Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޕް ލައިން މައްސަލަ

ރައީސް މުއިއްޒު އަށް އޮތް ތާއީދު ސޯޝަލް މީޑިއާ ގައި ހާމަ ކުރަން މެމްބަރުންނަށް އަންގައިފި

ރައީސް މުއިއްޒު އަށް އޮތް ތާއީދު ޓްވިޓަރ ގައި ހާމަ ކޮށް، ސަރުކާރާ ދެކޮޅު ކަމެއް ނުކުރާނެ ކަމަށް ލިޔުމަށް ވޯޓުގައި ބައިވެރި ނުވި މެމްބަރުންނަށް ވަނީ އަންގާފައި

ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2025 | އަންގާރަ 17:28
ރައީސް ޑރ. މުއިއްޒު އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެމްބަރު ފަލާހް އާއި  ޕާޓީގެ ތްރީ ލައިންގެ ވިޕް އާ އެއްގޮތައް އަންގާރަ ދުވަހު ވޯޓު ގައި ބައިވެރި ނުވި ޕީއެންސީގެ މެމްބަރުން

ރައީސް ޑރ. މުއިއްޒު އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެމްބަރު ފަލާހް އާއި ޕާޓީގެ ތްރީ ލައިންގެ ވިޕް އާ އެއްގޮތައް އަންގާރަ ދުވަހު ވޯޓު ގައި ބައިވެރި ނުވި ޕީއެންސީގެ މެމްބަރުން

ރައީސް މުއިއްޒު އަށް އޮތް ތާއީދު ސޯޝަލް މީޑިއާ ގައި ހާމަ ކޮށްދިނުމަށް ވެރިކަން ކުރާ ޕީއެންސީ ގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންނަށް، އެ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް އަންގަވައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލާހް މެމްބަރުން ނަށް މިހެން އެންގެވީ އަންގާރަ ދުވަހުގެ ވޯޓާ ގުޅިގެންނެވެ.

އެކި އެކި ސަބަބުތަކާ ހެދި އަންގާރަ ދުވަހުގެ ވޯޓުގައި ބައިވެރި ނުވެވެނު ހުރިހާ މެމްބަރުން ޓްވިޓަރ (މިހާރުގެ އެކްސް) މެދުވެރިކޮށް އެކަން ހާމަ ކޮށްދެއްވުން އެދޭ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.

އަދި އެ މެމްބަރުން ތިއްބެވީ ރައީސް އާއި ސަރުކާރާއި، ޕާޓީ އާ އެކުގައި ކަމާއި އަދި ސަރުކާރާ ދެކޮޅު އެއްވެސް ކަމެއް ނުކުރާނެ ކަން ހާމަ ކޮށް ދިނުމަށް ވެސް ފަލާހް ވަނީ އެދިވަޑައިގެންފައެވެ.

އަންގާރަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ޕާޓީގެ ވިޕް ލައިން އާ ޚިލާފަށް ވޯޓުގައި ބައިވެރިނުވެފައެވެ.

އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި، ބައެއް ޕީއެންސީގެ ބައެއް މެމްބަރުން ވަނީ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރި ނުވެފައެވެ.

އަންގާރަ ދުވަހު މަޖިލީހުގައި އޮތީ ހޯމް މިނިސްޓަރ އަލީ އިހުސާން ގެ އިތުބާރު ނެތް ކަމުގެ ވޯޓާއި ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ސުޕްރީމު ކޯޓުން ދެ ފަނޑިޔާރުން ވަކި ކުރުމަށް ހުށަހަޅާފައިވާ ބިލު ބަލައިގަތުމުގެ ވޯޓެވެ.

މި ދެ މައްސަލަ އަށް ވެސް ޕީއެންސީ އިން އޮތީ ތްރީ ލައިން ވިޕެއް ނެރެފައެވެ.

ވިޕްލައިން އާ ޚިލާފުވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާ، ތްރީ ލައިން ވިޕަށް ހުރިހާ މެމްބަރުންވެސް ތަބާ ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒު މެމްބަރުންގެ ވޯޓަށް ނުފޫޒު ފޯރުވިކަން މީޑިއާ ގައި ލީކު ވުމުން، އަކަމާ ވެސް އެމަނިކުފާނު ވަނީ ކޯފާ ވެފައެވެ. އަދި އެ މައުލޫމާތު ލީކު ކުރި ފަރާތުން އެކުރީ ވަރަށް ގޯސް ކަމެއް ކަމަށާއި އެވާހަކަ އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ރައީސް ގެ ހައިސިއްޔަތުން ކަމުގައި ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކުއްލިއަކަށް މަދުކުރަން މަޖިލިހަށް ހުށަހެޅި ބިލާ މެދު ޕިއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ.

ދުސްތޫރީ މައްސަލަ އެއް ހިނގަމުންދަނިކޮށް ކޯޓުގެ ބެންޗު ބަދަކު ކުރުމަށް ބައެއް މެމްބަރުން ނުރުހުން ފާޅު ކޮށްފައިވާ ކަން އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.

ފަލާހް ގެ އެންގެވުމަށް ބައެއް މެމްބަރުން ފޭސްބުކް ގައި އަދި އެކްސް ގައި ޕޯސްޓައް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު