Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލްހާމްގެ ވާހަކަ

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

މަޖީލީސް ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭނީ ހޫނު ފެން ފަޔަށް އެޅެން ބޭނުންވާ މެންބަރުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 23 މާރިޗު 2017 | ބުރާސްފަތި 14:40
އިލްހާމް މަޖިލީހުގައި

އިލްހާމް މަޖިލީހުގައި

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދައިރާގެ މެންބަރު އިލްހާމް އަހްމަދު މަޖީލީސް މެންބަރުންނަށް އިންޒާރުދިން ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓްދީފި ނަމަ ހޫނު ފެން އެޅޭނެ ކަމަށް ޕީޕީއެމްގެ މެންބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ޖަލްސާގައި އިލްހާމް ވަނީ ވިދާޅުވެފަ އެވެ.

ނޮޅިވަރަމް ދައިރާގެ މެންބަރުން ހުސައިން އަރީފް ސޮއި ކުރައްވާ ފުލުހަށް ހުށަހަޅާފައިވާ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދައިރާގެ މެންބަރު، އިލްހާމް އަހްމަދު ބުދަ ދުވަހުގެ މެންދުރު 13:00 ހާއިރު ވާހަކަ ދައްކަވާފައިވާ ކަމަށާއި ދެއްކެވި ވާހަކައިގަ މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކާ އިންޒާރު ދިން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ވީހާ އަވަހަށް ބައްލަވާއި ފިޔަވަޅު އަޅުއްވައި ދެއްވުން އެދޭ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އިލްހާމް ދައްވާފައިވާ ވާހަކައިގެ ވީޑިޔޯ ރެކޯޑިން ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓް ލާނީ ހޫނު ފެނުގައި އަތްލާން ބޭނުން ނަމައޭ ބުނެ މެމްބަރު އިލްހާމް ބިރު ދެއްކިޔަސް، އިންޝާ ﷲ ކެރިގެން މަސީހާ ދެކޮޅަށް ވޯޓް ދެއްވާނެ ކަމަށެވެ.

އިލްހާމަށް އިޝާރަތް ކުރައްވައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ އޭނާ އެ ހުންނެވީ ދެ ފަޔަށް ހޫނުފެން އެޅި އެއްކޮށް ފިހިފައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި އިލްހާމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ މަޖިލީހުގެ ބައެއް މެންބަރުން ދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ސަރުކާރަށް ދަތި ކުރަމުން ކަމަށެވެ.

"ހޫނުފެން އެޅޭނެ. އަޅުގަނޑުމެންގެ ތެރެއިން ވެސް އެކަން ކުރާ މީހުންގެ ފަޔަށް ހޫނުފެން އެޅޭނެ. އެއްވެސް މީހަކީ ސާފުތާހިރު މީހުއް ނޫން،" މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓް ކާމިޔާބު ވާނެ ކަމަށް، އެ މައްސަލަ ހުށަހެޅި ގުޅިފައިވާ ޕާޓީތަކުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އިންޒާރު ދެއްވުމުގެ ގޮތުން އިލްހާމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު