Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ

ޝައުބާން މަހުގައި އަޅުކަމުގައި ހީވާގިވާންޖެހޭ، ނަމަވެސް މިމަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވަނީ ސައްހަ ހަދީސްތަކެއް ނޫން: ޚުތުބާ

ޝައުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް

އަމްނާ އިމާދު
އަމްނާ އިމާދު | 14 ފެބުރުއަރީ 2025 | ހުކުރު 08:07
ހުކުރު ޚުތުބާ އަޑު އަހަނީ

ހުކުރު ޚުތުބާ އަޑު އަހަނީ

ޝައުބާން މަހުގައި އަޅުކަމުގައި ހީވާގިވާންޖެހޭ ކަމަށާއި، ނަމަވެސް ޝައުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ހަދީސްތަކަކީ، ސައްހަ ނޫން ހަދީސްތަކެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޝައުބާން މަހުގައި ހެޔޮ އަމަލުކުރުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިހާރު ވޭތުކުރަމުން މިދަނީ ޝައުބާން މަހުގެ ދުވަސްތައް ކަމަށާއި، މި މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެއް ކަމަށެވެ. ޝައުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް الله އަހުރެމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށާއި، މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ އަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެއް ކަމަށެވެ. މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތް اللهގެ ޙަޟްރަތުގައި، ހެޔޮ އަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ އަމަލުކަން ފާހަގަކޮށްފައިވެއެވެ.

ވޭތުވެ ދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށް ނަސޭހަތްތެރިވެ ޚުތުބާގައި ބުނީ ހީވާގިކަމާ އެކު، ރަމަޟާން މަހަށް އިސްތިގުބާލުކުރާން ތައްޔާރުވާންޖެހޭ ކަމަށެވެ. އަދި ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން ޒަކާތް ދައްކުމަށް ވެސް ހަނދާން ކޮށްދީފައިވެއެވެ. ޚުތުބާގައި ބުނީ ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވެ، ކެތްތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި، ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވާންޖެހޭ ކަމަށެވެ. އަދި ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ޝައުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ، ސައްހަ ނޫން ޙަދީޘްތަކަކަށް ވާތީވެ، އިތުބާރު ހުރި ބޮޑެތި އިލްމުވެރިން، ގަބޫލު ނުކުރައްވައި، ރައްދު ކުރައްވައިފައިވާ ޙަދީޘްތަކެއް ކަމަށެވެ.

ސުވަރުގެވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާ ނަމަ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް އަމަލުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
12 މެއި 2017

ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް

12 މެއި 2017
ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް
29 އެޕްރީލު 2017

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް
02 އެޕްރީލު 2017

މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް

02 އެޕްރީލު 2017
މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު