Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުރީގެ ރައީސް މައުމޫން

ރައީސް މައުމޫން ޖަލުގެ ކުޑަގޮޅީގައި 50 ދުވަސް

އެމަނިކުފާނު ވިދާޅުވަނީ އެކަނި ވިޔަސް އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 މާރިޗު 2018 | އަންގާރަ 15:56
ރައީސް މައުމޫން: ޖަލުގައި އޮންނަވާތާ 50 ދުވަސް ވަނީ ވެފައި

ރައީސް މައުމޫން: ޖަލުގައި އޮންނަވާތާ 50 ދުވަސް ވަނީ ވެފައި

"އެކަނި ނަމަވެސް އިސްލާހީ މަސައްކަތުގައި ދެމި ހުންނާނަން،" މިއީ މިއަދު ޖަލުގެ ބިރުވެރި ކުޑަގޮޅީގައި އޮންނަވާތާ 50 ދުވަހުގެ ދިގުމުއްދަތެއް ވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ބަސްފުޅެވެ. އެމަނިކުފާނުގެ ވާހަކަ އައްސަވާ އެންމެހާ ބޭފުޅުންނަށް ދެއްވާ މެސެޖެވެ. ރަހުމެއް ހަމްދަރުދީއެއް، އާއިލީ ކުލުނު އަމުދުން ނެތި އެމަނިކުފާނަށް އެހާލު ޖެއްސެވި، މިއަދު ވެރިކަމުގައި ހުންނެވި އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީނަށް ދެއްވާ ވަރުގަދަ އިންޒާރެވެ.

ރައީސް މައުމޫނަކީ ދިވެހިރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ޚިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގިނަ ކަންތައްތަކެއްވެސް ވަނީ ކޮށްދެއްވާފައެވެ. ބައެއް ބޭފުޅުން ވިދަޅުވާ ގޮތުންނަމަ އެމަނިކުފާނަކީ ދިވެހި ޤައުމުގެ ބައްޕައެވެ. ތަރައްޤީގެ ބާނީއެވެ. ގިނަ ބައެއްގެ މަޤްބޫލުކަން ލިބިވަޑައިގެން ހުންނެވި ޑީއާރުޕީއާއި ޕީޕީއެމްގެ ޒައީމެވެ.

އެމަނިކުފާނަށް ބައްލަވާއިރު އެމަނިކުފާނަކީ މިއަދު އަބުރުވެރި ރީތި އުފާވެރި ދިރިއުޅުމެއް އުޅުއްވޭނޭ ބޭފުޅެކެވެ. ހަމައެކަނި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ލިބިވަޑައިގަންނަވާ އިނާޔަތާއި ރައްކާތެރިކަމުގެ ސަބަބަކުން އެކަންޏެއް ނޫނެވެ. ދަރިން ތިއްބެވީ ބޮޑެތިވެ، ތައުލީމީ ކުދިބައެއްގެ ގޮތުގައެވެ. ދިރިއުޅުމާމެދު ވިސްނަވަން ޖެހޭނޭ އެހެން ކަމެއް ނެތެވެ.

އެކަމަކު އެމަނިކުފާނުގެ ވާހަކަފުޅަކީ މިއަދު ގިނަ ދިވެހިން މިދައްކާ ވާހަކައެވެ. ސިޔާސީ ޕާޓީތަކުގެ ޖަގަހަ ތަކުގައެވެ. މަސްއޮޑި އަތިރީގައެވެ. ރަށްރަށުގެ ހޮޅުއަށިތަކުގައެވެ. މަތީ ތައުލީމަށް ކިޔަވާ ކުދިންގެ އިލްމީ ބަހުސްތަކުގައެވެ. ގަންނާ ކުރައްވާ ބިރުން ފާޅުގައި ދައްކާން ނުކެރިގެން ގޭގެ ހަތަރުފާރު ތެރޭގައި ސިއްރުންވެސް ދައްކާ ވާހަކައެވެ. އެއީ މިޤައުމު މިއަދު މިއޮތް ހާލަތުގެ ވާހަކައެވެ. ޤައުމު ވެއްޓިފައިވާ އަނދަވަޅުގެ ވާހަކައެވެ. ހަމައެއް ލަމައެއް ނެތް އިންސާފުގެ ވާހަކައެވެ. މުޅި ޤައުމު ބަނޑަށް ޖެހޭވަރަށް ޤައުމުގެ ދަރަނި ބޮޑުވި ވާހަކައެވެ. އަމިއްލަ ވަތްގަނޑުންވެސް ވައްކަން ކުރާހާ ކޮރަޕްޝަނާ ފަސާދައާއި ވައްކަން އިތުރުވި ވާހަކައެވެ. ހަށިފުރާނައިގެ ޔަޤީންކަމެއްނެތި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކައެވެ.

ރައީސް މައުމޫން ނިކުންނެވީ އެވާހަކަތަކައިގެންނެވެ. ރައްޔިތުންނަށް ރަނގަޅު މެނިފެސްޓޯއަކާއެކު އިންތިޚާބު ކާމިޔާބުކޮށްދެއްވާ ވެރިކަމަށް ލެއްވި ކޮއްކޯފުޅަށް ސިޓީ ބިޓީ މެދުވެރިކޮށް އެކަންކަމުގެ ވާހަކަ ދެއްކެވުމަށް ފަހުގައެވެ. އިސްލާހުވުމަށް ނަސޭހަތްދީ އެއަޑު ނޭއްސެވުމުގެ ސަބަބުންނެވެ. ދެންވާ ފަސްމުގޫ ދޫވެ މީގެ އެތައް އަހަރެއްގެ ފަހަތަށް ޤައުމު ސޮއްސާލަފާނެތީ ނިކުންނަވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވިއެވެ. ރައީސް ޔާމީންގެ ގޮތް ދޫނުކުރެއްވުމާއެކު އެމަނިކުފާނަށް ކުރެއްވި ތާއީދު ހިތާދެކޮޅަށް އަނބުރާ ގެންނެވީ ރައްޔިތުންނަށްޓަކައިވި ވައުދުގައި ކޮޅުފައިން ޖައްސަވާ ބޭފުޅަކަށް ނުވުމަށްޓަކައި އެނޫން ގޮތެއް ނެތިގެންނެވެ.

ރައީސް ޔާމީނަކަށް އެކަން ހަޖަމެއް ނުވިއެވެ. އެހާހިސާބުން މަސައްކަތް ފެއްޓެވީ ރައީސް މައުމޫނުގެ ނަން މިޤައުމުން ފުހެލުމަށެވެ. މާކުރީ ޒަމާނުގެ ވާހަކަތައް ނަގަން ފެށިއެވެ. ޚުދު އެމަނިކުފާނުވެސް ރައީސް މައުމޫންގެ ކެބިނެޓްގައި އުޅުއްވި ސަރުކާރުގައި ހިނގާފައިވާ ކަންކަން ތަހުގީގު ކުރަން ފެއްޓެވިއެވެ. އޮޑިޓް ރިޕޯޓަތައް ހާވަން ފެށިއެވެ. އޭސީީސީ ތެރެއިންނާއި ކޯޓުތައް މެދުވެރިކޮށް އެމަނިކުފާނު ހަންމަތަ ކުރެވޭތޯ ލައްކަ މަސައްކަތް ކުރެއްވިއެވެ. އެކަމަށް އަޅާ ބާރެއްގެ ގޮތުގައި ބޮޑުބޭބެ ވިދާޅުވާ ކޮއްކޮ އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ޖަލަށް ލައްވައިގެން އަހުވަ ދައްކަން ފެށިއެވެ.

ދެންވާ އެކަންކަމުންވެސް ލިބުނު ކުރިއެރުމެއް ނެތުމުގެ ނަތީޖާއަކަށްވީ ޤާނޫން އަސާސީއާ ޚިލާފަށް ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިއެވެ. ބަސްބުނި ހިނދުން ފުލުހުންނާ ސިފައިންގެން ރައީސް މައުމޫން ޖަހައިގަނެގެން ގެންދިޔައީ މީހުން ނިދާފައި ތިއްބާ ފުރަ މެންދަމުގައެވެ.

މިއަދު ރައީސް މައުމޫން ތަހައްމަލް ކުރަމުން އެދަނީ އުމުރުން ދުވަސްވީ ދުވަހު އެއަނިޔާއެވެ. އަނބިދަރިންނާ ވަކިން އެކަނިމާ އެކަންޏެވެ. ކުޑަކުޑަ ގޮޅިއެއްގެ ތެރޭގައެވެ. ވައިބޭރު ނުވާ ރަނގަޅަށް އަވި ނުވަންނަ ޖަލެއްގެ ތެރޭގައެވެ. އޮންނަަން އެޖެހިވަޑައިގަތީ ގާ އައްޓެއްގައެވެ. ގަލާހާޖާކޮށް ގައިންތާހިރުވާން އެޖެހިވަޑައިގަތީ މާބޮޑު ނިވާކަމެއްނެތް ތަނެއްގައެވެ. ހިއްޕަވަން އެޖެހިވަޑައިގަތީ ހަމަ ތާހިރުވާން ފާޚާނާއަށް ދޫކޮށްފައި ހުންނަ އިސްކުރުފެނެވެ. ޖެހިގެން ހުރި ގޮޅީގައި ކަހަލަ ގޮތަކަށް ހަމަ އެވޭނުގައި ދަރިކަލުން ފާރިސް މައުމޫނެވެ. މާދުރުނޫން ގޮޅިއެއްގައި ދަނބިދަރިކަލުން ނަދީމެވެ. އަނބިކަނބަލުން ނަސްރީނާއާ ދަރިކަނބަލުން ޔުމްނާ މޮޅިން ހަލާކުވާވަރުވެފައެވެ. ދަރިކަނބަލުން ދުންޔާ އާއި ދަރިކަލުން ޣައްސާން އެވަނީ މުޅިން އެހެން ހާލެއްގައެވެ. އެހީތެރިކަމުގެ ގޮތުން ފިރުމާލެވޭ ވަރަށްވުރެވެ ދުރުގައެވެ.

ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާ އެހާލުގައި އުޅުއްވާއިރު ލަދުގެ ކަންފުޅެއްވެސް ނެތް ބަޔަކު އެބަތިއްބެވެ. ވެރިކަމާހެދި ކޮންމެ ކަމެއްވެސް ކުރައްވާން އަރުވާ ޖައްސަވައިގެން ހުންނެވި ރައީސް ޔާމީންގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އެއްވެސް ބައެއް ކަމަށް މީހުން ޤަބޫލް ނުކުރާ އަދުރޭއާ ނިހާންމެންގެ ވާހަކަވެސް ދޫކޮށްލާނަމެވެ. މަޤާމާ ޖާހާ މަންސަބަށްޓަކައި އެނޫން ގޮތެއް އެމީހުންނަށް ނެތްކަން އަމަލާ ބަހުން ބުނަމުންދާތީއެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި ގާތުގައި އުޅުނު މީހުންނެވެ. އިސްމީހުންނެވެ. ވަޒީރުންނެވެ. އެއިން މީހެއްގެ ހިލަމެއްނެތެވެ. އެދުވަހު ކުރުނީސްކޮށްކޮށް އުޅުނު މީހުން ލޮލުބޭހަކަށްވެސް ފެންނާކަށް ނެތެވެ. މިއަދު އެމަނިކުފާނަށް ހެޔޮބަހެއް ބުނެލާން ކެރެނީ ހަމައެކަނި އެއްކަލަ އެމްޑީޕީ މީހުންނަށެވެ. އެތައް ގަޑިއިރެއްވަންދެން ކޯޓުގައި ބޭންދިއިރު އެހިސާބަށް ބުރާލާނެ މީހަކުވެސް ނުފެނުނެވެ. ޖަލުން ގެންނާތީ އެތަނަށްވެސް އެއްވީ ހަމަ މުޅިން އެހެން ބައެކެވެ. ހިތެއް ނެތް ބަޔަކަށް ކިތަންމެ ވަރަކަށް ފިތިއަސް ނުކުންނާނެ އެއްޗެއް ނުހުންނާނެތީ އެވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ.

އެކަމަކު ލާމަސީލު މިސާލެއްގެ ވާހަކަވެސް ބުނެލާނަމެވެ. ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމްގެ ވާހަކައެވެ. އެކަމަނާގެ ހިތްވަރެވެ. ރައީސް މައުމޫނަށްޓަކައި ދުވަހަކުވެސް ނުކުރައްވާ ކަމެއް އެކަމަނާ އެވަނީ ކުރައްވާފައެވެ.

ރައީސް މައުމޫނަށް ލިބޭ އެންމެބޮޑު އެއް ހިތްވަރަކީ އެއީއެވެ. ކޮންމެ ކާމިޔާބު ފިރިއެއްގެ ފަހަތުގައި ކާމިޔާބު އަތްބަކު ހުންނާނޭ ބީދައިން މެޑަމް ނަސްރީނާގެ ސާބިތު ކަމުގެ ސަބަބުންނެވެ. އެސަބަބަށްޓަކައި އެމަނިކުފާނު އެހުންނެވީ ގަދަކޮށްނެވެ. މީގެ އެތައް އަހަރެއްގެ ކުރިން އެންދެރިމާގޭގައި ސިޔާސީ ވާހަކަ ދައްކަވާތީ އެކަހެރިކޮށް އޮންނަ މާމަކުނުދޫއަށް އަރުވާލި އަރުވާލި އިރު ހުންނެވި ޖޯޝާއި ހިތްވަރު އެމަނިކުފާނަށް އެވަނީ ލިބިފައެވެ. އެއީ ޒުވާން ކަމުގައެވެ. މިއަދު އުމުރުން 82 އަހަރުގައެވެ. މިއަދުވެސް އެވިދާޅުވަނީ ހަމަ އެހެންނެވެ. ފަހަށް ޖެހެވެން ނެތްވާހަކައެވެ. ގިނަކަންޏާވިއަސް ހުންނަވާނެ ކަމުގެ ވާހަކައެވެ. ކިތައްމެ އަހުވައެއް ދެއްކެވިއަސް ފަރުވާލެއް ނެތްކަމަށެވެ. އަތު އަނދަގޮނޑިއާއި ފައި އަނދަގޮނޑި ޖަހާފައި ބޭއްވިއަސް ދެމިހުންނާނީ އިސްލާހީ މަސައްކަތުގައި ކަމެވެ. އަދި އެމަސައްކަތް ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު