Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހުރިހާ ރަހީނުން ހޮނިހިރު ދުވަހު މެންދުރަށް ދޫކޮށް ނުލައިފިނަމަ ޣައްޒާ ނަރަކަ އަކަށް ވެދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޓްރަމްޕްގެ އިންޒާރަށް ހަމާސް އިން ބުނީ "ބިރުދެއްކުމުގެ ބަސްތަކަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. އަދި އެއިން ކަންކަން އިތުރަށް އުނދަގޫ ވެގެން ދިޔުން ނޫން އެހެން ކަމެއް ނުވާނެ." ކަމަށް.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2025 | އަންގާރަ 11:46
ވައިޓް ހައުސް ގެ އޯވަލް އޮފީހުގައި ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ވައިޓް ހައުސް ގެ އޯވަލް އޮފީހުގައި ޓްރަމްޕް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ފަލސްތީނުގެ ހަމާސް ޖަމާއަތުން ބަންދުކޮށްފައިވާ އިސްރާއީލުގެ އެންމެން އަންނަ ހޮނިހޮރު ދުވަހުގެ މެންދުރާ ހަމަ އަށް ދޫކޮށް ނުލައިފިނަމަ ޣައްޒާ 'ނަރަކައަކަށް' ބަދަލުވެދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ އެ ވަގުތާ ހަމަ އަށް އެންމެން ދޫކޮށް ނުލައިފިނަމަ އިސްރާއީލާއި ހަމާސްއާ ދެމެދު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ބާޠިލުކުރުމަށް ހުށަހަޅުއްވާނެ ކަމަށާއި އެހިސާބުން ޣައްޒާ "ނަރަކަ އަކަށް ބަދަލުވާން" ދޫކޮށްލައްވާނެ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ މި މައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަފުޅު ދައްކަވާފާނެ ކަމަށެވެ. 

އޯވަލް އޮފީހުގައި ނޫސްވެރިންނާއެކު ބޭއްވި ފުޅާ ދާއިރާއެއްގެ މައުޟޫއު ތަކަށް ވާހަކަ ދެކެވުނު ބައްދަލުވުމެއްގައި، ޓްރަމްޕް ފާހަގަ ކުރެއްވީ ހަމާސް އިން އެންމެ ފަހުން ދޫކޮށްލި ރަހީނުންގެ ގްރޫޕުގެ ހާލަތާމެދު ހިތްހަމަނުޖެހޭ ކަމަށާއި، އިތުރު ރަހީނުން ދޫކޮށްނުލާނެ ކަމަށް ހަމާސްއިން އިޢުލާނުކުރި ކުރުމާމެދު ވެސް ހިތްހަމަ ނުޖެހޭކަމަށެވެ. 

"އަހަރެންނަށް ފެންނަ ގޮތުގައި، ހޮނިހިރު ދުވަހުގެ 12 ޖަހާއިރަށް ހުރިހާ ރަހީނުން ދޫކޮށްލަން ޖެހޭނެ، އެއީ އެކަށީގެންވާ ވަގުތެއް ކަމަށް އަހަރެން ދެކެން. އަހަރެން ބުނާނީ، އެއްބަސްވުން ބާޠިލުކޮށް، ހުރިހާ ވަޢުދުތަކެއް ނިމުމަކަށް ގެނެސް، 'ނަރަކަ ފެށުމަށް' ދޫކޮށްލާށޭ. އަހަރެން ބުނާނީ ހޮނިހިރު ދުވަހުގެ 12 ޖަހާއިރަށް އެމީހުން އަނބުރާ ގެންނަންވާނެ ކަމަށް،" ޓްރަމްޕް ވިދާޅުވިއެވެ. 

ޓްރަމްޕް ބޭނުންފުޅު ވަނީ މަދުމަދުން ގްރޫޕް ގްރޫޕަށް މީހުން ދޫކޮށްލުމުގެ ބަދަލުގައި އެއްފަހަރާ ހުރިހާ ރަހީނުން ދޫކޮށްލުމަށެވެ.

"އަހަރެމެން ބޭނުންވަނީ އެންމެން އަނބުރާ ގެނައުމަށް." 

ޓްރަމްޕްގެ މި ނޫސް ކޮންފަރެންސް ގައި ވިދާޅުވީ ޣާއްޒާ އިން ބަދަލުކުރެވޭ ފަލަސްޠީނު ރެފިއުޖީން ބަލައިނުގަންނަ ނަމަ، އުރުދުން އާއި މިޞްރަށް ދޭ އެހީ ހުއްޓާލައްވާނެ ކަމަށެވެ. ޓްރަމްޕް އަންގާރަ ދުވަހު އުރުދުންގެ ރަސްގެފާނު ޢަބްދުﷲއާ ބައްދަލުކުރައްވާ ގޮތައް ވަނީ ހަމަ ޖެހިފައެވެ. 

ޙަމާސްގެ ހަތިޔާރުއެޅި ބައިގެ ތަރުޖަމާނަކު އިއުލާނު ކޮށްފައިވަނީ ރަހީނުން ދޫކޮށްލުން ވަކި ތާރީޚެއް ނެތް ގޮތައް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެފައިވާތީ ކަމުގައެވެ. 

ކުރިން ހަމަ ޖެހިފައި އޮތީ އިތުރު ތިން ރަހީނުން ހޮނިހިރު ދުވަހު ދޫކޮށްލާ ގޮތަށެވެ. 

އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވީ ޙަމާސްގެ ނިންމުމަކީ "ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމައާ ބެހޭ އެއްބަސްވުމާ މުޅިން ޚިލާފުވުމެއް؛" ކަމަށެވެ. 

"އަހަރެން ބުނަން ބޭނުންވަނީ އެމީހުން އަނބުރާ ގެންނަންވާނީ ހޮނިހިރު ދުވަހުގެ މެންދުރު 12 ޖަހާއިރު... އެންމެން އެކުގައި، އެކަކު ދެމީހުން، ނޫނީ އެކަކު، ތިން މީހުން، ހަތަރު މީހުން، ދެ މީހުން އެ ގޮތަކަށް ނޫން" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ އިންޒާރަށް ހަމާސް އިން ވަނީ ރައްދު ދީފައެވެ. ހަމާސް އިން ބުނެފައިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެފަރާތުން ވެސް ޒިންމާ ފުރިހަމަ އަށް އަދާ ކުރަންވާނެ ކަމަށެވެ.

"ޓްރަމްޕް އަށް އެނގިވަޑައިގަންނަވަން ވާނެ ޣައްޒާގައި ހަނގުރާމަ ހުއްޓުން ދެމިއޮތުމަށްޓަކައި ދެފަރާތުން ވެސް އެމީހުންގެ ޒިންމާތަކާ އެއްގޮތަށް ޢަމަލު ކުރަން ޖެހޭނެ ކަން. މިއީ [އިސްރާއީލުގެ] ހަމަ އެކަނި ރަހީނުން އަނބުރާ ގެންދިއުމަށް އޮތް ކަމެއް ނޫން" ކަމަށް ޙަމާސްގެ ސިޔާސީ ބިއުރޯގެ އިސް މެންބަރެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ ވިދާޅުވިއެވެ 

އޭނާ އިތުރަށް ވިދާޅުވީ، "ބިރުދެއްކުމުގެ ބަސްތަކަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. އަދި އެއިން ކަންކަން އިތުރަށް އުނދަގޫ ވެގެން ދިޔުން ނޫން އެހެން ކަމެއް ނުވާނެ."

ކޮމެންޓް

އިތުރަށް ކިޔާލަން

މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި

މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި

11 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު