Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރ މަޖިލީހުގެ އިމްތިޔާޒު ނަހަމަގޮތުގައި ބޭނުންކޮށް ޓެކްސީ ޑްރައިވަރުންގެ ބޮލުގައި މަރުގެ ތުޙުމަތުއެޅޭ ގޮތަށް ދެއްކި ވާހަކަތައް ކުށްވެރިކޮށްފި

ޑްރައިވަރުންގެ އިހުތިޖާޖުގެ ސަބަބުން މީހަކު މަރުވިކަމަށްބުނެ ރައްޔިތުންގެ ހިތުގައި ޓެކްސީ ޑްެރައިވަރުންނާ ދޭތެރޭ ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަކަށް ރައްޔިތުންގެ މަޖިލިސް އިން ލިބިދޭ ޤާނޫނީ އިމްތިޔާޒުގެ ދިފާއު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމަކީ ވަރަށް ދަށު ދަށުދަރަޖައިގެ ޢަމަލެއްކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2025 | އަންގާރަ 17:11
Your browser does not support the video tag.
0:00 / 0:00

މެންބަރު އިބްރާހިމް މުހައްމަދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މަޖިލީހުގެ އިމްތިޔާޒު ނަހަމަ ގޮތުގައި ބޭނުންކޮށް ޓެކްސީ ޑްރައިވަރުންގެ ބޮލުގައި މަރުގެ ތުހުމަތުއެޅޭ ގޮތަށް ދެއްކި ވާހަކަތައް ޑްރައިވަރުންގެ ޖަމްއިއްޔާ އިން ކުށްވެރި ކޮށްފިއެވެ.

އެ ޖަމްއިއްޔާ އިން ބުނީ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ކުރިވަގުތު އެއްވެސް މިންވަރަކަށް އެންބިއުލާސްއަކަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މީހަކު މަރުވި ކަމަށް ބުނެ ރައްޔިތުންގެ ހިތުގައި ޓެކްސީ ޑްރަވަރުންނާއި ދޭތެރޭ ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަކަށް ރައްޔިތުންގެ މަޖިލިސް އިން ލިބިދޭ ޤާނޫނީ އިމްތިޔާޒުގެ ދިފާއު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމަކީ ވަރަށް ދަށު ދަށުދަރަޖައިގެ ޢަމަލެއް ކަމަށް އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ. އަދި އެކަން އެ ޖަމްއިއްޔާ އިން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"ޓެކްސީ ޑުރައިވަރުން އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. އަދި އެކި ފަހަރު މަތިން ސަރުކާރާއި ކުރެވުނު މަޝްވަރާގެ ތެރޭން ހައްލެއް ނުލިބުމާއި، އެފަހަރު އެކި ގޮތަށް މިނިސްޓަރު ޖަވާބު ދެއްވުމާއި، ސަރުކާރުން މިވީ ހާތަނަށް އެއްވެސް ކަމެއް ހައްލު ކޮށްދީފައި ނުވާތީ އިހުތިޖާޖު ކުރީވެސް ޤާނޫނުން ލިބިޖޭ ހައްގުތަކުގެ ތެރެއިންނެވެ."
ޑްރައިވަރުންގެ ޖަމްއިއްޔާ

އަދި އެރޭގެ މުޒަހަރާ ނިންމާލުމަށް ފަހު ހިނގައިދިޔަ އެއްވެސް ކަމެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމެންތެރި ކަމެއް ނުދައްކާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ ފުލުހުންނާއި ޑްރައިވަރުންނާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވުން ކަމުގައި އެ ޖަމްއިއްޔާ އިން ބުނެފައިވެއެވެ. ޓޯކުރި ކާރުތައް ވެސް ޓޯ ކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ދުއްވާފައިގޮސް ފުލުހުން ބުނި ތަނަކަށް ދިޔުމަށް ފަހުގައި ކަމަށް އެ ޖަމްއިއްޔާ އިން ބުނެއެވެ.

ޑްރައިވަރުންގެ ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައިވަނީ މިކަމުގައި ޑްރައިވަރުންނާއި ޑްރައިވަރުންގެ އާއިލާތަކަށް އަދުގެ ސަރުކާރުން ދީފައި ވަނީ ވަރަށް ބޮޑު ގެއްލުމެއް ކަމީ ކަށަވަރު ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު