Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސާއިން ނޭމާއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފި

ބޯނަސްގެ ގޮތުގައި ހުށަހެޅި 8.5 މިލިއަން ޔޫރޯ އަނބުރާ ބާސާއަށް ދައްކަން ވަނީ އަންގާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 އޯގަސްޓު 2017 | ބުދަ 06:37
ޕީއެސްޖީގެ ތަރި ނޭމާ

ޕީއެސްޖީގެ ތަރި ނޭމާ

ބާސެލޯނާއިން ދުނިޔޭގެ ރިކޯޑު ފީއަކަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާއާ ދެކޮޅަށް ސްޕެއިންގެ ލޭބާ ޓްރައިބިއުނަލްއަށް އެ ކްލަބުން މައްސަލަ ހުށަހަޅައިފިއެވެ.

ބާސާއިން ނޭމާއާ ދެކޮޅަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުން އޭނާއަށް ބަސާއިން ބޯނަސްއެއްގެ ގޮތުގައި ދިން 8.5 މިލިއަން ޔޫރޯ ހޯދުމަށެވެ.

ބާސާގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި އެ ކްލަބުން ހާމަކޮށްފައި ވަނީ ނޭމާއާ އެކު މިދިޔަ އަހަރު އެ ކްލަބުން ހެދި އެއްބަސްވުމާ އޭނާ ޚިލާފް ވެފައިވާ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓް އާކުރުމުން އޭނާއަށް ބޯނަސްގެ ގޮތުގައި ހުށަހެޅި 8.5 މިލިއަން ޔޫރޯ އަނބުރާ އެ ކްލަބަށް ދެއްކުމަށް ނޭމާއާ ދެކޮޅަށް ސްޕެއިންގެ ލޭބާ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އޭގެ އިތުރުން ހާމަކޮށްފައި ވަނީ އެ ފީ ދެއްކުން ލަސް ވުމުގެ ސަބަބުން ބާސާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ބޯނަސްގެ 10 ޕަސެންޓު ނޭމާ ބާސާއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ނޭމާއަށް މި ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި އޭނާ މިހާރު ކުޅެމުން އަންނަ ޓީމު ޕީއެސްޖީއިން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ވެސް ބާސާއިން ހުށަހެޅި މައްސަލައިގައިވެ އެވެ.

ޕީއެސްޖީއިން ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ކްލަބުން ހާމަކޮށްފައި ވަނީ ނޭމާއާ ދެކޮޅަށް ބާސާއިން މި މައްސަލަ ހުށަހެޅުމުން ހައިރާންވާ ކަމަށާއި އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައި ވަނީ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ބާސާއާ އެކު ނޭމާ ހަދާފައިވާ އެއްބަސްވުން އާކުރި ކަމުގައިވިޔަސް އޭނާ ވަނީ ދުނިޔޭގެ ރިކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް މި އޮގަސްޓު މަހު ޕީއެސްޖީއަށް ސޮއިކޮށްފައެވެ.

ބާސާއަށް ކުޅުނު 123 މެޗުގައި ނޭމާވަނީ އެ ޓީމަށް 68 ގޯލު ކާމިޔާބު ކޮށްދީފައެވެ. އޭނާއަންނަނީ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު އެ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު