Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

މަސީހުއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް، ޑިމޮކްރަސީއަށްވެސް މަސީހު ބޭރުކުރަންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 9 މާރިޗު 2017 | ބުރާސްފަތި 03:37
މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި ވަގުތު ގަފޫރު ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މަޑުކޮށްލައިގެން

މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި ވަގުތު ގަފޫރު ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މަޑުކޮށްލައިގެން

ދައުލަތުގެ ތިން ބާރުގެ ތެރެއިން، ޤާނޫނު ހަދާ ބާރު އަދި ރައްޔިތުން ތަމްސީލްކުރާ ރައްޔިތުންގެ މަޖިލިހަކީ ވާވެފައިވާ ތަނަކަށް ހެދީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށާއި، ސަރުކާރުން އިތުރު ނުފޫޒެއް ނުފޯރުވައިފިނަމަ ބޮޑު އަގުލަބިއްޔަތަކުން މަސީހު ބޭރުކޮށްލާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުއް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި ބައެއް މެމްބަރުން -- ފޮޓޯ: ރާއްޖެ.އެމްވީ

Advertisement - newsAdvertisement

އެމްޑީޕީ، ޕީޕީއެމް، އަދާލަތު ޕާޓީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ އަދި އަމިއްލަ ބައެއް މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރު ގަފޫރު ވިދާޅުވީ، މަސީހު މަޤާމުން ދުރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށެވެ. މަސީހަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމަށްވެސް އޮތް ބޮޑު ހުރަހެއް ކަމަށް ގަފޫރު ވިދާޅުވި އެވެ. އެހެންކަމުން ޑިމޮކްރަސީ އަލުން އިއާދަކޮށް، ރައްޔިތުންގެ ބާރުވެރިކަން ހޯދުމަށްވެސް މަސީހު ބޭރުކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހަކީ، ސަރުކާރުން ބޭނުންވާ ކަންތައްތައް ކުރުމަށް އޮތް ރަބަރު ސްޓޭމްޕްއަކަށް ހެދީ މަސީހު އެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ، ދައުލަތުގެ ބާރުތަކުގެ ތެރެއިން ވާވެފައިވާ ބާރަކަށް ހަދާފައިވާ ކަމަށާއި، އެކަން އެގޮތަށްވުމަށް މަގުފަހިކުރުވީވެސް މަސީހުކަމަށް ގަފޫރު ވިދާޅުވި އެވެ.

"މަސީހު އިތުރަށް އެ ގޮނޑީގައި ބައިންދަންޖެހޭ ސަބަބެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މުޅި މަޖިލީހުގެ ބާރު ކަނޑުވާ، ސަރުކާރުން ބޭނުންވާހާ ކަމެއް ކޮށްދީ، ރަބަރު ސްޓޭމްޕް ޖަހާތަނެއްގެ ގޮތުގައި މި ދައުލަތުގެ އެއްބާރު ވާވެފައި އޮންނަ މަންޒަރު ދެކެން ދިވެހި ރައްޔިތުން މިއަދު ބޭނުމެއް ނޫން. އެހެންވީމަ އިތުރަށް މަސީހު ގޮނޑީގައި ބައިންދާގެން ލިބޭނެ ފައިދާއޮތްކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން." ގަފޫރު ވިދާޅުވި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު -- ފޮޓޯ: ނިހާން / ޓުވިޓަރ

ގަފޫރު ވިދާޅުވި ގޮތުގައި ސަރުކަރުން އިތުރު ނުފޫޒެއް ނުފޯރުވައިފިނަމަ، މަސީހު ބޭރުކުރާނެ އެވެ. މަސީހު ބޭރުކުރަނީ ޤާނޫނުތަކުގައިވާގޮތަށް ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކަމަށް ގަފޫރު ވިދާޅުވި އެވެ. ގަފޫރުވެސް ގަބޫލުކުރައްވާގޮތުގައި އިތުބާރު ނެތްކަމުގެ މި މައްސަލައާއެކު، ސަރުކާރުން މެމްބަރުންނަށް ބިރުދެއްކުމަށް މަސައްކަތްކުރާނެ އެވެ. ނަމަވެސް ގަފޫރު ވިދާޅުވީ، އެ ހުރިހާ ހުރަހަކާއެކުގައިވެސް ރައްޔިތުންގެ ހައްޤުތައް ހޯދުމަށް މަސައްކަތްކުރަމުންގެންދާނެ ކަމަށެވެ.

ޤަފޫރު ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކު މި ސަރުކާރު ބާއްވަން ބޭނުން ނުވާކަމަށެވެ. އަދި އެކަން ކުރިއަސް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ހާމަވާނެކަމަށް ގަފޫރު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު