Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ ޓީވީ

ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

ރާއްޖެ ޓީވީގެ ޢާއްމު ކޮންޓެންޓް ހުއްޓާލުމުން ގިނަ ބަޔަކަށް ސިހުން ލިބުނު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2018 | އާދީއްތަ 04:46
ރާއްޖެ ޓީވީގެ ޝޯވްއެއްގެ ތެރެއިން

ރާއްޖެ ޓީވީގެ ޝޯވްއެއްގެ ތެރެއިން

ދުވަހަކުވެސް މިހާވަރަކަށް އެއްކަމަކަށް ބަޔަކު ގުޅިކަމެއް ނާދެއެވެ. ރެއާ ދުވާލެވެ. ނިދުމުގެ ކުރިންވެސް އެތައް ފޯން ކޯލެކެވެ. ހެނދުނު ހޭލެވެނީވެސް ހަމަ އެފަދަ ފޯން ކޯލް ތަކުންނެވެ. އަހާލަނީ ހަމަ އެންމެ ވާހަކައެކެވެ. ފަށާނީ ކޮންއިރަކުން ހެއްޔެވެ.

ރާއްޖެ ޓީވީގެ ޢާއްމު ކޮންޓެންޓް ދުރަށް ފޮނުވުން މެދުކަނޑާލުން ވެގެން ދިޔައީ ދިވެހިރައްޔިތުންގެ ހިތްތައް ކަތިލި ކަމަކަށެވެ. އެތައް ބަޔަކަށް ބުނަން ނޭނގޭ ހިތްދަތި ކަމެއް ލިބުނު ކަމަކަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރޭ ރާއްޖެ ޓީވީގެ ކޮންޓެންޓް ވަގުތުން މެދުކަނޑާލުމާއެކު ކެނޑިނޭޅި އޮފީހުގެ ރިސެޕްޝަނަށް ފޯނުކޯލްތައް އަންނަމުން ދިޔައެވެ. އެއްބަޔަކު ބުނީ އަރައިގަތީ ހެއްޔެވެ. އަނެއް ބަޔަކު ބުނީ އެއްކޮށް ހުއްޓާލީ ހެއްޔެވެ. އެންމެންގެ ފޯނުކޯލް ވެސް ނިންމާލަނީ ދެން ފަށާނީ ކޮން އިރަކުން ހެއްޔޭ އަހާލާފައެވެ.

އެހާ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ބައިބަޔަށް އޮފީސް ދޮށަށް މީހުން އެއްވިއެވެ. ހަމަ ފާޅު ކުރަމުން ދިޔައީ އެޝުއޫރެވެ. އެއްބަޔަކު ފެންކަޅިވެފައިވާ ހާލުގައެވެ. އަސަރާއެކުގައެވެ. ތިޔަކުދިން ތިޔަކުރާ ހިތްވަރަށް ހަމަ ސާބަހޭ ތިޔައީ ޤައުމީ ބަތަލުންނޭ ނުބުނާ ހަމަ އެންމެ މީހަކު ނުދެއެވެ.

މަގުމަތިން ފެނުނީމާވެސް ހުއްޓުވާފައި ހާލު އަހުވާލު އަހާލުމަށްވުރެ ކުރިން އަހަނީ ހަމަ އެވާހަކައެވެ. ދެން ފަށާނެ އިރެކެވެ. ބައެއް މީހުން ބުނެލައެވެ. ނޫނޭވާ ތިޔައީ ހިތްވަރުގަދަ ބައެކެވެ.

ސޯޝަލް މީޑިޔާ ފްލަޑްވީ ވެސް މި ވާހަކަ ތަކުންނެވެ. ރާއްޖެ ޓީވީ މިސްވެގެން އުޅުނު މީހުން އެވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވަނީ މަދެއްކަ ބައިވަރެއް ނޫނެވެ. ކޮންޓެންޓް ހުއްޓާލާފައި ދައްކާފައި ހުރި ސްލައިޑް އެޓޭޗްކޮށް އެތައް ބަޔަކު އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑިޔާއަށް ބަންޑުން ކޮށްލާފައިވެއެވެ. ސަރުކާރަށާއި ބްރޯޑްކޮމްއަށް ރައްދުކޮށް ގޮވި ވާހަކަތައް ލިޔެވޭވަރަށްވުރެ މައްޗަށްވެސް ގޮސްފައި އެބަހުއްޓެވެ.

މަގުމަތިން ދިމާވެގެންނާ އޮފީހަށް އައިސް އަދި ގުޅާފައި ހިއްސާކުރި ބައެއް ވާހަކަތަކަށް ބަލާލާނަމެވެ. އެއްބަޔަކު ބުނީ ރާއްޖޭގެ ވެރިކަން ބަދަލުވި ދުވަހަށްވުރެ ދެރަވެއްޖެ ކަމަށެވެ. އަނެއް ބަޔަކު ބުނީ މަންމަ ގޭގައިވެސް ނުއިނދެ މަގުމައްޗަށް ނުކުމެއްޖެ ކަމަށެވެ. ޓީވީއެއް ދެން ނުބަލާނަމޭ ބުނެ ވާގަނޑު އުފުރާލާފައި އެބަހުރި ކަމަށްވެސް ބައެއް މީހުން ބުންޏެވެ. ރާއްޖެ ޓީވީއެއް ނުބަލާނަމޭ ބުނެ އެހެން ޓީވީއެއް ބެލުން ހަރާމޭ ބުނި މީހުންވެސް މީގެ ތެރޭގައި އުޅުނެވެ. ޓީވީގެ ކޮންޓެންޓް މެދުކަނޑާލާފައި ނަގާފައި ހުރި ސްލައިޑް އަޅުވައިގެން އެއަށް ބަލަހައްޓައިގެންވެސް ދުވާލު ދެދަޅައަށް ތިބޭމީހުންވެސް މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އުޅުނެވެ.

އެންމެންވެސް ބުނަނީ އެހެން ވާން ޖެހުނީ ހަމަ އެންމެ ކަމަކާހުރެ ކަމަށެވެ. ވާނުވާ އެނގެނީ ތިޔަ ޓީވީންނޭވެ. ތިޔަކުދިން ދައްކާ ވާހަކަތަކުން ކަންކަން އޮޅުން ފިލާ ކަމަށެވެ. ރާއްޖޭގެ ހާލަތު ތިޔަ ޓީވީން ނޫނީ ނޭނގޭ ކަމަށެވެ. ފެންނަ މަންޒަރުތަކާއި ދައްކާ ވާހަކައާ ރާއްޖޭގައި ކަންހިނގާ ގޮތާ ދިމާވަނީ ތިޔަ ޓީވީން ބަލައިގެން ކަމަށެވެ.

ރާއްޖެ ޓީވީގެ ޢާއްމު ކޮންޓެންޓް މެދުކެނޑިފައި އޮވެ އަލުން ފެށުމުގެ ތައްޔާރީތައް ވަމުންދިޔައިރު ދެއްކި ކަލަރ ބާ ފެނިފައިވެސް މީހުންނަށް ލިބުނީކީ އަމަށަކު ޖޯޝެއް ނޫނެވެ. އެއްބަޔަކު ގޭތެރޭގައި އަތްޖަހަން ފެށިއެވެ. ފަށައިފިތޯ ބަލާލުމަށް އިރުއިރުކޮޅާ ހުޅުވާލާ މީހުންނަށް ކަލަރ ބާ ފެނުމާއެކު ހީވީ ދެންމެ ދެންމެ އެ ޓީވީ ފަށަނީ ކަމަށެވެ. އުފަލުން ހެއްދެވި ފަރާތައް ޝުކުރު ކުރިއެވެ. އަލްހަމްދު ﷲ އޭ ބުނެ އަޑުގެ ކޮޅަށް ގޮވާލެވުނު ކަމަށްވެސް ބައެއް މީހުން ބުންނެވެ.

ކޮންމެއަކަސް ރާއްޖެ ޓީވީ ދެކެ މީހުން ވަނީކީ އަމަށަކު ލޯތްބެއް ނޫނެވެ. ރާއްޖެ ޓީވީ ނޫން އެއްޗެއް ނުބަލާން ތިބީ އެތައް ބައެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބުނު ކޮމެންޓްތަކާއި ބުނަމުންދިޔަ ބަސްތަކުން އެނގެނީ ރާއްޖެ ޓީވީއަކީ އެއް ނަންބަރު ޓީވީ ޗެނަލް ކަމެވެ. ރާއްޖެ ޓީވީއާ ނުލައި ބަޔަކަށް އުޅެން ދަތިވެއްޖެ ކަމެވެ. އެކަން އެނގެނީ ހަމައެކަނި ފޮނުވާ ބޮނޑިބަތާއި ކުޅިމަހުން އެކަނި ނޫންކަމެވެ. ފޮނުވަމުންދާ ޖޫހާއި ހެދިކާ އަދި ރާއްޖެ ޓީވީގެ ޓީމާއެކު ފަޅަން އެއަންނަ ގިނަ ކޭކުތަކުން އެކަންޏެއް ނޫނެވެ. އެކަން މިފަހަރު މިއެނގުނީ މުޅިން އެހެން ގޮތަކުންނެވެ. ވަގުތުކޮޅަކަށް ނަމަވެސް މެދު ކެނޑުނީތީ ދިވެހިރައްޔިތުންނަށް ލިބުނު ހިތްދަތިކަމުންނެވެ. ކުރެވުނު އިހްސާސް ތަކުންނެވެ. މިހާރުގެ ގޮތައްނަމަ މިސްވި މިސްވުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު