Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ލުބުނާން ހަނގުރާމަ

ސުންގަޑި އަށް އިސްރާއީލުގެ ސިފައިން ލުބުނާނުން ފައިބާ ނުނިންމި

19 ފެބުރުއަރީ 2025 | ބުދަ 15:45

އިސްރާއީލު ޑިފެންސް ފޯސަސް ގެ ތަރުޖަމާނު ހޯމަ ދުވަހު ބުނި ގޮތުގައި، އިސްރާއީލުގެ ރައްޔިތުން ދިފާޢުކުރުމަށާއި ކުއްލި ނުރައްކަލެއް ނެތްކަން ޔަޤީންކުރުމަށްޓަކައި ލުބުނާނުގައި ސިފައިން ބައިތިއްބާނެއެވެ.

ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2025 | ބުދަ 15:45
އިސްރާއީލުގެ ސެވަންތު ބްރިގޭޑްގެ ސިފައިން ދެކުނު ލުުބުނާނުގައި ޖެނުއަރީ 2025 ގައި ޕެޓްރޯލް ކުރަނީ

އިސްރާއީލުގެ ސެވަންތު ބްރިގޭޑްގެ ސިފައިން ދެކުނު ލުުބުނާނުގައި ޖެނުއަރީ 2025 ގައި ޕެޓްރޯލް ކުރަނީ

އިސްރާއީލުގެ ސިފައިން ލުބުނާނުން ފައިބާ ނިންމަން ޖެހޭ ސުންގަޑި އަންގާރަ ދުވަހަށް ހަމަވިއިރު، ލުބުނާނުގެ ދެކުނުގެ ފަސް ޕޯސްޓެއްގައި އިސްރާއީލު ސިފައިން ބައިތިއްބާނެ ކަމަށް ބުނެފިއެވެ.

އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ތަރުޖަމާނު ހޯމަ ދުވަހު ބުނި ގޮތުގައި، "އަހަރެމެންގެ ރައްޔިތުން ދިފާޢުކުރުމަށާއި ކުއްލި ނުރައްކަލެއް ނެތްކަން ޔަޤީންކުރުމަށްޓަކައި" ލުބުނާނުގެ އައުޓްޕޯސްޓްތަކުގައި ސިފައިން ބައިތިއްބާނެއެވެ.

އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ ދުވަސްތަކުގައި ލުބުނާނުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުން ފައިބާފައިވާ ކަމަށް ބެލެވެއެވެ. ލުބުނާނުގެ ސިފައިން އަންގާރަ ދުވަހުގެ ހެނދުނު ވަނީ ލުބުނާނުގެ ދެކުނުގެ އެކި ރަށްތަކަށް އަލަށް ސިފައިން ފޮނުވާފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.

ލުބުނާނުގެ ރިޔާސަތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނުގެ ސަރަޙައްދުގައި އިސްރާއީލުގެ ސިފައިންގެ އެއްވެސް ބަޔަކު ތިބިނަމަ އެއީ "ހިސޯރުކުރުން" ކަމުގައި ބަލާނެ ކަމަށާއި، އިސްރާއީލު ސިފައިން އެތަނުން ފައިބާކަން ޔަޤީންކުރުމަށް "ހުރިހާ ވަސީލަތެސީލަތެއް" ބޭނުންކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ.

އަނެއްކޮޅުން ހިޒްބުﷲ އިން އިސްރާއީލުގެ ބާކީ ތިބި ސިފައިންނާ ދެކޮޅަށް ވަގުތުން ހަނގުރާމައެއް ފަށާނެކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ. އެ ޖަމާޢަތުގެ އަލް މަނާރު ޓީވީން އަންގާރަ ދުވަހު އިޢުލާނުކުރި ގޮތުގައި ލުބުނާނުގެ ދެކުނު "އަނބުރާ ލިބިފައިވަނީ ޝަހީދުންގެ ލޭގެ ސަބަބުން" ނެވެ.

އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު އަހަރު ދުވަހުގެ ހަނގުރާމަ އެއް ނިމުމަކަށް އައީ ނޮވެމްބަރު މަހު، އެމެރިކާގެ މެދުވެރިކަމާއެކު ހެދުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކުންނެވެ. އިސްރާއީލުން އެދުމުގެ މަތިން، އިސްރާއީލުގެ ސިފައިން ފައިބަން ކަނޑައެޅިފައިވާ ސުންގަޑި ޖެނުއަރީ މަހުގައި އޮތް ނަމަވެސް، ފެބްރުއަރީ 18 އަށް ވަނީ ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް