Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަން ބަދަލުކުރާ ނިޒާމް

ރައީސް މުއިއްޒުގެ ވެރިކަން ބަދަލުކުރެވޭނެ އެހެން ނިޒާމެއް ހޯދުމަށް ރައްޔިތުން ނުކުމެ މަސައްކަތް ކުރަންޖެހޭ: ސަނީފް

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުން އެއީ ކުށެއްކަން ގިނަ ރައްޔިތުން ގަބޫލުކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ފެބުރުއަރީ 2025 | ހުކުރު 07:18
އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަދައްކަވަނީ

އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރެވޭނެ އެހެން ނިޒާމެއް ހޯދުމަށް ރައްޔިތުން ނުކުމެ މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި ސަނީފް ވިދާޅުވީ މިސަރުކާރަށް އަލަށް މިގައުމުގައި އެއްވެސް ތަރައްގީގެ މަޝްރޫއެއް ހިންގިފައިނުވާ ކަމަށާއި، ގިނަ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ރައީސް މުއިއްޒު ދެއްކެވި ގިނަ ވާހަކަފުޅުތައް ރައްޔިތުން ގަބޫލުކުރި ކަމަށާއި، އެމަނިކުފާނަށް ވަރަށް ބޮޑަށް އިތުބާރު ކުރި ކަމަށެވެ. ނަމަވެސް މިހާރު ގައުމުގައި ކަންކަން ހިނގާ ގޮތުން އެއިތުބާރު ގެއްލިފައިވާ ކަމަށް ސަނީފް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުން އެއީ ކުށެއްކަން ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާކަން ފާހަގަކުރައްވައި ސަނީފް ވިދާޅުވީ މިވެރިކަން ބަދަލުކުރެވޭނެ އެހެން ނިޒާމެއް ހޯދުމަށް މިއަދު ރައްޔިތުން ނުކުމެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް މުއިއްޒުގެ ދޮގުތައް ގިނަ ރައްޔިތުން ގަބޫލުކުރި ސަބަބުތަކަށް އިޝާރާތް ކުރައްވައި ސަނީފް ވިދާޅުވީ އެދުވަސްވަރު އެމްޑީޕީ އެތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށާއި، ޕާޓީ ދެކަފިވެގެން ދިޔަ ކަމަށެވެ. އަދި ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަން ނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ފިޔަވައި އެހެން ވެރިކަންތަކުގައި ރައްޔިތުންނަށް ތަކުލީފު އުފުލަންޖެހިފައިވާ ކަމަށާއި، މިސަރުކާރުގައި މާބޮޑަށް ރައްޔިތުންނަށް އުދަނގޫތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އެމްޑީޕީއަކީ ހުރިހާ ރައްޔިތުންނަށް ފައިދާވާ ގޮތަށް ގައުމުގައި ކަންކަން ކުރާ ހަމައެކަނި ޕާޓީ ކަމަށް ސަނީފް ވިދާޅުވިއެވެ. އެގޮތުން މަތީތައުލީމަށް ސަލާން ޖެހުން ހުއްޓުވައި ހިލޭ ޑިގްރީ ޕްރޮގްރާމް ފެށުމާއި، މުވައްޒަފުންނަށް ލިބެންޖެހޭ ހައްގު އުޖޫރަ ހޯދައިދިނުމާއި، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަނީފް ވިދާޅުވީ 2008 ވަނަ އަހަރު މަސައްކަތް ކުރި ގޮތަށް މިއަދު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ރިޔާސީ ނިޒާމަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށެވެ. އަދި މި ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށް ސަނީފް ވިދާޅުވިއެވެ. އެހެންނޫން ކަމަށްވާނަމަ ވެރިކަމަށް އަންނަ ބޭފުޅާ ނުހައްގުން ބާރުގެ ބޭނުންކޮށް، އަނިޔާވެރިކަން އިސްކުރާނެ ކަމަށް ސަނީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު