Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާމިރާއި ވިސާމް

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

ވިސާމް އާއި އާމިރު ބޭއްވީ ކުޑަ ގޮޅިއެއްގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 27 މާރިޗު 2018 | އަންގާރަ 16:49
އާމިރާއި ވިސާމް ދޫކޮށްލުމުން ރާއްޖެ ޓީވީގެ ޓީމާއެކު

އާމިރާއި ވިސާމް ދޫކޮށްލުމުން ރާއްޖެ ޓީވީގެ ޓީމާއެކު

ރަނގަޅަށް ބޯވަމަސް ކާލައިގެން ގެއިން ބޭރަށް ފައި އެޅުނު ކަމެއް ނޭނގުނެވެ. ވަށާލީ އެސްއޯ ފުލުހުންގެ ފައުޖެކެވެ. ބާރު ގޮތަކަށް ބުނެލީ ތިޔަހުރީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. "މިއޮތީ ކޯޓު އަމުރެވެ." ލަހެއް ފަހެއް ނެތި އެރުވީ ފުލުހުންގެ ވެހިކަލަށެވެ. އޮފީހަށް ދާން ގެއިން ނުކުން ވިސާމް ހައްޔަރު ކުރި ގޮތް ކިޔައިދިނެވެ.

އާމިރު ހައްޔަރު ކުރީ ދުވާލުގެ މަސައްކަތް ނިމުނު ނަމަވެސް އަނެއް ދުވަހަށް ކުރާން ހުރި ކަންކަން ބަލާލުމަށް އައިސް އޮފީހަށް ވަނުމުގެ ކުރިން ބޭރުގައި މަޑުކޮށްލައިގެން ހުއްޓައެވެ. ހަމަ ކޯޓު އަމުރެއްގެ ދަށުންނެވެ.

ގެންދިޔަ ގޮތަށް ގެންގޮސް ކޮއްޕާލީ އެކަހެރި ކުޑަގޮޅިއަކަށެވެ. އެކަނިމާ އެކަންޏެވެ. ފަންކަހާއެއް ބޮތްކެއް އެތާކު ނެތެވެ. ގޮޅިއަށް ކިރިޔާ ވެސް އަލިކަމެއް ވަނީ ފޫޓެއްހާ ވަރުގެ ކުޑަކުޑަ ފެންލައިޓެއްހާ ތަންކޮޅަކުންނެވެ. އެ އަލިކަން ފޭދިފައި ހުންނާތީ ރޭދުވާ ވަކިވި ނަމަވެސް އެތަނެކޭ ފާރޮށި ފިހާ އަވަނެކޭ އެއްވަރެވެ. އެގޮތުގައި ހައްޔަރު ކުރެވުނު ސަބަބާ މެދު ހޭވެސް އަހާނުލައި ބަރާބަރު 7 ދުވަސް ފަހުން އުޑު ފެންނަ ހިސާބަށް އެނެރެލީ ފަހަތަށް ބާރުކޮށް އަޅުވާފައިވާ ބިޑިއާ އެކުގައެވެ. ޖެއްސުން ކުރާ ގޮތަކަށް ހަމައެކަނި ދާގަނޑެއްގެ ބޭރުން މާލެ ފެންނަ ސަރަހައްދަކަށެވެ. ކުޑަކުޑަ ތަންކޮޅެއްގައި ތިރީހަކަށް މިނެޓު އެގޮތަށް ހިންގުވާފައި އަނެއްކާ ވެސް ވެއްދީ އެއްކަލަ ގޮޅިއަށެވެ.

އެގޮތުގައި އޮންނަން ޖެހުނުއިރު ހިސާބަކަށް ބަލިވި ނަމަވެސް އެ އަށް ވުރެ ހިތްވަރު ގަދައެވެ. ނަމަވެސް އެއަށްވުރެ ހައިރާންވެ ކަންބޮޑުވީ އެކޮށްލި ވަރުގަދަ ތުހުމަތުންނެވެ. ނުވެސް ދެނެހުއްޓާ ބޮލުގައި އެޅުވި ބޮޑު އިލްޒާމުންނެވެ. ފުލުހުންގެ ނަމުގައި ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް ހެދީޔޯލައެވެ. އެކަމުގެ މުއާމަލާތް ހިންގި ކަމަށް ބުނެ ފޯނު އަތުލައި ލޮކްކޯޑު ވެސް ހޯދައިފިއެވެ. ހޯދާނެ ގޮތަކަށް ހޯދާށޭ، ތިޔަކުން އަހަރެމެން ތިޔަ ކަމެއް ކުރިކަމުގެ ހަޤީގީ އެއްވެސް އެއްޗެއް ނުހުންނާނެޔޭ، ހަދައިގެން އެއްޗެއް އެޅުވިއަސް ނުކުރާ ކަމަކަށް ފަރުވާލެއް ނެތޭ ބުނެ ފުރަތަމަ ވެސް ފުލުހުންނަށް އެއްބާރުލުން ދިނެވެ. އެވެރިންގެ އަޑުއަހަން ނުކެރޭވަރުގެ ބަހުރުވަޔާއި، ކުރާ ޖެއްސުމަށް އަޅާ ވެސް ނުލައެވެ.

ބަންދު ކުރުމަށް ފަހު ޖެހި މުއްދަތާ އެކު 11 ދުވަހު އެގޮޅީގައި އެ ބޭއްވީ އެހާލުގައެވެ. ﷲ ތަޢާލާގެ ރޭވުން މާ ބޮޑެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ވިސާމާއި އާމިރު ހައްޔަރުކުރީ އެއްވެސް އަސްލެއް ނެތް ކަމެއްގައި، ފުލުހުން އަމިއްލަ އަށް އުފެއްދި ތުހްމަތެއްގައި ކަން ހާމަވެ އެއްވެސް ހެއްކެއް ނެތިގެން އެވަނީ ދޫކޮށްލާފައެވެ. ވިސާމާއި އާމިރު 11 ދުވަސްވަންދެން ޖަލުގައި ބޭއްވީ ރާއްޖެ ޓީވީގެ މުވައްޒަފަކަށް ވީތީއެވެ. ނަމަވެސް އެއީ ނުހައްގުން އަދަބު ދޭންޖެހޭ ސަބަބެއް ނޫނެވެ. ހިފައި ހައްޔަރުކުރަންޖެހޭ ސަބަބެއް ނޫނެވެ.

ވިސާމާއި އާމިރު ހައްޔަރުކޮށްގެން ގެންގުޅުނީ ރާއްޖެ ޓީވީގެ މަސައްކަތަށް ހުރަސް އަޅައި އެހެން މުވައްޒަފުންނަށް ބިރު ދައްކައި، އަދި ނުހައްގު ތުހްމަތެއްކޮށް، ރާއްޖެ ޓީވީ ބަންދުކުރަން އެދޭ ބަޔަކު ރުއްސުމަށާއި ރާއްޖެ ޓީވީގެ ނަން ކިލަނބުކޮށްލުމުގެ ބޭނުމުގައެވެ. އެއަނިޔާ އާމިރުއަށާއި ވިސާމަށް ބޭއިންސާފުން ލިބިއްޖެއެވެ. މިއަދު ވެސް ރާއްޖެ ޓީވީން ގޮވާލަނީ ހަމަ އެންމެ ކަމަކަށެވެ. އެއްވެސް ހެއްކެއް ނެތި މިފަދަ ނާތަހުޒީބު އަމަލުތައް ދައުލަތުގެ މުއައްސަސާތަކުން ކުރުން ހުއްޓާލައި، އިންސާފުގެ މަގު ހިޔާރުކޮށް ޖިނާއީ އިޖުރާއަތުގެ ހަމަތާއި އުސޫލްތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށާއި، މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ގާއިމުކޮށް ދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި ނޫސްވެރިންނަށާއި ދިވެހި ހުރިހާ ރައްޔިތުންނަށް، ދިވެހި މުޖުތަމައުއަކީ ރައްކާތެރިކަން އިހްސާސުކުރެވޭ ތަނަކަށް ސަލާމަތީ ހިދުމަތްތައް ހެދުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

11 ފެބުރުއަރީ 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

27 ޑިސެމްބަރު 2017
ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

26 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު