Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ޕީއެސްޖީގައި ހޭދަ ކުރި ދެ އަހަރުގައި އުފަލެއް ނުލިބޭ: މެސީ

4 މާރިޗު 2025 | އަންގާރަ 04:59

މެސީ ބުނީ ޕީއެސްޖީގެ ވައްޓަފާޅި އާއި އެ ކުލަބުގެ ސިސްޓަނަށް ފިޓުވާން އޭނާ އަށް ވަރަށް އުނދަގޫވި ކަމަށެވެ. އެގޮތުން ޕީއެސްޖީގައި ހޭދަ ކުރަމުން ދިޔަ ކޮންމެ ދުވަހަކާއި، މެޗުތަކާއި، ފަރިތަކުރުންތަކުގައި ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް މެސީ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2025 | އަންގާރަ 04:59
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޕީއެސްޖީ އަށް ކުޅުނު ދުވަސްވަރު، އެ ޓީމުން ކުޅުނު މެޗެއްގައި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޕީއެސްޖީ އަށް ކުޅުނު ދުވަސްވަރު، އެ ޓީމުން ކުޅުނު މެޗެއްގައި

ފްރާންސްގެ ގަދަ ބާރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހޭދަ ކުރި ދެ އަހަރުގެ ތެރޭގައި އުފަލެއް ނުލިބޭ ކަމަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށްލުމަށްފަހު މެސީ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭނާ ޕީއެސްޖީ އަށް ބަދަލުވާން ޖެހުނީ، ބާސެލޯނާ އާއެކު ސޮއި ކޮށްފައި އޮތް އެއްބަސްވުން އައު ނުކުރެވުމުގެ ސަބަބުންނެެވެ. އޭރު ބާސެލޯނާ އަށް ކުރިމަތިވެފައި އޮތް މާލީ ޙާލަތުގެ ސަބަބުން، އެ ޓީމަށް މެސީގެ އެއްބަސްވުން އައު ކުރުމުގައި ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.

އެހެންވެ މެސީ ވަނީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޕީއެސްޖީގައި ހޭދަ ކުރި ދެ ސީޒަންގައި މެސީ ވަނީ އެ ކުލަބަށް ކުޅެދިން 75 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ. އަދި ޕީއެސްޖީ އާއެކު އޭނާ ވަނީ، ތިން ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ޕީއެސްޖީ އާއެކު ސޮއި ކޮށްފައި އޮތް އެއްބަސްވުން ހަމަވުމުން، މެސީ ވަނީ އެ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. ޕީއެސްޖީ ދޫކޮށްލުމަށްފަހު 2023 ވަނަ އަހަރު އޭނާ ބަދަލުވީ އެމެރިކާގެ އިންޓަރ މިއާމީ އަށެވެ. މެސީ ޕީއެސްޖީ ދޫކޮށްލިއިރު، އެ ކުލަބުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށް އެކި ފަހަރުގެ މަތިން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ޕީއެސްޖީގައި ހޭދަކުރި ދުވަސްތަކާ ގުޅޭ ގޮތުން ދާދި ފަހުން ވާހަކަ ދައްކަމުން މެސީ ބުނީ، އެއްބަސްވުން އައު ނުކުރެވި އޭނާ އަށް ބާސެލޯނާ ދޫކޮށްލަން ޖެހުނީ ކަމަށާއި، ދެން ބަދަލުވާން ޖެހުނީ ޕީއެސްޖީ އަށް ކަމަށެވެ. އަދި ޕީއެސްޖީ ގައި ހޭދަ ކުރި ދެ އަހަރަކީ އުފާވެރިކަމެއް ނެތް އަހަރުތަކެއް ކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ ޕީއެސްޖީގެ ވައްޓަފާޅި އާއި އެ ކުލަބުގެ ސިސްޓަނަށް ފިޓުވާން އޭނާ އަށް ވަރަށް އުނދަގޫވި ކަމަށެވެ. އެގޮތުން ޕީއެސްޖީގައި ހޭދަ ކުރަމުން ދިޔަ ކޮންމެ ދުވަހަކާއި، މެޗުތަކާއި، ފަރިތަކުރުންތަކުގައި ވެސް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށް މެސީ ވަނީ ބުނެފަ އެވެ.

މިހާރު ކުޅެމުން އަންނަ މިއާމީ އަކީ މެސީގެ ސީނިއާ ކެރިއަރުގައި އޭނާ ކުޅޭ ތިން ވަނަ ކުލަބެވެ. ޕީއެސްޖީ ދޫކޮށް މިއާމީ އަށް ބަދަލުވެ، މެސީ އަންނަނީ އެ ކުލަބުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް މިއާމީ އަށް ކުޅެދިން 42 މެޗުގައި މެސީ ވަނީ 36 ލަނޑު ޖަހައިފަ އެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުން މިއާމީން ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 މާރިޗު 2018

ފީފާ ރޭންކިން: އިންޑިއާ ގަދަ 100 އަށް، ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ

15 މާރިޗު 2018
ފީފާ ރޭންކިން: އިންޑިއާ ގަދަ 100 އަށް، ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ
28 ޖެނުއަރީ 2018

ރެއާލްއަށް ބަދަލެއް ނުވާނަން، ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެން: ނޭމާ

28 ޖެނުއަރީ 2018
ރެއާލްއަށް ބަދަލެއް ނުވާނަން، ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެން: ނޭމާ
06 ނޮވެމްބަރު 2017

ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ

06 ނޮވެމްބަރު 2017
ސްޓޯކްގެ ކުރީގެ ޑިފެންޑަރު ޓަކްސީރާ 25 އަހަރުގައި މަރުވެއްޖެ
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
02 ޖުލައި 2017

ހާފް މެރަތަން ރެކޯޑް 41 އަހަރުގައި މަރީ މުގުރާލައިފި

02 ޖުލައި 2017
ހާފް މެރަތަން ރެކޯޑް 41 އަހަރުގައި މަރީ މުގުރާލައިފި
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
15 މެއި 2017

މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ

15 މެއި 2017
މިއީ އަހަރެން ބާސާއާ އެކު ހޭދަކުރި އެންމެ ކާމިޔާބު ސީޒަން: ނޭމާ
01 މާރިޗު 2017

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް