Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަސްޓަމްސް

ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ އެއް ގައުމަކަށް ޗައިނާ، ރާއްޖޭން މުދާ އެންމެ ގިނައިން ބޭރު ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އެއް ނެތް

ރާއްޖެއިން ޗައިނާ އަށް ބޭރުކުރާ މުދާ ފާހަގަ ކުރެވޭ މިންވަރަކަށް ނެތް އިރު ޗައިނާ އިން ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެ އަށް 1043 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައި

ރާއްޖެ އެމްވީ | 3 މާރިޗު 2025 | ހޯމަ 21:50
އެލްއެންޖީ ޓޭންކަރ ރިވަރ ނައިޖަރ ރާއްޖޭގައި ބަނދަރު ކޮށްފައި - 19 އޮކްޓޯބަރ 2024

އެލްއެންޖީ ޓޭންކަރ ރިވަރ ނައިޖަރ ރާއްޖޭގައި ބަނދަރު ކޮށްފައި - 19 އޮކްޓޯބަރ 2024

ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރާ އެއް ގައުމަކަށް ޗައިނާ ވާއިރު، ރާއްޖޭން މުދާ އެންމެ ގިނައިން ބޭރު ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ ނުހިމެނޭ ކަން ކަސްޓަމްސްގެ ތަފާސް ހިސާބުން ހާމަ ވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމު ކުރި މި އަހަރުގެ ޖަނަވަރީ މަހުގެ އިމްޕޯޓު އެކްސްޕޯޓު ތަފާސް ހިސާބުން ހާމަވާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑް އަށެވެ. ދެން ހިމެނެނީ އިނގިރޭސިވިލާތާއި، ވިއެޓްނާމް، ބަންގްލަދޭޝް އަދި އިންޑިޔާ އެވެ.

އެންމެ ގިނައިން އެކްސްޕޯޓު ކުރި ގައުމު ކަމުގައިވާ ތައިލެންޑް އަށް 68 މިލިޔަން ރުފިޔާގެ މުދާ ބޭރު ކުރިއިރު އިނގިރޭސިވިލާތަށް 25 މިލިޔަން ރުފިޔާ، ވިއެޓްނާމް އަށް 15 މިލިޔަން ރުފިޔާ، ބަންގްލަދޭޝް އަށް 5 މިލިޔަން ރުފިޔާ އަދި އިންޑިޔާ އަށް 4 މިލިޔަން ރުފިޔާގެ މުދާ ޖަނަވަރީ މަހު ރާއްޖޭން އެކްސްޕޯޓު ކޮށްފައިވެއެވެ.

ދިވެހި ރާއްޖެ އާ ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށް ދެ ގައުމުން އެއްގައުމުން އަނެއް ގައުމަށް އެތެރެ ކުރާ ގިނަ ބާވަތްތަކުން މުޅިން ޑިއުޓީ ކަނޑާލާފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް އިންތިހާ ބޮޑު ވިޔަފާރީގެ ފަރަގަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ރާއްޖެއިން ޗައިނާ އަށް ބޭރުކުރާ މުދާ ފާހަގަ ކުރެވޭ މިންވަރަކަށް ނެތް އިރު ޗައިނާ އިން ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެ އަށް 1043 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ޖަނަވަރީ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 1045 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

އިންޑިއާ، ޗައިނާ ފިޔަވާ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.

އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖަނަވަރީ މަހު ރާއްޖެއަށް 5.2 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު