Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ފަހަތުން އަރައި މޮޅުވެ، ބަޔާން ލީޑުގައި

މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ލީޑު 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 24 މެޗުން ބަޔާނަށް ލިބެނީ 61 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2025 | ހޮނިހިރު 06:00
ޖަރުމަނު ލީގުގައި ބަޔާން މިއުނިކް އާއި ސްޓަޓްގާޓް ބައްދަލު ކުރި މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ބަޔާން މިއުނިކް އާއި ސްޓަޓްގާޓް ބައްދަލު ކުރި މެޗުގެ ތެރެއިން

ޖަރުމަނު ލީގުގައި ސްޓަޓްގާޓާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެެވެ.

ސްޓަޓްގާޓްގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ސްޓަޓްގާޓް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބަޔާނުން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ސްޓަޓްގާޓަށް ކުރި ހޯދައިދިނީ އަންގެލޯ ސްޓިލާ އެވެ. އެއީ ޔޯޝާ ވަގްނޮމެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ ލަނޑު ޖަަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މައިކަލް އޮލައިސޭ އެވެ. އެއީ ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަޔާނުން ވަނީ އިތުރު ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުގެ 64 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލިއޯން ގޮރެޓްޒްކާ އެވެ. އޭގެ ފަހުން މެޗުގެ ފަހު ވަގުތުގައި ބަޔާންގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ކިންގްސްލީ ކޯމަން އެވެ.

މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ލީޑު 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 24 މެޗުން ބަޔާނަށް ލިބެނީ 61 ޕޮއިންޓެވެ. ބަޔާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނަށް ލިބެނީ 50 ޕޮއިންޓެވެ.

ޖަރުމަން ލީގުބަޔާން މިއުނިކްބުންޑެސްލީގާސްޓަޓްގާޓް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު