Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިމްރާންގެ އަނބިކަނބަލުން

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

މިއީ ވަރަށް އަސަރު ހުރި ކަމެއް، މަޔަކަށް އިހްސާސްވާނީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2018 | ބުރާސްފަތި 18:43
އިމްރާން ޖަލަށް ގެންދިއުމުގެ ވަގުތުކޮޅު އަނބިކަނބަލުންނާ އެކު

އިމްރާން ޖަލަށް ގެންދިއުމުގެ ވަގުތުކޮޅު އަނބިކަނބަލުންނާ އެކު

ދުލުން ފާޅުކުރި ބަހެއްގެ ސަބަބުން ޓެރަރިޒަމްގެ ދައުވާކޮށް ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ޖަލަށް ލާފައި ހުންނަތާ 1000 ދުވަސް ވީއެވެ. ހަމަ އެ ވާހަކަތައް އޭގެ ކުރިން އެކިއެކި ބޭފުޅުން އެކި ފޯރަމްތަކުގައާއި ޕޯޑިއަމްތަކުގައި ވަނީ ދައްކާފައެވެ. ޓީވީތަކުންނާއި ނޫސްތަކުން ވަނީ އެވާހަކަތައް ދެއްކި މީހުން ދެއްކި ގޮތަށް ކަވަރ ކޮށްފައެވެ. އެހެން ނަމަވެސް މޭޑޭ މުޒާހަރާގައި އިމްރާން އެވާހަކަތައް ދެއްކެވީތީ ޓެރަރިޒަމްގެ ދައުވާކޮށް އެވަނީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ.

އިމްރާން މޭޑޭގައި ވާހަކަ ދައްކަވަނީ

އިމްރާނަށް ވީގޮތާއި އެއީ ކިހިނެއް އައި ހުކުމެއް ކަމާއި އެކަމުގެ ފަހަތުގައި ހުރީ ކިހާވަރެއްގެ ކާކުކަން އެކަން ކުރި މީހުންގެ ފަރާތުން އެވަނީ ހާމަވެފައެވެ. އެވާހަކަތަކަކީ ބިރުހުރި ވާހަކަތަކެކެވެ. އަސަރު ގަދަ ވާހަކަތަކެކެވެ. އެއަށް ވުރެ އަސަރުގަދަ އަނެއް ވާހަކައަކީ އިމްރާނާ ނުލައި އިމްރާންގެ އަނބިކަނބަލުން މަރްޔަމް ރީމް އާއި 5 ކުދިން އެ ވޭތު ކުރަމުންދާ ހިތްދަތި ދިރިއުޅުމުގެ ވާހަކައެވެ.

ރީމް ވިދާޅުވި ގޮތުގައި އިމްރާނަކީ ދަރިންގެ ވަރަށް ގާތް ބައްޕައެކެވެ. ގޭގައި ހޭދަކުރައްވާ ވަގުތުތަކުގައި ގިނަ އިން އުޅުއްވަނީ ކުދިންނާ އެކުގައެވެ. އެކުދިން ދެކޭ ގޮތުގައި ބައްޕައެއްގެ އިތުރުން އިމްރާނަކީ ބެސްޓް ފްރެންޑެވެ. ހީސަމާސާކޮށް މަޖާކުރައްވައި އެންމެ ގާތް އެކަކެވެ. މީރު އެއްޗެހި ކެއްކެވުމާއި ދަރިންނަށް ކާންދެއްވުމަކީ ވެސް އިމްރާންގެ އެއް މަސައްކަތެވެ.

އިމްރާން ޖަލަށް ގެންދަނީ

"އިމްރާނަކީ ވަރަށް ކުދިން މީހެއް. އިމްރާން ގޭގައި ހުންނަ ވަގުތު އަބަދުވެސް ކުދިންނާ އެކު އުޅޭނީ. ކުދިންނަށް ކޮންމެވެސް މީރު އެއްޗެއް ކައްކައިދީފައި ކުދިންނަށް ލަވާފަ ކާންދީފައި. ގެއަށް ހަމަ އައުމާ އެކު އެންމެ ފުރަތަމަ ކުދިން ކައިރިއަށް ގެނެސް ކަންކަން އަހައި ހަދާނެ. ވަރަށް އެޓޭޗްވާނެ ކުދިން ވެސް. ކުދިންގެ ޕަރސަނަލް ކަންތައްތަކާ ސްކޫލުގައިވާ ކަންތައްތައް ވެސް ވަރަށް ޝެއަރކޮށް ޑިސްކަސް ކުރާނެ އިމްރާނާ. މިހާރު ވެސް ޖަލަށްދާއިރު ހަގް ކޮށްލާފައި ވަރަށް ވާހަކަތައް ކިޔައިދޭނެ. ހަމަ ހުސްނުވާނެ ވާހަކަތައް. ވަރަށް ދެރަވާނެ ކުދިން ގެއަށް ގެނެސް ގެންދާ ދުވަހު ކުދިން ސްކޫލަށް ވެސް ނުދެވޭނެ،" އިމްރާންގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މިކަންކަމާ ހުރެ އިމްރާންގެ ދަރިން އޭނާއާ "އެޓޭޗްވެފައި" ހުންނަވަނީ އަމަށަކު ވަރަކަށް ނޫނެވެ. ގެއަށް ގެނެސް އެގެންދާ ދުވަސްކޮޅު މުޅި ގޭތެރެއަށް ހިމޭންކަން ވެރިވެއެވެ. ކުދިން ނެގިމަޑުވެ ރުއިން ނޫން ކަމެއް ނޯވެއެވެ. ކުރާ އަސަރުން ސްކޫލަށް ނުގޮސް ވެސް ކުދިންނަށް ތިބެންޖެހޭ ވަރަށް އެކުދިން ތިބެނީ ނިކަމެތިވެފައެވެ. ބައެއް ދަރިން އެކަނިވެ ކަންކަނަށް ބިތްޖެހިފައި ތިބޭ ތިބުމަކީ ރީމްއަށް ބަލަން ކުޅަދާނަ މަންޒަރެއް ނޫނެވެ.

އިމްރާން މޭޑޭ މުޒާހަރާގައި

"އެންމެ ފުރަތަމަ ގެންދާ ދުވަހު ވެސް ދެން އަބަދުވެސް ކިޔާނީ ދެން ކޮންއިރަކުން ބައްދަލުވާނީ. ކޮންއިރަކުން ބައްދަލުވާނީ. ހަމަ ވަރަށް ރޮވޭނެ ކުދިންނަށް. ބައެއް ފަހަރަށް ބައެއް ކުދިން ތިބޭނެ އެކަނިމާއެކަނި ކަނަކަށްވަދެ ބިތްޖެހިފައި. ދެން ހަމަ ރޮވިފައި ބުނާނެ ބައްޕަ މިސްވަނިއްޔޭ، ބައްޕަ މިސްވަނިއްޔޭ. ދެނަމާދު ދޭތެރޭގައި އިމްރާން ވަރަށް ބޮޑަށް ކުދިން ގޮވައިގެން ކިޔަވައިދޭން އުޅޭނެ. ދެން ހަމަ އެގަޑީގައި އަބަދުވެސް ކިޔާނެ ބައްޕި. ބައްޕި" ރީމް ވިދާޅުވިއެވެ.

ރީމް ވިދާޅުވީ ކުދިންނަށް ބައްޕަ ނެތުމުގެ އިހްސާސް އެންމެ ބޮޑަށް ކުރެވޭ އެއް ވަގުތަކީ ދަންވަރެވެ. ރީމް ވިދާޅުވީ ކުއްޖަކަށް ދަންވަރު ހޭލެވުނަސް އެކުދިން ގޮވައިގެން އުޅޭނީ އިމްރާނެވެ. އެކުދިން ހޭހަން ކުރުމުގައި އެކުދިންނަށް އެކިޔައިދޭ ދުއާތަކާ އެކުދިން ނިންދަވާ ގޮތް އެއީ އިމްރާން ނެތުމުން ދިމާވާ އެންމެ ބޮޑު ދަތިކަން ކަމަށެވެ.

"ވަރަށް ހިތާމަވެރި. ކުދިން، ބައްޕައަކާ ނުލައި ގެންގުޅުމަކީ ވަރަށް އުނދަގޫކަމެއް. އެކުދިންގެ ޝަކުވާތަކާ އެއްޗެހި، ދެން ވަރަށް އަސަރު ހުރިކަމެއް މީ" ރީމް ވިދާޅުވިއެވެ.

އިމްރާނުގެ ބަލިހާތާ މެދުވެސް ރީމްގެ ކަންބޮޑުވުން އިންތިހާއެވެ. އެހެންނަމަވެސް އެންމެ 4 މަހުގެ ކުޑަ ދިރިފުޅާ އެކު އިމްރާނާ ނުލައި އުޅެންޖެހިފައިވުމުން އެހެން ކުދިންގެ ކަންކަމުގައި އުޅުން ރީމްއަށް ވަނީ ބޮޑު ދައްޗަކަށް ވެފައެވެ. ޚާއްޞަކޮށް އެއިން ކުއްޖަކު ބަލިވުމުން ރީމްއަށް ގޮތް ހުސްވާ ފަހަރުތައް ވެސް އާދެއެވެ.

"އިމްރާން ޑައިބެޓިކް އަދި ކޮލެސްޓްރޯލް ހުންނަ އަދި ލޮލުގެ ބަލިވެސް ހުންނަ މީހެއް. އެއަށްވުރެ ބޮޑަށް ކުދިން ބަލިވީމާ އެއުޅެންޖެހޭ ގޮތުން ދެރަވަނީ" ރީމް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި އިމްރާންގެ އަނބިކނަބަލުން މަރްޔަމް ރީމް

އެހެންނަމަވެސް ރީމް އެހުންނެވީ އިމްރާން އަބަދުވެސް އެދޭ ނަސޭހަތުގެ މަތީގައެވެ. ކެތްތެރިކަމާ އެކު އޭނާ އަބަދު ވެސް އެގޮތުގައި ހުންނަވާނެއެވެ.

"ކުދިންނަށް އަބަދުވެސް ނަސޭހަތްދޭނެ ކެތްތެރިވާން. ކިޔައިދޭނެ އެފަދަ ދީނީ ވާހަކަތައް. އަބަދުވެސް ހަނދާން ކޮށްދޭނެ ނަމާދު ކުރުމާ އަޅުކަމުގެ ކަންކަމުގައި ހިފަހައްޓަން،" ރީމް ވިދާޅުވިއެވެ.

ރީމް ބުނީ ޖަލުގައި ހުންނަވާތާ 1000 ދުވަސްވެގެން ދިޔައިރު ވެސް އިމްރާން ހުންނެވީ ނުގުޑާ ފަދަ އަޒުމަކާއެކު ނުހަނު ސާބިތުކަން މަތީގައި ކަމަށެވެ. ރައްޔިތުންނަށްޓަކައި އެންމެ އިންޗިއެއް ވެސް އިމްރާން ފަހަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އިމްރާން ހުރީ ވަރަށް ސާބިތު ކަމާއެކު. ފަހަކަށް ނުޖެހޭނެ. ރައްޔިތުންނަށްޓަކައި އަބަދުވެސް އެގޮތުގައި ހުންނާނެ. އަޅުގަނޑުމެންނަށް ވެސް ހިތްވަރު ލިބޭ އިމްރާން ސާބިތު ކަމާއެކު ހުންނާތީ" ރީމް ވިދާޅުވިއެވެ.

ނިންމާލަމުން އިމްރާންގެ އަންހެނުން ބުނީ އަދި މާވަރުގަދަ ވާހަކައެކެވެ.

"އިމްރާނާއެކު އަޅުގަނޑާ ކުދިން އަބަދުވެސް ސާބިތުކަމާއެކު ހުންނާނަން. ފަހަކަށް ނުޖެހޭނަން" ރީމް ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

09 މެއި 2018
އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

27 މާރިޗު 2018
ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

11 ފެބުރުއަރީ 2018
ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

26 ޑިސެމްބަރު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު