Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރެޕިއުޓް

ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވިއިރު ،އެތަނުން ކޮލިޓީ ކޮސްމެޓިކްސް އަދި އެހެނިހެން ޕްރޮޑަކްޓްތައް ލިބޭނެއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހަކަމެކެވެ.

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 28 ފެބުރުއަރީ 2025 | ހުކުރު 19:36
ހުޅުމާލޭގައި ހުޅުވި ރެޕިއުޓް ފިހާރަ

ހުޅުމާލޭގައި ހުޅުވި ރެޕިއުޓް ފިހާރަ

ހީކުރި ވަރަށްވުރެ ކަސްޓަމަރުންގެ މަޤްބޫލުކަން އިތުރުވުމުގެ ސަބަބުން ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނޭ ވަރަށްވެސް އުފާވެރި ޚަބަރެކެވެ.

ރެޕިއުޓްގެ އާ ފިހާރަ ރަސްމީކޮށް މިއަދު ހުޅުވާފައިވަނީ ހަވީރު 17:00 ގައެވެ. މި ފިހާރަ ހުންނާނީ ހުޅުމާލެ ރޫޓު ފިހާރައާ ޖެހިގެންނެވެ.

ޒީނަތްތެރިކަމާއި ކޮސްމެޓިކްސްގެ ދާއިރާގައި އިތުބާރު ހޯދާފައިވާ ނަމެއް ކަމުގައިވާ ރެޕިއުޓުން މިއަދު ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވާފައި މިވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްހޫރު ޒީނަތްތެރިކަމުގެ އުފެއްދުންތަކުގެ ފުޅާ ކަލެކްޝަނެއް ކަސްޓަމަރުންނާ އިތުރަށް ގާތް ކޮށްދިނުމުގެ ބޭނުމުގައި ކަމަށް ރެޕިއުޓުން ވަނީ ބުނެފައެވެ.

މި ފިހާރައިން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ޑިމާންޑްބޮޑު ކޮސްމެޓިކްސް އާއި ސްކިންކެއާގެ އިތުރުން ތަފާތު އެކި ބްރޭންޑުތަކުގެ ސެންޓުވެސް ލިބެން ހުންނާނެއެވެ.

އެގޮތުން ބަލާއިރު މި ފިހާރައިން ލިބެން ހުންނަ ބައެއް މަޝްހޫރު ކޮސްމެޓިކް ބްރޭންޑުތަކުގެ ތެރޭގައި ލޯރިއަލް، މޭބަލީން، ލަރޯޝް ޕޮސޭ، ރެވްލޯން، އެލްއޭ ގަރލް، އެންވައިއެކްސް، ސަމާ ފްރައިޑޭއިސް، އެލްފް، ޝީގްލޭމް، ނިކްސް، އަދި ރެވޮލިއުޝަން ފަދަ ބްރޭންޑުތައް ހިމެނެއެވެ. އަދި މި ފިހާރައިން ލިބެން ހުންނަ ބައެއް މަޝްހޫރު ސްކިން ކެއާ ބްރޭންޑުތަކުގެ ތެރޭގައި އަނުއާ، އަބީބް، ސެންޓެލާ، މެޑިކިއުބް އަދި ކޮރެއާއިން އިންޕޯޓްކުރާ، ސޯޝަލްމީޑިއާގައި ވައިރަލް ސްކިން ކެއާ ބްރޭންޑްތައްވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ މިހާރު ގިނަ ބައެއްގެ މެދުގައި މަޤްބޫލު ވެފައިވާ އަރަބި ބްރޭންޑުތަކުގެ ސެންޓުތައްވެސް ރެޕިއުޓުން ލިބޭނެއެވެ.

މީގެ އިތުރުން އިސްތަށިގަނޑު ރީތިކޮށް ވަރުގަދަ ކުރުމަށް އެހީވެދޭ ޕްރޮޑަކްޓްތަކާއި، ކުޑަކުދިންގެ ހަމަށް ދިމާވާ ތަފާތު އެކި މައްސަލަތައް ހައްލު ކުރުމަށް އެހީވެދޭ ޕްރޮޑަކްޓްތައްވެސް ރެޕިއުޓުން ލިބޭނެއެވެ.

މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރެވުނު ކޮސްމެޓިކް ހޯލްސޭލްކުރާ ބްރޭންޑު ކަމަށްވީއިރު، 1993 ގައި މި ބްރޭންޑު ގާއިމް ކުރެވުނީއްސުރެ މަސައްކަތް ކުރަމުން ގޮސްފައިވަނީ ރާއްޖޭގެ ރައްޔިތުންނަށް ކޮލިޓީ ބްރޭންޑުތަކުގެ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމަށެވެ.

ރެޕިއުޓްގެ އާ ފިހާރަ މިއަދު ހުޅުމާލޭގައި ހުޅުވޭއިރު، މިއީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާ ވަރަށްވެސް ބޮޑު ލުއިފަސޭހަކަމަކަށް ވެގެން ދާނެއެވެ. މާލެ ނުގޮސް، ކޮލިޓީ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި ފިހާރައަކީ މިވަގުތު މާކެޓުގައި މިހާރު ލިބެން ހުރި އެންމެ ރަނގަޅު ޕްރޮޑަކްޓްތައް ލިބެން ހުންނާނެ ފިހާރައެކެވެ. ވީމާ ހުޅުމާލޭގައި ދިރިއުޅޭ އެންމެންވެސް މި ފިހާރައަށް ޒިޔާރަތްކޮށް، މިތަނުން ވިއްކާ ބްރޭންޑުތައް ތަޖުރިބާ ކޮށްލުމަކީ ހަމަ ވަރަށް ރަނގަޅުކަމެކެވެ.

ރެޕިއުޓް

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު