Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ވެލިޑޭޝަން މަރުހަލާ ނިންމާލައިފި

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ މިނިވަން މުއައްސަސާ އެއްގެ ގޮތުގައި ބަދަލުވުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 5 މާރިޗު 2025 | ބުދަ 07:33
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ވެލިޑޭޝަން މަރުހަލާ ނިންމާލުމުގެ ތެރެއިން 03-03-2025

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ވެލިޑޭޝަން މަރުހަލާ ނިންމާލުމުގެ ތެރެއިން 03-03-2025

2012 ވަނަ އަހަރު ޤާނޫނު ނަންބަރު 3/2012 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ވެލިޑޭޝަން މަރުހަލާ ނިންމާލައިފިއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަސްދީގުވެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން މިހާރު 12 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، މިފާއިތުވެދިޔަ އަހަރުތަކުގައި، ދިވެހިރާއްޖޭގައި ހިނގަމުންދާ ގެވެށި އަނިޔާގެ މައްސަލަތައް ދިރާސާ ކުރުމުގެ ތެރެއިން ޤާނޫނުގައި ހިމެނިފައިނުވާ އައު ބާވަތް ބާވަތުގެ މައްސަލަތައް މިހާރު ރިޕޯޓުކުރެވެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، މިހާރު ގާނޫނު ފަރުމާ ކުރެވިފައި އޮތްގޮތުން، އަލަށް ފާހަގަކުރެވިފައިވާ މައްސަލަތަކާއި ޓްރެންޑްސްތަކާއި ގުޅިގެން ހިދުމަތް ފޯރުކޮށްދިނުމުގައި މުއައްސަސާތަކަށް ގޮންޖެހުންތަކާއި ކުރިމަތިވަމުންދާކަންވެސް ފާހަގަކުރެވިފާއިރު، މިއީ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން އެންމެ އެކަށިގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ހުރި ހުރަހެއް ކަމަށް އެފްޕީއޭއިން ބުންޏެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ ދައުރު ޤާނޫނުގައި ކަނޑައެޅިފައިވީނަމަވެސް، މުއައްސަސާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ފުށުއެރުންތަކެއް ހުރުމާއެކު މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދަތިތައް ހުރުމުން، ގެވެށި އަނިޔާގެ މައްސަލަތަކުގައި މަސައްކަތްކުރާ ނިޒާމު ޤާނޫނުގެ ތެރެއިން ހަރުދަނާކުރުމުގެ ބޭނުމުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާއި ފެމިލީ ޕްރޮޓެކްޝަން އޮތީރިޓީއިން ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ދަނީ ކުރިޔަށްގެންދަމުންދެއެވެ.

މިގޮތުން، ފާއިތުވެދިޔަ އަހަރު ތެރޭގައި ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ކަމާގުޅުންހުރި މުއައްސަސާތަކާއި، މިފަދަ މައްސަލަތަކުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކާއި މަޝްވަރާކޮށް އެފަރާތްތަކުގެ ޚިޔާލު ވަނީ ހޯދާފައެވެ. އަދި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް އިސްލާހުކުރެވޭ ޤާނޫނުގެ ފުރަތަމަ ޑްރާފްޓް އެއް އެކުލަވާލާ 7 ނޮވެމްބަރ 2024 ވަނަ ދުވަހު ފުރަތަމަ ވެލިޑޭޝަން ހިންގުނެވެ.

މި ވެލިޑޭޝަންގައި ގެވެށި އަނިޔާ ހުއްޓުވުމުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ އިތުރުން، މަދަނީ ޖަމިއްޔާތަކުންވެސް ބައިވެރިވެފައިވެއެވެ. އަދި، މި ވެލިޑޭޝަންގައި ޤާނޫނަށް ގެންނަން ފެންނަ ބަދަލުތައް ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން، ޤާނޫނަށް ގެންނަން ހުށަހަޅާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި؛

  1. ގެވެށި ގުޅުންތަކާއި ގެވެށި އަނިޔާގެ އަމަލުތައް މުރާޖާކޮށް މާނަކުރުން
  2. ގާނޫނު ޖިނާއީ ގާނޫނަކަށް ބަދަލުވެ، ގާނޫނުގެ ދަށުން ޖިނާއީ ކުށްތަށް ކަނޑައެޅި ކުށްތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުން
  3. ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުރީ ސަފުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ ދައުރުތައް އިތުރަށް ތަފްސީލުކުރުން
  4. ގާނޫނުން ލިބެންހުރި މަދަނީ ފަރުވާތައް ހޯދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ހަރުދަނާކުރުން
  5. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ މިނިވަން މުއައްސަސާ އެއްގެ ގޮތުގައި ބަދަލުވުން، ހިމެނެއެވެ.

ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ބޭއްވި ފުރަތަމަ ވެލިޑޭޝަން އަށްފަހު، ބައިވެރިންގެ ފަރާތުން ލިބިފައިވާ އިތުރު ހުށަހެޅުންތައް ވަޒަންކޮށް، ދެވަނަ ޑްރާފްޓެއް އެކުލަވާލުމަށްފަހު، 25 ފެބްރުއަރީ 2025 ގައި ވަނީ ފަހު ވެލިޑޭޝަން ބާއްވާފައެވެ.

މިވެލިޑޭޝަން އަށްފަހު، އިސްލާހުކުރެވޭ ޤާނޫނުގެ ފައިނަލް ޑްރާފްޓް ބަންޑާރަ ނައިބުގެ ލަފާ ހޯދުމުގެ ގޮތުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށް އެފްޕީއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު