Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗް1އެން1 ވައިރަސް

ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

ދަރިފުޅު ނަގާފައި ވަނީ އަންހެންމީހާގެ ހާލު ސީރިއެސްވުމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 15 މާރިޗު 2017 | ބުދަ 00:56
އައިޖީއެމްއެޗް - އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެނުނީމައިކަމަށް އެޗްޕީއޭ ބުުނޭ

އައިޖީއެމްއެޗް - އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެނުނީމައިކަމަށް އެޗްޕީއޭ ބުުނޭ

އެޗް1އެން1 އަށް ޖެހިގެން ހާލު ބޮޑުވި މާބަނޑު އަންހެން މީހާ ސިޒޭރިއަން ހަދައި ދަރިފުޅު ނަގައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިޒޭރިއަން ހަދައި ފަސް މަހުގެ ދަރިފުޅު ނަގާފައި ވަނީ އަންހެންމީހާގެ ހާލު ސީރިއެސްވުމުން ކަމަށެވެ. ދަރިފުޅު ނެގުމަށް ފަހު ވެސް އަންހެންމީހާއަށް ފަރުވާދެމުން ދަނީ އައިސޫގައި ވެންޓިލޭޓަރެއްގެ އެހީގަކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ދުވަސް ނުފުރޭ ދަރިފުޅު ނެގުމަށް ފަހު ދަރިފުޅަށް އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނާސަރީގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ދަރިފުޅާއި ދޭތެރޭ އެއްޗެއް ބުނަން އިނގޭނީ ފަރުވާދިނުމަށް ފަހު ޓެސްޓްތަށް ހަދާފައި ކަމަށެވެ.

މާބަނޑު މިހާ އެޗ1އެން1 އަށް ޕޮޒިޓިވްކަން ހާމަކުރީ ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވައިރަހާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯހުގައި އިސްކޮށްވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ. އަބްދުﷲ ނިޔާފް އެރޭގައި ވިދާޅުވީ، އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އަންހެން މީހާއަށް ވަރަށް ގާތުން ފަރުވާދެމުން އަންނަ ކަމަށް ނިޔާފް ވިދާޅުވި އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި އެޗް1އެން1 އަށް ޕޮޒިޓިވްވެ، ސީރިއަސް ހާލަތުގައި ތިން މީހަކުވެއެވެ. އަދި އެ މީހުންނަށް އެންމެ ރަނގަޅު ފަރުވާދެމުން އަންނަކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެވެ. އެންމެ ފަހުން އާންމުކޮށްފައިވާ ތަފަށް ހިސާބުތައް ދައްކާގޮތުން 51 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު