Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ރޭންކިން

ފީފާ ރޭންކިން: އިންޑިއާ ގަދަ 100 އަށް، ރާއްޖެއަށް ކުރިއެރުމެއް ނުލިބޭ

މި މަހު ވެސް ރާއްޖެ ރޭންކް ކުރެވިފައިވަނީ 150 ވަނައިގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 15 މާރިޗު 2018 | ބުރާސްފަތި 13:57
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ފީފާ ރޭންކިންގައި ރާއްޖޭގެ މަގާމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު ވާދަވެރި އިންޑިއާ އިން ދުނިޔޭގެ ގަދަ 100 ގައުމުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހު ނެރޭ ފީފާ ރޭންކިންގައި ރާއްޖޭގެ މަގާމަށް މި މަހު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން މި މަހު ވެސް ރާއްޖެ ރޭންކް ކުރެވިފައި ވަނީ 150 ވަނައިގައެވެ. މި ފަހަރު ވެސް މި ސަރަހައްދުގެ އެއްވަނަ މަގާމު ހޯދީ އަވަށްޓެރި އިންޑިއާ އިންނެވެ. ދުނިޔޭގެ ގަދަ 100 ގައުމުގެ ތެރޭގައި އިންޑިއާ ރޭންކް ކުރެވިފައިވާއިރު އެ ގައުމަށް ލިބިފައިވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު 99 ވަނައެވެ. އަފްޣާނިސްތާނަށް 148 ވަނަ ލިބޭއިރު ނޭޕާލްއަށް ލިބިފައިވަނީ 165 ވަނައެވެ. ބޫޓާނަށް 188 ވަނަ ލިބޭއިރު ބަންގްލަދޭޝް ރޭންކް ކުރެވިފައިވަނީ 197 ވަނައިގައެވެ. ސްރީ ލަންކާއަށް 200 ވަނަ ލިބޭއިރު މިފަހަރު ވެސް އެންމެ ދަށުން ރޭންކް ކުރެވިފައި ވަނީ ފީފާއިން ސަސްޕެންޑް ކޮށްފައިވާ ޕާކިސްތާނެވެ.

ފީފާ ރޭންކިންގެ އެއް ވަނަ ޖަރުމަނުން ދިފާއުކުރި އިރު އެ ޓީމަށް ލިބިފައި ވަނީ 1609 ޕޮއިންޓެވެ. ދެވަނައިގައި ބްރެޒިލް އޮތްއިރު ތިންވަނައިގައި އޮތީ ޕޯޗުގަލްއެވެ. ހަތަރުވަނައިގައި އާޖެންޓީނާ އޮތްއިރު ފަސްވަނައިގައި އޮތީ ބެލްޖިއަމްއެވެ. ބެލްޖިއަމް އަދި ސްޕެއިންއަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާއިރު އެ ދެ ޓީމުގެ ފަހަތުން އަށް ވަނައިގައި ސްވިޓްޒަލޭންޑް އޮތްއިރު ނުވަ ވަނައިގައި އޮތީ ފްރާންސެވެ. ގަދަ 10 އެއްގައި ދެން ހިމެނެނީ ދެކުނު އެމެރިކާގެ ޗެމްޕިއަނުން ކަމަށްވާ ޗިލީއެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 23 ވަނަ ލިބުނު ޓިއުނީޝިއާއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 17 ވަނައިގައި އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ދެވަނައިގައި އޮތް ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 33 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާނެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 120 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ މެދުތެރޭ ޔޫރަޕުގެ ގައުމެއް ކަމަށްވާ އެންޑޮރާއެވެ. އެ ޓީމުން އަށް ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު ހަތް ދަރަޖައިގެ ވެއްޓުމަކާ އެކު އެންމެ ބޮޑު ވެއްޓުމެއް މިފަހަރު ލިބިފައި ވަނީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ އަޒެރުބައިޖާންއެވެ. އެންޑޮރާ 130 ވަނައިގައި ރޭންކް ކުރެވިފައިވާއިރު އަޒެރުބައިޖާން ރޭންކް ކުރެވިފައިވަނީ 127 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު