Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއެސްއެއިޑް

ޔޫއެސްއެއިޑްގެ އިސް އޮފިޝަލުން ޗުއްޓީ އަށް ފޮނުވާލުމަށް ފަހު މަސްކް ވިދާޅުވަނީ އެ އޭޖެންސީ "މަރުވުމުގެ" ވަގުތު ޖެހިއްޖެ ކަމަށް

3 ފެބުރުއަރީ 2025 | ހޯމަ 09:25

އޭނާ މިހެން ވިދާޅުވެފައިވަނީ ޔޫއެސްއެއިޑްގެ އިސް ސެކިއުރިޓީ ދެ އޮފިޝަލުން ޗުއްޓީއަށް ފޮނުވާލެވުނު ކަމަށް ރިޕޯޓުތަކުގައި ބުނެފައިވާ ވަގުތެއްގައި

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2025 | ހޯމަ 09:25
އިލޯން މަސްކް 20 ޖެނުއަރީ 2025 ގައި ވޮޝިންގޓަން ޑީސީ ގައި އޮތް ޓްރަމްޕް ހުވާކުުެއްވުމުގެ ރަސްމިއްޔާޔތުގައި ވާހަކަ ދައްކަވަނީ

އިލޯން މަސްކް 20 ޖެނުއަރީ 2025 ގައި ވޮޝިންގޓަން ޑީސީ ގައި އޮތް ޓްރަމްޕް ހުވާކުުެއްވުމުގެ ރަސްމިއްޔާޔތުގައި ވާހަކަ ދައްކަވަނީ

އެމެރިކާ އިން ބޭރު ދުނިޔެއަށް ދޭ އެހީގެ މަސައްކަތްތައް ކުރަމުން އައި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) "މަރުވަން" ޖެހޭ ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ޔޫއެސްއެއިޑްގެ އިސް ސެކިއުރިޓީ ދެ އޮފިޝަލުން ޗުއްޓީއަށް ފޮނުވާލެވުނު ކަމަށް ރިޕޯޓުތަކުގައި ބުނެފައިވާ ވަގުތެއްގައެވެ. އެ ދެ އޮފިޝަލުން ޗުއްޓީއަށް ދާން މަޖުބޫރު ކުރީ މަސްކްގެ މަންދޫބުންނަށް އެ އޭޖެންސީން ސިއްރު ލިޔެކިޔުންތަކެއް ބެލުމުގެ ހުއްދަ ދިނުމަށް އިންކާރުކުރުމާ ގުޅިގެންނެވެ.

އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ (ޑޯޖް) ގެ ވެރިޔަކަށް އިސްކުރެއްވި މަސްކް ވިދާޅުވެފައިވަނީ، ވޮޝިންގްޓަން ޑީސީގައި ހުންނަ ޔޫއެސްއެއިޑް ގެ މައި އޮފީހުގެ ވަކި ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ އޭނާގެ އޮފީހުގެ ޓާސްކް ފޯސްގެ މެންބަރުންނަށް ސެކިއުރިޓީ އޮފިޝަލުން ދިނުމަށް އިންކާރުކުރުމާ ގުޅިގެން ޔޫއެސްއެއިޑް އަކީ "ކުށްކުރާ މުއައްސަސާއެއް" ކަމަށެވެ.

"އެ ތަން މަރުވުމުގެ ވަގުތު ޖެހިއްޖެ،" މަސްކް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ލިޔުއްވިއެވެ.

ޔޫއެސްއެއިޑްގެ ސެކިއުރިޓީ ޑައިރެކްޓަރ އާއި އޭނާގެ ނައިބު ޗުއްޓީއަށް ފޮނުވާލެވުނީ ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ މަސްއޫލިއްޔަތުތައް ހަވާލު ކޮށް އަލަށް އުފެއްދި ޑޯޖްގެ މުވައްޒަފުންނަށް ވޮޝިންގޓަނުގައި ހުންނަ ޔޫއެސްއެއިޑް އޮފީހުގެ ވަނުން މަނާ ސަރަހައްދު ތަކަށް ވަނުމުގެ ހުއްދަ ދިނުމަށް އިންކާރުކުރުމާ ގުޅިގެންނެވެ. މިކަން ފުރަތަމަ ރިޕޯޓުކުރީ ސީއެންއެންއިންނެވެ. އަދި ގިނަ އެމެރިކާގެ މީޑިއާތަކުން ނަން ހާމަނުކުރާ އޮފިޝަލުންނާ ހަވާލާދީ މިކަން ހިނގިކަން ރިޕޯޓުކޮށްފައިވެއެވެ.

ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރަކުން އުފެއްދެވި ނަމަވެސް ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ނުހިމެނޭ ޑޯޖް ގެ އޮފިޝަލުންނަށް ފަހުން މަނާކުރި ސަރަހައްދަށް ވަދެވުނެވެ. އަދި އެމީހުން ބޭނުންވި ލިޔެކިޔުންތަކާ ހަމައަށް ވާސިލުވިއެވެ. މި ހާދިސާ ހިނގިކަމަށް ގިނަ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ ސްޓީވަން ޗުއަންގް ވިދާޅުވެފައިވަނީ ޑޯޖް ގެ މުވައްޒަފުން މަނާ ސަރަހައްދަށް ވަނުމަށް މަސައްކަތްކުރި ކަމަށް ބުނާ ޕީބީއެސްގެ ރިޕޯޓަކީ "ދޮގު ޚަބަރެއް" ކަމަށާއި "އެއްވެސް ވަރަކަށް ތެދެއް ނޫން" ކަމަށެވެ.

އީލޮން މަސްކް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން

22 ސެޕްޓެމްބަރު 2025
ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން
06 ޖޫން 2025

ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ

06 ޖޫން 2025
ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ
04 ޖޫން 2025

ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ

04 ޖޫން 2025
ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ
26 ފެބުރުއަރީ 2025

އީލޯން މަސްކްގެ ކެނެޑާގެ ރައްޔިތުކަން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލާ ހުޅުވާލި ޕެޓިޝަނެއްގައި އެތައް ހާސް މީހުން ސޮއިކޮށްފި

26 ފެބުރުއަރީ 2025
އީލޯން މަސްކްގެ ކެނެޑާގެ ރައްޔިތުކަން ބާތިލުކުރުމަށް ސަރުކާރަށް ގޮވާލާ ހުޅުވާލި ޕެޓިޝަނެއްގައި އެތައް ހާސް މީހުން ސޮއިކޮށްފި
31 އޯގަސްޓު 2024

ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި

31 އޯގަސްޓު 2024
ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި
30 ނޮވެމްބަރު 2023

ހަމާސްގެ ދައުވަތަށް އީލޮން މަސްކް ރައްދު ދެއްވައިފި

30 ނޮވެމްބަރު 2023
ހަމާސްގެ ދައުވަތަށް އީލޮން މަސްކް ރައްދު ދެއްވައިފި
21 ޑިސެމްބަރު 2022

ރިޕްލޭސްމަންޓެއް ލިބޭއިރަށް ޓްވިޓަރގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް މަސްކް ބުނެފި

21 ޑިސެމްބަރު 2022
ރިޕްލޭސްމަންޓެއް ލިބޭއިރަށް ޓްވިޓަރގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް މަސްކް ބުނެފި
20 ނޮވެމްބަރު 2022

ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ އެކައުންޓު އަނބުރާ ދޭން މަސްކް ނިންމައިފި

20 ނޮވެމްބަރު 2022
ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓަރ އެކައުންޓު އަނބުރާ ދޭން މަސްކް ނިންމައިފި
07 ނޮވެމްބަރު 2022

އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން އުޅޭނަމަ ޓްވިޓަރއިން ކުރިއަށް އޮތްތަނުގައި "ބޭން"ކުރާނެ

07 ނޮވެމްބަރު 2022
އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން އުޅޭނަމަ ޓްވިޓަރއިން ކުރިއަށް އޮތްތަނުގައި "ބޭން"ކުރާނެ
06 ނޮވެމްބަރު 2022

ޓްވިޓަރ ވެރިފައިކުރަން 8 ޑޮލަރު ޗާޖުކުރަން ފަށައިފި

06 ނޮވެމްބަރު 2022
ޓްވިޓަރ ވެރިފައިކުރަން 8 ޑޮލަރު ޗާޖުކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް