Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްވިޓަރ- އިލޯން މަސްކް

ރިޕްލޭސްމަންޓެއް ލިބޭއިރަށް ޓްވިޓަރގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދޭނެކަމަށް މަސްކް ބުނެފި

މަޤާމުން ދުރުވާން ޖެހޭކަމަށް ޕޯލްގައި ބައިވެރިވި 57.5 އިންސައްތަ މީހުން ވޯޓު ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޑިސެމްބަރު 2022 | ބުދަ 08:06
ޓްވިޓަރގެ ސީއީއޯ އިލޯން މަސްކް

ޓްވިޓަރގެ ސީއީއޯ އިލޯން މަސްކް

ޓްވިޓަރގެ ސީއީއޯގެ މަޤާމުން އިސްތިއުފާ ދެއްވާނެކަމުގެ އިޝާރާތެއް އިލޯން މަސްކު ދެއްވައިފިއެވެ.

މަސްކް ވަނީ މީގެ ކުރިން ޓްވިޓަރގައި ޕޯލްއެއް ނަގާފައެވެ. އެގޮތުން އޭނާ މަޤާމުން ދުރުވާން ޖެހޭކަމަށް ޕޯލްގައި ބައިވެރިވި 57.5 އިންސައްތަ މީހުން ވޯޓު ދީފައިވާއިރު، އޭނާ މަޤާމުގައި ހުރުމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ 42.5 އިންސައްތަ މީހުންނެވެ.

ޕޯލް ނެގުމުގެ ގޮތުން މަސްކް ވަނީ އޭނާ މަޤާމުގައި ހުންނަން ތާއީދުކުރޭތޯ ސުވާލުކޮށް، ޕޯލްގެ ނަތީޖާއަށް އޭނާ ތަބާވާނެކަމަށްވެސް ބުނެފައެވެ.

ޕޯލްއަށް ވޯޓުދިން މެޖޯރިޓީ މީހުން އޭނާ މަޤާމުން ދުރުވުމަށް ވޯޓު ދީފައިވާއިރު، އެކަމާ ގުޅިގެން ކުރި ޓްވީޓެއްގައި މަސްކް ބުނެފައިވަނީ، އެ މަޤާމާ ޙަވާލުވާވަރުގެ މޮޔަ މީހަކު އަތުވެއްޖެނަމަ، އޭނާ އެ މަޤާމުން އިސްތިއުފާ ދޭނެ ކަމަށެވެ.

އޭނާގެ ބަދަލުގައި އައު ސީއީއޯއަކު ހަމަޖެހުމުން، އޭނާ ކުރާނީ ސޮފްޓްވެއަރ އަދި ސަރވަރ ޓީމްތައް ރަން ކުރުމުގެ މަސައްކަތްކަން މަސްކް ފާހަގަ ކުރެއްވިއެވެ.

މަޤާމާ ޙަވާލުވިފަހުން މަސްކްއަށް އެކި ގޮތްގޮތުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ޓްވިޓަރގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމާއި، ޓްވިޓަރ އެކައުންޓުތައް ވެރިފައިކުރާނަމަ ފައިސާ ނަގަން ނިންމުން ފަދަ ކަންކަމާއި ގުޅިގެން އޭނާއަށް ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.

އިލޯން މަސްކު ޓްވިޓަރ ގަތުމަށް 44 ބިލިއަން ޑޮލަރުގެ ޑީލެއް ހުށަހެޅީ މި އަހަރުގެ އޭޕްރިލް މަހުގައެވެ. ކުންފުނި ވިއްކުމުގެ މަރުހަލާ ކުރިއަށްދަނިކޮށް އޭނާ ބޭނުންވި މައުލޫމާތުތަކެއް ޓްވިޓަރ އިން ފޯރުކޮށްނުދިން ކަމަށް ބުނެ ޖުލައި މަހުގައި އޭނާ ވަނީ އެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

އެހެންނަމަވެސް ޓްވިޓަރ އިން ވަނީ މިވާހަކަތައް ދޮގުކޮށް، އެއްބަސްވުމާ އެއްގޮތަށް ކުންފުނި ގަންނަން ޖެހޭނެ ކަމަށް ބުނެ ކޯޓަށް ދާން ނިންމިއެވެ. އަދި އަލުން ޓްވިޓަރ ގަތުމަށް މަސްކް ނިންމީ ކޯޓު އަޑުއެހުންތައް ފަށަން ކައިރިވެފައި ވަނިކޮށެވެ.

ބިލިއަނަރު އީލޮން މަސްކު ޓްވިޓަރ ގަތުމަށް 44 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދަން ނިންމީ އެ ޕްލެޓްފޯމުގައި ހުރި ސްޕޭމް ނުވަތަ ފޭކު އެކައުންޓުތައް ނައްތާލައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދޭން ކަމަށް ބުނެއެވެ.

ޓްވިޓަރއީލޮން މަސްކް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން

22 ސެޕްޓެމްބަރު 2025
ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން
07 ސެޕްޓެމްބަރު 2025

"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"

07 ސެޕްޓެމްބަރު 2025
"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"
08 ޖުލައި 2025

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި
06 ޖޫން 2025

ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ

06 ޖޫން 2025
ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ
04 ޖޫން 2025

ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ

04 ޖޫން 2025
ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު