Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާގެ ހިސޯރު

ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ތުރުކީން އެހީވުމަށް އިސްރާއީލުން ހުރަސް އަޅަނީ

ރަފާ ބޯޑަރު ހުޅުވާލައި، މިޞްރުން މިހާރު ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 20 މެއި 2018 | އާދީއްތަ 03:57
ޒަޚަމް ވެފައިވާ ފަލަސްޠީނުގެ ރައްޔިތެއް

ޒަޚަމް ވެފައިވާ ފަލަސްޠީނުގެ ރައްޔިތެއް

ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތަކާ ގުޅިގެން އަނިޔާވެ، ޒަޚަމްވެފައިވާ ފަރާތްތައް ތުރުކީއަށް ގެންގޮސްގެން ފަރުވާ ދިނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް ތުރުކީއިން ބުނެފި އެވެ.

ތުރުކީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ރަޖަބް އާކްދާގް ވިދާޅުވީ، އިސްރާއީލުން ހާލުގައި ޖައްސާފައިވާ އަޚުންނަށް އެހީވުމަށް އިސްރާއީލުން ތުރުކީއަށް ހުރަސްއަޅަމުންދާ ކަމަށެވެ.

ތުރުކީއިން މިހެން ބުނެފައި މިވަނީ ޣައްޒާގައި ޒަޚަމްވެފައި ތިބި މީހުން ވައިގެމަގުން ތުރުކީއަށް ގެންދިއުމަށް، ތެލް އަވީވްގެ ބެން ގުރިއޮން އެއާޕޯޓަށް ތުރުކީގެ މަތިންދާ ބޯޓެއް ޖެއްސުމުގެ ހުއްދައަކަށް ތުރުކީއިން އެދުމުން އިސްރާއީލުން އެކަމާ ދެކޮޅު ހެދުމުންނެވެ.

އިސްރާއީލުން ބުނެފައި ވަނީ ޒަޚަމްވެފައިވާ މީހުންނަށް އިސްރާއީލުގައި ފަރުވާ ދެވިދާނެ ކަމަށާއި، ނުވަތަ ޣައްޒާއަށް ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ވެސް ފޮނުވިދާނާނެ ކަމަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ތުރުކީގެ މަތިންދާ ބޯޓެއް ތެލް އަވީވުގައި ޖެއްސުމުގެ ހުއްދަ ނުދެވޭނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލާއި ތުރުކީ އާއި ދެމެދު ނުތަނަވަސްވުން އުފެދިފައިވާއިރު، މި ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ތުރުކީގައި ހުންނަ އިސްރާއީލުގެ ސަފީރު އަނބުރާ ޤައުމަށް ފޮނުވާލައި، އިސްރާއީލުގައި ހުންނެވި ތުރުކީގެ ސަފީރު އަނބުރާ ޤައުމަށް ގެންދިއުމުންނެވެ. ތުރުކީއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ވޭތުވެ ދިޔަ ހަފްތާތަކުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާއާއި ގުޅިގެން 60 އަށްވުރެ ގިނަ މީހުންގެ ގަޔަށް ބަޑިޖަހައި އިސްރާއީލުން އެމީހުން މަރާފައިވާތީއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ތުރުކީއަށް އިސްރާއީލުން ހުރަސް އަޅާފައިވާއިރު، މިޞްރުން މިހާރު ދަނީ ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން 6 ދުވަހުގެ މުއްދަތަކަށް ރަފާ ބޯޑަރު ހުޅުވާލައި،ފަލަސްތީނުގެ ރައްޔިތުންނަށް މިޞްރުގެ ހޮސްޕިޓަލްތަކުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގުދުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި، ފަލަސްޠީނުގެ ތިން މީހުން މަރާލައިފި

ގުދުސްގައި އިސްރާއީލު ސިފައިން ބަޑިޖަހައި، ފަލަސްޠީނުގެ ތިން މީހުން މަރާލައިފި

22 ޖުލައި 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

ޓެރަރިސްޓުންގެ ބިރާހެދި ޔޫރަޕަށް ދަތުރުކުރާ އެމެރިކާ ރައްޔިތުންނަށް އިންޒާރެއް

02 މެއި 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު