަރެއް!
03 ޖޫން 2021

އިއްޒަތްތެރި މެމްބަރުންގެ އޮންލައިން ޖަލްސާއަށް ނަޒަރެއް

03 ޖޫން 2021
އިއްޒަތްތެރި މެމްބަރުންގެ އޮންލައިން ޖަލްސާއަށް ނަޒަރެއް
17 ނޮވެމްބަރު 2018

ރައީސުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނަޒަރެއް

17 ނޮވެމްބަރު 2018
ރައީސުންގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނަޒަރެއް
07 ޖެނުއަރީ 2018

އިރާނުގެ މުޒާހަރާތަކަށް ނަޒަރެއް!

07 ޖެނުއަރީ 2018
އިރާނުގެ މުޒާހަރާތަކަށް ނަޒަރެއް!
18 ނޮވެމްބަރު 2017

ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!

18 ނޮވެމްބަރު 2017
ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!
23 ސެޕްޓެމްބަރު 2017

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!
08 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

08 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް