Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަސްޓަމްސް ސާރވިސް

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެ ގިނައީ އިމްޕޯޓް ޑިއުޓީގެ ފައިސާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖުލައި 2025 | ބުރާސްފަތި 12:04
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 2022 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 477 މިލިއަން ރުފިޔާ ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރިކަމަށް އެ އިދާރާގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކަސްޓަމްސްގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް 477،915،625 ރުފިޔާ ނުލިބި ހުރިކަމަށް ކަސްޓަމްސްގެ ރިކޯޑްތަކުން ދައްކާ ކަމަށެވެ. އަދި އަހަރަކަށްވުރެ އަހަރެއް ނުލިބިހުރި ފައިސާ އިތުރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި ރިޕޯޓުގައި ބުނެފައިވަނީ ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހިއްސާކުރަނީ މުދާ އިމްޕޯޓްކޮށްގެން ކަސްޓަމްސްއަށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީގެ ފައިސާއެވެ. ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް ނުލިބިހުރި ފައިސާގެ ތެރެއިން އެންމެ ގިނައީ އިމްޕޯޓް ޑިއުޓީއެވެ. އެއީ 398،154،111 މިލިއަން ރުފިޔާއެވެ. އަދި 77،226،371 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ނުލިބި ހުރި ކަމަށް އޮޑިޓް ރިޕޯޓުގައި ދައްކައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި ފައިސާ ހޯދުމަށް ކަސްޓަމްސްއިން އަމަލުކުރަން އޮންނަ ގޮތަށް އަމަލުކޮށްފައިވީނަމަވެސް ގޮންޖެހުންތަކެއް ހުރިކަމަށް ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް 160،674،686 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ނުލިބި ހުރީ ކޯޓުތަކުން ހުކުމް ކުރުމަށްފަހު އެ ހުކުމް ތަންފީޒު ނުވެ ގިނަ ދުވަސްތަކެއްވެފައިވުމުންނާއި ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހެޅުމާމެދު ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވުމުންނެވެ.

ކަސްޓަމްސްއިން މި ތަފާސް ހިސާބުތައް އޮޑިޓް އޮފީހާ ހިއްސާކޮށްފައިވާ އިރު، އޮޑިޓްގައި ބުނެފައިވަނީ 2022 ވަނަ އަހަރާ ހަމައަށް ކަސްޓަމްސްއަށް ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކޮށްފައިވާ ފަރާތްތަކުން ޖުމްލަ 158،773،956 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ލިބެންޖެހޭ ކަމަށެވެ. މީގެ ތެރޭގައި 2014 އިން 2019 އަށް ހުކުމް ކޮށްފައިވާ 19 މައްސަލައެއްގެ ހުކުމް ތަންފީޒުކޮށްފައި ނުވުމުގެ ސަބަބުން ލިބެންޖެހޭ ޖުމްލަ 122،695،445 މިލިއަން ރުފިޔާ ނުލިބިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އޮޑިޓަރ ޖެނެރަލްގެ އޮފީސްއިމްޕޯޓް ޑިއުޓީކޯޓުތަކުން ހުކުމްކުރުން

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި
16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު