Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާގައި ސިޔާސީ ޚަބަރުތައް ސެންސަރުކުރުން ނިމުމަކަށް ގެނެސްފި

ބޮޑު ވަޒީރު ކަމުގެ މަގާމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި އިމްރާން ޚާން ވަނީ ގައުމަށް އިސްލާހީ ގިނަ ބަދަލުތަކެއް ގެންނަވާނެ ކަަމަށް ވިދާޅުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 22 އޯގަސްޓު 2018 | ބުދަ 13:09
ޕާކިސްތާނުގެ މިނިސްޓަރ ފޯ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ފަވާޑް ޗައުދްރީ

ޕާކިސްތާނުގެ މިނިސްޓަރ ފޯ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ފަވާޑް ޗައުދްރީ

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާ ގައި ސިޔާސީ ޚަބަރުތައް ސެންސަރު ކުރުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެގައުމުގެ މިނިސްޓަރ ފޯ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން ފަވާޑް ޗައުދްރީ އަންގާރަ ދުވަހު އިއުލާންކުރައްވައިފިއެވެ.

ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ޕާކިސްތާން ތަހްރީކޭ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާން, ދާދިފަހުން ބޮޑު ވަޒީރުކަމުގެ ހުވާކުރައްވާފައިވާއިރު، ދައުލަތުގެ މީޑިއާ އިން ސިޔާސީ ޚަބަރުތައް ސެންސަރުކުރުން ހުއްޓާލީ އިމްރާން ޚާން މިނިވަން މީޑިއާއެއް ގައުމުގައި ގާއިމުކުރައްވަން ކުރައްވާ މަސައްކަތްޕުޅުގެ ދަށުންނެވެ.

ފަވާޑް ޗައުދްރީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ މީޑިއާ އަށް ފުރިހަމަ އެޑިޓޯރިއަލް މިނިވަންކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ ބަދަލުތައް އަންނާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ދައުލަތުގެ މީޑިއާގައި ހިމެނޭ އެސޯސިއޭޓެޑް ޕްރެސް އޮފް ޕާކިސްތާން (އޭ.ޕީ،ޕީ)، ޕާކިސްތާން ޓެލެވިޒަން (ޕީ.ޓީ.ވީ) އަދި ރޭޑިއޯ ޕާކިސްތާނުން އުފައްދަން ބޭނުންވާ ކޮންޓެންޓުގައި ފުރިހަމަ އެޑިޓޯރިއަލް މިނިވަންކަން ދިނުމަށް ނިންމިއިރު، 2018 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި، ދާދިފަހުން ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އިމްރާން ޚާންގެ ސްލޯގަން އަކީ، "އައު ޕާކިސްތާން" އެވެ. އެމަނިކުފާނު ވަނީ ގައުމަށް އިސްލާހީ އެތައް ބަދަލެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

25 ޖުލައި 2017

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު
20 ޖުލައި 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

20 ޖުލައި 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
11 ޖޫން 2017

އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި

11 ޖޫން 2017
އައިއެސްގެ ލީޑަރު އަލް-ބަގްދާދީ މަރުވެއްޖެ ކަމަށް ސީރިޔާގެ ދައުލަތުގެ ޓީވީ އިން ބުނެފި
08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު