Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަލިފުށި ކަރަންޓް މައްސަލަ

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

ކުޑަކުދިންތައް ނިންދަވައިގެން ތިބެނީ ބޭރުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 ޖޫން 2017 | ހުކުރު 23:28
އަލިފުށީގައި ރޭގަނޑު ކުދިންތަކެއް ބޭރުގައި ނިންދަވާފައި

އަލިފުށީގައި ރޭގަނޑު ކުދިންތަކެއް ބޭރުގައި ނިންދަވާފައި

ގަޑިން ދިހައެއް ޖެހީއެވެ. ގޭގޭ ދޮރުމަތިން ފެންނާން ފެށީ ބޭރުގައި ނިންދަވާފައިވާ ކުޑަކުދިންނެވެ. ޖޯލިތަކުގައެވެ. ބޭރަށް ނެރެފައިވާ ތަފާތު އެނދުތަކުގައެވެ. ވީލް ބަރޯގައެވެ. ބިންމަތީގައި ފަތުރާލެވިފައިވާ އެއްޗެއްގެ މަތީގައެވެ. ކޮންމެ ތަނެއްގައި ދެކުއްޖަކު ތިންކުއްޖަކު ނެތް ތަނެއް ނެތެވެ. ކުރު ސޯޓުބުރިއެއް ނޫނީ ހަރުވާޅު ގަނޑެއްގައެވެ. މަތިން އެއްޗެއް ނުލައްވައެވެ.

ބަލާކަށް އެމަންޒަރު ރީއްޗެއް ނޫނެވެ. ތަސައްވަރު ކުރަންވެސް އުނދަގޫ ހިތްދަތިކަމެކެވެ. ދޭތެރެއަކުން ހަށިގަނޑު ކަހާލާތަން ފެނެއެވެ. ޖަހާފައި ހުންނަ މަދިރި ދުންދަނޑިއަށް ކެtq ނުވެގެންނެވެ. ދިއްލާފައި ހުންނަ ފުޅި ބައްތިގަނޑުން މޫނުވެސް ސާފުވާވަރެއް ނޫނެވެ. ބައެއް ގޭގޭގައި އުއްބައްތިއެއް ހިސާބުވެސް ފެންނާކަށް ނެތެވެ.

މިއަށްވުރެ އުނދަގޫވީ ބޯ ކަރުދާސް ގަނޑަކުން ނޫނީ މޮނީޓަރ ފޮތެއްގެ ބޭރުގަނޑަކުން ވިހެލަ ވިހެލާ ތިބޭ މައިންގެ މާޔޫސް ކަން ފެނިފައެވެ. ފެންނަ ފެނުމަށް ދަރިންނަށްޓަކއި ހޭލާ ތިބެތިބެ އެވެރިން ވަރުބަލިވެއްޖެއެވެ.

މިއީ އިރުއޮއްސުމާއެކު އަލިފުށީގެ ހާލަތެވެ. ރަށުގައި ކަރަންޓް ކެނޑި ބަރާބަރު ހަތަރު ދުވަސްވީއިރު އެކަމަށް އެވަނީ ހައްލެއް ނުލިބިއެވެ. ކަރަންޓް ލިބޭނޭ ކަމުގެ އުއްމީދެއް އަދިއެއް ނެތެވެ.

ބޭރުގައި ކުދިން ނިންދަވައިގެން ތިބި މައިންގެ އުދާސްތައް އަހާކަށް ފަސޭހައެއް ނޫނެވެ. އެމީހުން ބުނާގޮތުންނަމަ ރޭގަނޑުދާ ހަތަރުދަމު ދަރިން ގާތު ވިހެލަން އިންނަމަވެސް މައްސަލައެއް ނެތެވެ. އެކަމަކު ރަނގަޅަށް ފެންވަރުވާ ނުލެވޭތީ ކުދިން އެއުޅޭ ގޮތް ބަދަލު ކުރެވޭކަށް ނެތެވެ. ގޭތެރޭގައި އަލިކަމެއް ނެތުމުން އެގަންނަ ބިރުވެރިކަން ފެނިފައި ދެއްކޭނޭ ބަހަނާއެއް ނެތެވެ. އެކަމާހުރެ އެކުދިން ރޯ ރުއިން އަޑުއަހާކަށް ކުޅަދާނައެއް ނޫނެވެ.

އެވެރިންނަށް މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނީ ޒަމާނީ ތަރައްޤީގެ ތެރެއިން ކަރަންޓާ ނުލައި ނޫޅެވޭވަރަށް ޒަރޫރީ ކަންކަން ބައްޓަން ކުރިފަހުންނެވެ. މުޅި ރަށުގައި ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ގުޅި ލާމެހިފައި ވަނީ ކަރަންޓާއެވެ.

ރަށުގައި އުއްބައްތިއެއްވެސް ނެތެވެ. ގެނައި އުއްބައްތިކޮޅު އިސާހިތަކު ހުސްވީ ބަސްބުނި ހިނދުންނެވެ. ގެންދިޔަ އިމަޖެންސީ ލައިޓްތައް ވެސް ވީމަދެވެ. އެތައް އަހަރަކުންސުރެ ހޯދި ހިފާ ގެންގުޅޭ އެތައް ސާމާނެއްގެ އަޖަލު ހަމަވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ދިޔަ ކަރަންޓާއެކު އެތަކެތި ބަޑިގޮވައިފިއެވެ. އައިސް ލަމާރިތައް ކަނޑާލިތާ އެތައް ގަޑިއިރުތަކެއް ވީއެވެ. ގެނެސްފައިހުރި މަސް ހަލާކުވެގެން ދިޔައީއެވެ.

ކޮންމެއަކަސް ކަރަންޓް ނެތި އަލިފުށީގެ މުޅި ދިރިއުޅުން އެއޮތީ ކަނު އަނދިރީގައެވެ. އެއަނދިރިކަމުން އަރައިގަނެވޭނެ ދުވަހެއް އަދި ނޭނގެއެވެ. އެމީހުން ބުނާގޮތުންނަމަ މިއީކީ ހަމަ ހުރެފައި ދިމާވި ކަމެއް ނޫނެވެ. މިފަދަ ހާލެއްގައި އުޅެތާ ލައްކަ ދުވަސްވެއްޖެއެވެ. މިހާ ބޮޑުވަރު ނުވިއަސް މިހާލަތަށް ވެއްޓިދާނެ ކަމުގެ ސިގްނަލް އަޅާތާ އަހަރަކާ ކައިރިވީއެވެ. އެބުނާ އިންޖީނެއްގެ ރޭޑިއޭޓަރު ފޫގޮސްފައި ހުރިކަން އެނގޭތާ ބަރާބަރު 11 މަސްދުވަސްވީއެވެ. ފެން ނުހިފަހައްޓައިގެން ގުޅާފާހުރި ހޮޅިން އެތެރެވާވަރަށްވުރެ ގިނައީ އެރޭޑިއޭޓަރު ފޫގޮސްގެން އެއިން ބޭރުވާ ފެނެވެ. އިންޖީނަށް ބާރުބޮޑުވެ އެއިންޖީނު ހަލާކުވާވަރުވީ އެވާހަކަ ދައްކާތާ 3 އަހަރެއްހާ ދުވަސް ފަހުންނެވެ. އިތުރު އެއްވެސް ގޮތެއް ނެތޭ ބުނެ އާދޭސް ކުރާތާ ބަރާބަރު އަށެއްކަ މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ތެދެކެވެ. މިއަދު ސަރުކާރުންވެސް ތެޅިގަނެފިއެވެ. އަންނަ ހަފްތާގައި ރޭޑިއޭޓަރ ބޯޓަށް ބޭރުން ލޯޑް ކުރީމާ ހިތްހަމަޖައްސާލައިގެން ދެހަފްތާވަންދެން ކަނު އަނދިރީގައި އެހާލުގައި ތިބެވެން ނެތޭ ބުނީތީ ކަންތައްތަކެއް ކުރަން ފަށައިފިއެވެ. ރައްޔިތުން އެދުނަސް ނޭދުނަސް ދެވުނުވަރަކަށް ދީގެންވެސް ސަރުކާރުގެ ކަރަންޓް ޔަޤީން ސިޔާސަތު ކާމިޔާބުކަން ދައްކަން އިންޖީނުގެ ފޭޑަރު ހިއްލާލާނެ މީހަކު ނުވީމައެވެ. މަތިން އޯޑަރު މަތިމައްޗަށް އަޔަސް ފެނަކައިގެ އެއްވެސް މުވައްޒަފަކަށް ރައްޔިތުންނާ ދެކޮޅަށް އެކަން ކުރާން ނުކެރުނީމަވެ. ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮތް ކައުންސިލަކަސް ރައްޔިތުންގެ ބަސް ނޫން އެއްޗެއް އެވެރިންނަށްވެސް ބަލައިގަނެވެން ނެތީމައެވެ.

ނަތީޖާއެއްގެ ގޮތުން އެވަނީ އާ އިންޖީނެއް ގެނެސްފައެވެ. ރަށުގެ ރައްޔިތުންނާ ޚާއްޞަކޮށް ޒުވާނުންގެ ޖޯޝާ ފޯރީގައި އެއިންޖީނު އެވަނީ ހެވީ ވެހިކަލަކާއި ނުލާ ދަމާފައި ގެންގޮސް އިންޖީނުގެއަށް ލައިދީފައެވެ. މީގެ ކުރިން ދެދުވަހުން ކުރި މސައްކަތް އެންމެ ހަ ގަޑިއިރުންނެވެ. ދެން އޮތީ އަނެއްކާވެސް ފެނަކައިގެ ޓެކްނިކަލް މީހުންގެ އަތްމަތީގައެވެ. ކުދި ޅަދަރިންގެ ހައްގުގައި އަރާމެއްނެތި އެކުރި މަސައްކަތުގެ ފޮނި އިންތިޒާރުގައި ރައްޔިތުން އެތިބީ ކުޅިބަލާށެވެ. ކަރަންޓް ލިބޭނޭ އިރެއްގެ އިންތިޒާރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟

އަލިފުށީގެ ރައްޔިތުން ކަޅު އަނދިރީގައި، ކަރަންޓް ޔަގީން ވާނީ ކޮން ދުވަހަކުން؟

30 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު