Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ޖަލްސާ

މަޖިލީސް ޗެމްބަރުގެ ތެރެއަށް ސެކިއުރިޓީން ވަންނަން ޖެހޭ ހާލަތަށް ކަންކަން ބަދަލުކުރީ އިދިކޮޅު މެންބަރުން: ނިހާން

މަޖިލީހުގެ ޖަލްސާ ބޭއްވި ވަގުތު ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 07:28
މަޖިލީހުގެ މެންބަރު ނިހާނު ހުސައިން މަނިކު

މަޖިލީހުގެ މެންބަރު ނިހާނު ހުސައިން މަނިކު

މަޖިލީހަށް މިއަދު ސިފައިން ނުވަންނަ ކަމަށާއި އެހެން ނަމަވެސް މަޖިލީސް ޗެމްބަރުގެ ތެރެއަށް ސެކިއުރިޓީން ވަންނަން ޖެހޭ ހާލަތަށް ކަންކަން ބަދަލުކުރީ އިދިކޮޅު މެންބަރުން މަޖިލީހުގެ މުދަލަށާއި ތަކެއްޗަށް ގެއްލުންދޭތީ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ ގޮތާ ގުޅޭ ގޮތުން މަޖިލީސް ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ، މަޖިލީހުގައި ސެކިއުރިޓީން ގިނަ ކޮށްގެން މަޖިލީހުގެ މަސައްކަތްތައް ކުރައްވަންޖެހުނީ، އިދިކޮޅު މެންބަރުންގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން މިދިޔަ ޖުލައި 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރިޔާސަރުގެ ގޮނޑި ނެރެ މަޖިލީހުގެ ގޯތިތެރޭގައި ބަހައްޓާ ހިސާބަށް ކަންކަން ދިއުމުން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެ ކަަމަށެވެ.

Advertisement - newsAdvertisement

"މަޖިލީހުގެ ރިޔާސަތު ފޯޓިފައި ކުރެއްވީމަ ސެކިއުރިޓީންނަށް މަޖުބޫރުވާނެ،ޖަލްސާ ކުރިއަށްގެންދާ ވަގުތުވެސް މަޖިލީހުގެ ޗެމްބަރަށް ވަންނަން. ސިފައިން ހަތިޔާރު ހިފައިގެން ވަދެގެނޫން މިއުޅެނީ." ނިހާނު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު ކޮންމެ ދުވަހަކު ހިސޯރުކޮށްގެންނެއް މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތަށް އުނދަގޫވާ ވަރަށް ކަންވަމުންދާ ކަމަށް ނިހާނު ވިދާޅުވި އެވެ. މިކަހަލަ ހާލެއްގައި މަޖިލީހުން ސެކިއުރޓީން ވެއްދުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގެ ހާލަތު އެ ލެވެލްއަށް ދިއުމުން، މަޖިލީހުގެ ރައީސަށް އެފަދަ ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ

"ފުރިހަމައަށް ގާނޫނު އަސާސީގައި ހާމަކުރާ ފުރިހަމަ މަރުހަލާގެ ތެރެއިން މަޖިލީހުގެ ގަވައިދުގައި ވަރަށް ސާފުކޮށް ފާޅުކަން ބޮޑު ގޮތެއްގައި ދީފައިވާ އިހްތިޔާރެއް މިއީ. މަޖިލީހުގެ ފާރުން އެތެރޭގެ ހުރިހާ ސެކިއުރިޓީއެއް ބެލެހެއްޓުމަށްޓަކާ މަޖިލީހުގެ ރައީސް އިޝާރާތެއް ކުރައްވައިފި ނަމަ އެކަން ބަލަހައްޓާނީ ދައުލަތުގެ ސަލާމާތީ ބާރުންނޭ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ، މިހާރުވެސް މަޝްވަރާ ކުރެވޭ ކަމަށާއި މަޝްވަރާ ކުރެވުނު ނަމަވެސް އިދިކޮޅު ފަރާތްތަކުން އެއްވެސް ވަރަކަށް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުން ނުވާ ކަމަށެވެ.

ނިހާނު ވިދާޅުވީ، އިދިކޮޅު މެންބަރުން ގަބޫލު ނުކުރިއަސް މިއަދުވެސް މަޖިލީހުގެ ރައީސަކީ މަސީހުކަން ޕީޕީއެމް މެންބަރުން ގަބޫލު ކުރާ ކަމަށެވެ. އަދި މަޝްވަރާ ކުރުމަށް އެއްބާރުލުން ނުލިބެނީ އިދިކޮޅު މެންބަރުންގެ ފަރާތުން ކަމަށް ނިހާނު ވިދާޅުވި އެވެ.

"އިދިކޮޅު މެންބަރުން، 45 މެންބަރުންގެ ސޮޔާއި އެކު މަޖިލީހަށް ފޮނުއްވި. ފޮނުވީމަ، އޮންނަންޖެހޭ ޕްރޮސެސްގެ ތެރެއިން އޮންނަޖެހޭ މުއްދަތުގެ ތެރޭގައި އެކަންކަން ނުވިކަން އެބޭފުޅަށްވެސް އެނގޭނެ. އަދި ކޮންމެފަދަ ހާލަތެއް މެދުވެރިވި ނަމަވެސް. ކޮންމެ ގޮތަކުން ދިމާވެގެން ނަމަވެސް، އެކަން ތަރުޖަމާ ކުރާކަށް ބޭނުމެއް ނޫން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އިދިކޮޅު މެންބަރުން ވެސް ޖަލްސާއެއް ބާއްވައިގެން އެބޭފުޅުންގެ ހިޔާލުތައް ފާޅުކުރަށްވާންވީ ކަަމަށެވެ. އެ ބޭފުޅުންގެ ޝުއޫރުތައް ރައްޔިތުންނަށް ހާމަކުރަމުން ގެންދިއުމަށާއި އިސްލާމް ދީނުގެ އަސްލުތަކާއި އުސޫލުތަކާއި ހިލާފު ނުވާނެ ކޮންމެ ވާހަކައެއް މަޖިލީހުގައި ދެއްކޭނެ ކަމަށެވެ.

" އަޅުގަނޑަކަށް ހިއެއް ނުވޭ މިއީ ސިވިލައިޒް މުޖުތަމައު އަކުން އަމަލުކުރަންޖެހޭނެ ގޮތެއް ކަމަށް. އޯކޭ، އެބޭފުޅުން މިވަގުތު ގަބޫލުނުކުރަނީ. އެކަމަކު އަބަދުވެސް އެބައޮތެއް ނޫންތޯ އެބޭފުޅުންގެ މެންޑޭޓުގެ ތެރެއިން އެބޭފުޅުން ބޭނުންވާ ވާހަކައެއް ހާމަކުރުމުގެ ފުރުސަތު. އަދި އެވާހަލަތައް ރެކޯޑުކުރުމުގެ ފުުރުސަތުވެސް ދެވޭނެ. ރެކޯޑުން ކުރާ ކަންކަން ހުއްޓާ، ރަސްމީކޮށް މިކަންކަން ހައްލުކުރުމަށް އަންނަންވީ." ނިހާނު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމް ގޯސް، ރާއްޖޭގެ އުތުރާއި މެދުތެރެއަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމް ގޯސް، ރާއްޖޭގެ އުތުރާއި މެދުތެރެއަށް ޔެލޯ އެލާޓް ނެރެފި

01 ޖޫން 2017
ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ

ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ

28 އެޕްރީލު 2017
ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި

ޔާމީން ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރަތްކުލައިގެ ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލައިފި

24 އެޕްރީލު 2017
މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު

މާޒީއަށް ވިސްނަވާފައި ޕީޕީއެމްގެ މަޖިލީސް މެމްބަރުން ގޮތެއް ނިންމަވަންވީ: އަބްދުﷲ ޝާހިދު

26 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު