Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިމްޕޯޓް ޑިއުޓީ

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

ސިނގިރޭޓު އަގު ބޮޑުކުރީ ރައްޔިތުންގެ ސިއްހަތު ސަލަމާތް ކުރަން ކަމަށް އެކިއެކި ތަންތާނގައި ރައީސް މުއިއްޒު ގެންދަވަނީި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ ސަރުކާރުން ބަރޯސާވާ އާމްދަނީ އެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ. އަދި ދުންފަތުން އާމްދަނީ އެއް ލިބުނަސް އެ ފައިސާ ބޭނުން ކުރާނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ މީހުން ދުރުކުރުމަށް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު މިދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަެއް ނޫންކަން ވެސް ފަޅާ އަރާމުން އަންނަނީ ޚުދު އެބޭފުޅުންގެ ތެރެއިންނެވެ.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2025 | އަންގާރަ 18:20
ރައީސް މުހައްމަދު މުއިއްޒު އާއި އެމްޕީ އަޙްމަދު ނާޒިމް - ދުންފަތުން ނަގާ ޓެކްްސްގެ މަގްސަދާ ބެހޭ ގޮތުން ދައްކަވާ ވާހަކަފުޅު ތަފާތު

ރައީސް މުހައްމަދު މުއިއްޒު އާއި އެމްޕީ އަޙްމަދު ނާޒިމް - ދުންފަތުން ނަގާ ޓެކްްސްގެ މަގްސަދާ ބެހޭ ގޮތުން ދައްކަވާ ވާހަކަފުޅު ތަފާތު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ ޓެކްސް އަށް ބޮޑެތި ބަދަލުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ގެނެސްފައެވެ. އެ ބަދަލު ތަކުގެ ތެރޭގައި ފާހަގަ ކުރެވެނީ:

ސަރުކާރުން މި ގެނައި ބަދަލު ތަކާއެކު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގު 240 ރުފިޔާ އަށް މައްޗަށް ޖެހުނެވެ.

އަގަަށް އައި މި ބޮޑު ބަދަލާއެކު، އެކަމުގެ ހިތްހަމަ ނުޖެހުން އާންމުކޮށް އުފެދެން ފެށުމާއެކު ރައީސް މުއިއްޒު ފެއްޓެވީ މަންޒަރު ރީތި ކުރައްވާ، އެއީ އެމަނިކުފާނު ރައްޔިތުންގެ ސިއްހަތައްޓަކައި ސަމާލުކަން ދެއްވާ މިންވަރުގެ ބޮޑު ކަމުން ކުރެއްވި ކަމެއް ކަމުގައި ދެއްކެވުމަށެވެ.

ސިނގިރޭޓުން ލިބޭ އާމްދަނީ އަކީ ސަރުކާރަށް މުހިންމު އެއްޗެއް ނޫން!

ރައީސް މުއިއްޒު އެކިއެކި ތަންތަނުގައި ދައްކަވަމުންދާ ވާހަކަފުޅުތަކުގައި ސިނގިރޭޓުން ލިބޭ އާމްދަނީ އަކީ ސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ހޯދާ އެއްޗެއް ނޫން ކަމަށް ދެއްކެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެއެވެ.

އެ ގޮތުން ދުންފަތުން ލިބޭ ޓެކްސް ފައިސާ އިން ލިބޭ އާމްދަނީ އަކީ ސަރުކާރުން އެ މައްޗަށް ބަރޯސާވާ އާމްދަނީ އެއް ނޫން ކަމަށާއި ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުގައި އެ އާމްދަނީ ނުހިމަނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭ އުނގޫފާރު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން އިމްޕޯޓްކޮށްގެން އިތުރުވާ ޓެކްސް އަށް ބަރޯސާ ވެގެން ދައުލަތުގެ އާމްދަނީ ކަލްކިއުލޭޓެއް ނުކުރާނެ މިހާރު. އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެން ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުން ކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބި ބަޔަކަށް ވާން. ސިއްހަތު ސަލާމަތުން ތިބި ބަޔަކަށް ވާން. އެކަމަށް ބާރު އެޅުމުގެ ގޮތުން، އެކަމުން ދުރުވުމަށް ހެޔޮ ނިޔަތުގައި އަޅުގަނޑުން އެނިންމުން ނިންމީ."

އޭގެ ފަހުން ފެބްރުއަރީ 6 ވަނަ ދުވަހު، ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައި ވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ. ދުންފަތުން ލިބޭ އާމްދަނީ ބޭނުން ކުރައްވާނީ ދުންފަތުން ދުރުކުރުމަށް ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ބަޖެޓު ކޮމިޓީގައި ބުނީ ސިނގިރޭޓު ޑިއުޓީ ބޮޑު ކުރީ އާމްދަނީ އިތުރުކުރަން ކަމަށް

ދުންފަތުގެ ޓެކްސް ބޮޑު ކުރީ އާމްދަނީ އިތުރުކުރަން ނޫން ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވި އިރު އެމަކުގެ ހަގީގަތް އޮތީ އެހެން ނޫންކަން 2025 ވަނަ އަހަރުގެ ބަޖެޓު ބަހުސްގައި ބަޖެޓް ކޮމިޓީގެ ޔައުމިއްޔާތަކަށް ބަލާލުމުން ސާފުވެއެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3 ރުފިޔާ އިން 8 ރުފިޔާ އަށް މަތިކުރަން ގާނޫނަށް ބަދަލު ގެނެސް އެ ބަދަލަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލު ކުރަން ފެށީ ދައުލަތުގެ އާމްދަނީ އިތުރު ކުރަންކަން، ބަޖެޓް ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ދެއްކެވި ވާހަކައިން ވެސް ސާފުކޮށް އެނގެއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކުމަށް ބަޖެޓުގައި ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ކަންތައްތަކުގެ ތެރެއިން 6.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 7 ކަމެއް ހުށަހަޅާފައިވާ ކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. މި 7 ކަމަކީވެސް އެކިއެކި ގާނޫނުތަކާއި ގަވައިދުތަކާއި ގާނޫނުތަކާއި އުސޫލުތައް އެކި ބަދަލު ގެނެސްގެން ތަންފީޒު ކުރަން ހަމަޖެހިފައިވާ ކަންތައްތައް ކަން ފާހަގަ ކުރައްވަމުން އޭގެ ތެރެއިން ބައެއް ކަންކަން ގާނޫނަށް ބަދަލު ގެނެސްގެން ފުރިހަމަ ކޮށްފައިވާކަން ވެސް ވަނީ ހުސްވި އަހަރުގެ ނޮވެމްބަރު 14 ގައި އޮތް ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ފާހަގަ ކުރައްވާފައެވެ.

2024 އިން 2025 އަށް ދައުލަތުގެ އާމްދަނީ 39.7 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާއިރު، ދައުލަތުން އާމްދަނީ އިތުރު ކުރަން ހުށަހެޅި މައިގަނޑު 7 ކަންތަކުގެ ތެރޭގައި ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުން ހިމެނޭކަން ޚުދު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފައެވެ.

ސިނގިރޭޓުން އާމްދަނީ ދަށްވުމުގެ ކަންބޮޑުވުން

ސިނގިރޭޓުން ޑިއުޓީ ބޮޑު ކުރީ ސަރުކާރަށް އާމްދަނީ އިތުރު ކުރަން ކަން އިތުރަށް ހާމަވެގެން ދިޔައީ މިދިޔަ ހޯމަ ދުވަހު ވެރިކަން ކުރާ ޕީއެންސީ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމު މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަފުޅުން ނެވެ. އޭނާ ވަރަށް ސާފުކޮށް ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހު ސަރުކާރުގެ އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ، ޑިއުޓީ ކުޑަ ކުރުމުގެ ކުރިން ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރުމާއެކު، އެ ސްޓޮކް ހުސް ނުވާތީ، ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑު ޖެހި، ސަރުކާރުން އުއްމީދު ކުރި އާމްދަނީ ސިނގިރޭޓުން ނުލިބޭތީ ކަމުގައެވެ.

"ހިސާބު އަކުރު އެނގޭތީ، އެނގޭ މިހާރު މިވަނީ ކީއްކަން، އެންމެ ބޮޑު އާމްދަނީ އެއް ލިބެނީ ސިނގެރެޓުން ކަން، ސިނގިރެޓު އެތެރެ ކުރުން މިހާރު އޮތީ މަޑު ޖެހިލާފަ ކަން، އޭރު ސިނގިރޭޓުގެ އަގު ވަރަށް ކުޑަކޮށް އޮތް އިރު ވަރަށް ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކޮށްފައި ޑިއުޓީ ދައްކާފައި ހުރީމަ، ސިނގިރޭޓުގެ ސްޓޮކް ހުސް ނުވާތީ، އަދި ސިނގިރެޓް އެތެރެ ނުކުރާތީ ސިނގިރެޓުން އެބައި ނުލިބެތީ، އާމްދަނީ ދައްވީކަން އަޅުގަނޑު މެންނަށް އެބަ އިނގޭ."

ދުންފަތުގެ ބާވަތްތަކުން ބިލިއަނެއްހާ ރުފިޔާ ހޯދުމުގެ ޓާގެޓު ކަނޑައަޅާ ޑިއުޓީތައް ބޮޑުކޮށް ސިނގިރޭޓުގެ އަގު އަތް ނުފޯރާ ފަށަށް ގެންދިޔައީ، ރައްޔިތުންގެ ސިއްހަތަށް ރައީސް މުއިއްޒު ވިސްނާވަޑައިގަންނަވާލެއް ބޮޑު ކަމުން ކަން ދައްކަން އެމަނިކުފާނު ނުދައްކަވާ ވާހަކައެއް ނެތެވެ. އެކަމަކު އެ މޭރުމުން އެ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު އެއާ ވިއްދާ ހަމަ އެ ބޭފުޅުންގެ ތެރެއިން އޭގެ ހަގީގަތް އެ ދަނީ ފަޅާ އަރަމުން ހާމަ ވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުދުންފަތުގެ ޓެކްސްއިމްޕޯޓް ޑިއުޓީސިނގިރޭޓުގެ ޑިއުޓީއިމްޕޯޓު ޓެރިފް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ގަވައިދާ ޚިލާފަށް ހިތަދޫ ޕޯޓުން އެތެރެ ކުރަން އުޅުނު ސިނގިރޭޓުގެ އަދަދު 2 މިލިއަނާ ކައިރިކުރޭ

ގަވައިދާ ޚިލާފަށް ހިތަދޫ ޕޯޓުން އެތެރެ ކުރަން އުޅުނު ސިނގިރޭޓުގެ އަދަދު 2 މިލިއަނާ ކައިރިކުރޭ

25 ސެޕްޓެމްބަރު 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް

މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް

17 ޖުލައި 2025
"މިސަރުކާރު އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް، ދެ އަހަރު ވި އިރުވެސް މަސައްކަތް ނުނިމޭ"

"މިސަރުކާރު އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް، ދެ އަހަރު ވި އިރުވެސް މަސައްކަތް ނުނިމޭ"

12 ޖުލައި 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު