Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ބިލު ބަލައިގަންނަން ވޯޓުދޭން ޕީއެންސީން ގްރީން ވިޕެއް ނެރެފި

25 ފެބުރުއަރީ 2025 | އަންގާރަ 08:26

ބިލުގައިވާ ގޮތުން ފަނޑިޔާރަކު ގާބިލު ނޫން ކަމަށް ޖޭއެސްސީ އަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ފެބުރުއަރީ 2025 | އަންގާރަ 08:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާގޮތަށް ހުށަހެޅި ބިލު ފާސްކުރަން ވޯޓު ދިނުމަށް ޕީއެންސީގެ މެންބަރުންނަށް ވަނީ އަންގާފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާގޮތަށް ހުށަހެޅި ބިލު ފާސްކުރަން ވޯޓު ދިނުމަށް ޕީއެންސީގެ މެންބަރުންނަށް ވަނީ އަންގާފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުން ހުށަހެޅި ބިލަށް ތާއިދުކޮށް ވޯޓުދޭން ޕީއެންސީން ޕާލަމެންޓްރީ ގްރޫޕުން ގްރީން ވިޕެއް ނެރެފިއެވެ.

ދުސްތޫރީ މައްސަލަ އެއް ހިނގަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށްކޮށް ދެ ފަނޑިޔާރަކު ބެންޗުން ވަކި ކުރުމަށް މަގު ފަހިވާ ގޮތައް ހޯމަ ދުވަހު އެޖެންޑާގައި ހިމެނި ބިލުގެ ބަހުސް އަންގާރަ ދުވަހު ބޭއްވުމަށްފަހު، ވޯޓަށް އެހުމުގެ ކުރިން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ އެ ބިލާ އެއްކޮޅަށް ވޯޓު ދިނުމަށް ގްރީން ވިޕްލައިނެއް ނެރެފައެވެ. ވޯޓުލުން އޮންނާނީ 1:30 ގައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ގާނޫނު ނަންބަރު 2010/22 (ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި ވެސް ބަޔާން ކުރެވިފައިވާ ފަދައިން، ގާނޫނު އަސާސީ އަކީ ވަރަށް ފޮނި އުއްމީދަކާއެކު ދިވެހިން ލިބިގެން ގާނޫނު އަސާސީ އަކަށް ވާއިރު، ގާނޫނު އަސާސީ އިން ދިވެހިން ކުރާ އެންމެ ފޮނި އުއްމީދަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ވެގެން އައުން ކަމުގައި ދެކޭތީ އެ ބަދަލު އެންމެ އެކަށޭނަ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓު އެކުލެވިގެންވާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް ބަދަލު ކޮށްގެން ކަމަށް ދެކޭތީ ކަމަށެވެ.

މަޖިލިހަށް ހުށަހެޅި ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާ އެކު އެކޯޓަށް އައްޔަނު ކުރެވިފައިވާ، ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.

ބިލުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ފަނޑިޔާރަކު ގާބިލު ނޫންކަމަށް ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެގޮތައް ހުށަހެޅުމުން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން އޭނާގެ މަގާމުން ވަކި ކުރެވޭނެ ކަމަށެވެ.

ކުރިން ހުންނެވި ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރު ވަކި ކުރުމަށްފަހު، ރައީސް މުޙައްމަދު މުޢިއްޒު، އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުގައި ގއ.ވިލިނގިލި، ވައިޖެހޭގެ އަލްފާޟިލް ޔަޒްމީދު މުޙައްމަދު، އާދިައްތަ ދުވަހު އައްޔަން ކުރައްވާ ފަތްކޮޅު ދެއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް މި ގާނޫނަށް އަމަލު ކުރަން ފަށާތާ ގިނަ ވެގެން 5 ދުވަހުގެ ތެރޭގައި ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ މަދުވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ސަރުކާރުން ސުޕްރީމުގެ ކޯޓުގެ ބެންޗަށް ބަދަލު ގެންނަން ކުއްލި އަކަށް ހުށެހެޅި މި ބިލަކީ އެ ކޯޓުގައި މިހާރު ކުރިއަށްދާ ދުސްތޫރީ މައްސަލަ އަށް ސީދާ ނުފޫޒު ފޯރުވުމަށް ހިންގާ ކަމެއް ކަމުގައެވެ.

ގާނޫނޫ އަސާސީ އަށް މުއިއްޒުގެ ސަރުކާރުން ކުއްލި ގޮތަކަށް ކުރިން ގެނައި ބަދަލަކާއެކު މިހާރު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެފައިވާ މެމްބަރަކު އޭނާގެ ޕާޓީން ކަނޑާލި ނަމަވެސް އަދި އަދި އަމިއްލަ އަށް ވަކިވި ނަމަވެސް މެމްބަރު ކަމުގެ ގޮނޑިގެއްލޭނެ އެވެ.

އެހެން ކަމުން މި ބަދަލަކީ މުޅި ގާނޫނު އަސާސީ ބައްޓަންވެގެންވާ އޮނިގނަޑާ ޚިލާފު އަދި ބާތިލު ބަދަލެއް ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.

މައްސަލައިގެ އަޑުއެހުންތައް މިހާރު ފެށިފައިވާއިރު، މައްސަލަ ބަލާ ފަނޑިޔާރުންގެ ތެރެއިން ބަޔަކު މަގާމުން ވަކި ކުރަން އުޅުމަކީ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުން ކަމަށް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ގާނޫނީ ވަކީލު އަލީ ހުސެއިން ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް