Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ދެ ދައުލަތުގެ ޙައްލަކީ، ފަލަސްޠީނުގެ ޙައްގަށް އުނިކަން އަންނާނެ ކަމައް: އިރާންގެ ޚާރިޖީ ވަޒީރު

8 މާރިޗު 2025 | ހޮނިހިރު 09:36

ބައެއް އިސްލާމީ ޤައުމު ތަކުން ދެ ދައުލަތުގެ ޙައްލަށް ތާއީދު ކުރި ނަމަވެސް، އެއީ ފަލަސްޠީނު ރައްޔިތުންގެ ޙައްގުތައް ހޯދައި ދިނުމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2025 | ހޮނިހިރު 09:36
 އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވާހަކަ ދައްކަވަނީ، މާރޗް، 7، 2025

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވާހަކަ ދައްކަވަނީ، މާރޗް، 7، 2025

ފަލަސްޠީނުގެ މައްސަލަ އަށް ޙައްލެއް ހޯދުމުގައި ދެ ދައުލަތުގެ ހައްލަކީ އެކަށީގެންވާ ގޮތެއް ނޫން ކަމަށް، އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

ޖިއްދާ ގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަރާގްޗީ ވަނީ ފަލަސްތީނުގެ މައްސަލައިގައި އިރާނުގެ ސާބިތު ސިޔާސަތު ދަމެހެއްޓޭނެކަން އަލިއަޅުއްވައި ވާހަކަ ދައްކަވައިފަ އެވެ.

 "އިސްލާމިކް ރިޕަބްލިކް އޮފް އިރާނުގެ ސަރުކާރާއި ރައްޔިތުން ފަލަސްތީނުގެ މައްސަލައަށް ދެމުންގެންދާ ބަދަލުނުވާ އެއްބާރުލުމަކީ ޝައްކެއްވެސް އޮތް ކަމެއް ނޫން. އަދި އެއްވެސް ޙާލަތެއްގައި މިކަމަށް ބަދަލެއް ނާންނާނެ" އަރާގްޗީ ވިދާޅުވި އެވެ. 

ހައްދުފަހަނަ އެޅި އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާ ގައި ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން 48,446 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާކަން އަރާގްޗީ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އދި އޭގެ ތެރެއިން ގިނަ އަދަދަކީ އަންހެނުންނާއި، ކުޑަކުދިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެމެރިކާއިން އިސްރާއީލަށް ދެމުންގެންދާ ހަނގުރާމަވެރި އެހީތެރިކަމާއި، މާލީ އެހީތެރިކަން އަދި ޑިޕްލޮމެޓިކް އެހީތެރިކަން އަރާގްޗީ ވަނީ ކުށްވެރި ކުރައްވައިފަ އެވެ.

މުޅި ފަލަސްޠީނުގެ އަސްލު ރައްޔިތުން ތަމްސީލުކުރާ އެއް ޑިމޮކްރެޓިކް ދައުލަތެއް ޤާއިމު ކުރުމަކީ އެންމެ އެކަށީގެންވާ ހައްލުކަމަށް އިރާނުން ދެކޭ ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

ހަމަ އެހެންމެ، ބައެއް އިސްލާމީ ޤައުމު ތަކުން ދެ ދައުލަތުގެ ޙައްލަށް ތާއީދު ކުރި ނަމަވެސް، އެއީ ފަލަސްޠީނު ރައްޔިތުންގެ ޙައްގުތައް ހޯދައި ދިނުމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

 އިސްރާއީލުން ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި، ހަނގުރާމައިގެ ކުށްތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް އިރާނުން ވަނީ ގޮވާލައިފަ އެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކުރަމުންދާ އަމަލުތަކަށް އިސްރާއީލަށް އަދާ ހަމައަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަން ވެސް އަރާގްޗީ ފާހަގަކުރެއްވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ޖޫން 2019

ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން އެއްބަސްވެވަޑައިގެންފި

16 ޖޫން 2019
ދައުލަތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާކަމަށް ނަތަންޔާހޫގެ އަނބިކަނބަލުން އެއްބަސްވެވަޑައިގެންފި
23 މާރިޗު 2019

ގައްޒާގެ ބޯޑަރުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ދެ މީހުން މަރާލައިފި

23 މާރިޗު 2019
ގައްޒާގެ ބޯޑަރުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ދެ މީހުން މަރާލައިފި
23 ފެބުރުއަރީ 2019

އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ކުޑަކުއްޖަކު މަރާލައިފި

23 ފެބުރުއަރީ 2019
އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ކުޑަކުއްޖަކު މަރާލައިފި
25 އޯގަސްޓު 2018

ދައުލަތުގެ އިސްވެރިން ފަސްޓް ކުލާހުގައި ދަތުރުކުރުން ޕާކިސްތާނުގެ ކެބިނެޓުން މަނާކޮށްފި

25 އޯގަސްޓު 2018
ދައުލަތުގެ އިސްވެރިން ފަސްޓް ކުލާހުގައި ދަތުރުކުރުން ޕާކިސްތާނުގެ ކެބިނެޓުން މަނާކޮށްފި
22 އޯގަސްޓު 2018

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާގައި ސިޔާސީ ޚަބަރުތައް ސެންސަރުކުރުން ނިމުމަކަށް ގެނެސްފި

22 އޯގަސްޓު 2018
ޕާކިސްތާނުގެ ދައުލަތުގެ މީޑިއާގައި ސިޔާސީ ޚަބަރުތައް ސެންސަރުކުރުން ނިމުމަކަށް ގެނެސްފި
20 މެއި 2018

ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ތުރުކީން އެހީވުމަށް އިސްރާއީލުން ހުރަސް އަޅަނީ

20 މެއި 2018
ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ތުރުކީން އެހީވުމަށް އިސްރާއީލުން ހުރަސް އަޅަނީ
22 ޖުލައި 2017

ގުދުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި، ފަލަސްޠީނުގެ ތިން މީހުން މަރާލައިފި

22 ޖުލައި 2017
ގުދުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި، ފަލަސްޠީނުގެ ތިން މީހުން މަރާލައިފި
20 ޖުލައި 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

20 ޖުލައި 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ
11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
17 މެއި 2017

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް