Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ފުރަތަމަ ލެގުގައި ރެއާލް އިން އެތުލެޓިކޯ ބަލިކޮށްފި

ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގު ރެއާލް އިން ކާމިޔާބު ކޮށްފައިވާއިރު، ދެ ވަނަ ލެގު އޮންނާނީ އެތުލެޓިކޯގެ އަމިއްލަ ދަނޑުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 މާރިޗު 2025 | ބުދަ 03:50
އެތުލެޓިކޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ރެއާލް މެޑްރިޑުގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ

އެތުލެޓިކޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ރެއާލް މެޑްރިޑުގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރެއާލް އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ރެއާލަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ރޮޑްރީގޯ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާ ހޫލިއަން އަލްވަރޭޒް އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ދިހަ ވަނަ މިނެޓުގައި ރެއާލުން ވަނީ ދެ ވަނަ ލަނޑެއް ޖަަހައި، މެޗުގެ ލީޑު ނަގައިފަ އެވެ. އެ ލަނޑު ރެއާލަށް ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ފާލަންޑް މެންޑީ އެވެ.

ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގު ރެއާލް އިން ކާމިޔާބު ކޮށްފައިވާއިރު، ދެ ވަނަ ލެގު އޮންނާނީ އެތުލެޓިކޯގެ އަމިއްލަ ދަނޑުގަ އެވެ. މާޗު މަހުގެ 13 ވަނަ ދުވަހު ކުޅޭ އެ މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން، ރެއާލަށް މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދޭނެ އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު