Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން

ޗާލީގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ޓްރަމްޕްއާ އެކު ނަންގަވާފައިވާ ފޮޓޯ އެއް މަސްކު އޭނާގެ އެކްސް އެކައުންޓުގައި ޕޯސްޓު ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި މަސްކު ލިޔުއްވާފައި ވަނީ "ފޯ ޗާލޯ" މިހެންނެވެ. ހަމަ އެހެންމެ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވެސް ވަނީ، މަސްކު އާއި ޓްރަމްޕް އަތް ގުޅާލައިގެން ތިއްބެވި މަންޒަރު ފެންނަ ވީޑިއޯ ޕޯސްޓު ކޮށްފަ އެވެ.

ޓްރަމްޕް އަދި އީލޮން މަސްކް ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު ޗާލީ ކާރކްގެ ހަނދާނީ ރަސްމިއްޔާތުގައި އެއްތަނެއްގައި ބައްދަލުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ސެޕްޓެމްބަރު 2025 | ހޯމަ 08:00
ޗާލީގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް އާއި މަސްކު ސަލާމް ކުރައްވަނީ

ޗާލީގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕް އާއި މަސްކު ސަލާމް ކުރައްވަނީ

ގާތް ރަޙުމަތްތެރިންގެ ގޮތުގައި ތިބުމަށް ފަހު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އެކަކު އަނެކަކަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކުމަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ބިލިއަނަރު އީލޮން މަސްކު އެއް ތަނަކު ބައްދަލުވެ، އަތާ އަތް ޖޯޑުކޮަށް ސަލާމް ކުރައްވައިފި އެވެ.

ޓްރަމްޕް އާއި މަސްކު ބައްދަލުވެފައި ވަނީ، ދާދި ފަހުން ދިން ހަމަލާއެއްގައި މަރާލި ޗާލީ ކާކްގެ ހަނދާނުގައި ބޭއްވި ޚާއްސަ އިވެންޓުގަ އެވެ. އެ އިވެންޓުގައި ޓްރަމްޕް އާއި މަސްކު ތިއްބެވީ ވެސް، ގާތް ގާތުގައި ޖެހި ޖެހިގެންނެވެ.

އެރިޒޯނާގެ ގްލެންޑޭލްގައި ބޭއްވި އެ ރަސްމިއްޔާތަކީ، މި ހިނގާ ސެޕްޓެމްބަރު މަަހުގެ 10 ވަނަ ދުވަހު ޔުޓާ ޔުނިވާސިޓީގެ ކެމްޕަހުގައި އިންދާ، ބަޑިން ހަމަލާ ދީ މަރާލި ޗާލީގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެކެވެ. އެ ރަސްމިއްޔާތުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މަސްކު ވަނީ އަމަލީ ގޮތުން ބައިވެރިވެ، ޓްރަމްޕް އަށް ކެމްޕެއިން ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ޓްރަމްޕްގެ ކެމްޕެއިން އަށް 270 މިލިއަން އެމެރިކާ ޑޮލަަރަށް ވުރެ ގިނައިން ޚަރަދު ކޮށްފަ އެވެ.

ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރު ފެށުމާ އެކު، ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ (ޑޯޖް)ގެ އިސްވެރިޔަކަށް ހަމަޖެއްސެވީ ވެސް މަސްކު އެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ޓެކްސް އަދި ހޭދަ ކުރުމުގެ ބިލާ ގުޅިގެން ޓްރަމްޕް އާއި މަސްކާ ދެމެދު ނުތަނަވަސްކަން އުފެދުނެވެ. އޭގެ ފަހުން މަސްކު ވަނީ ޓްރަމްޕްގެ ސަރުކާރުން ވަކިވާން ނިންމައިފަ އެވެ.

ޗާލީގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ޓްރަމްޕްއާ އެކު ނަންގަވާފައިވާ ފޮޓޯ އެއް މަސްކު އޭނާގެ އެކްސް އެކައުންޓުގައި ޕޯސްޓު ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި މަސްކު ލިޔުއްވާފައި ވަނީ "ފޯ ޗާލޯ" މިހެންނެވެ. ހަމަ އެހެންމެ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވެސް ވަނީ، މަސްކު އާއި ޓްރަމްޕް އަތް ގުޅާލައިގެން ތިއްބެވި މަންޒަރު ފެންނަ ވީޑިއޯ ޕޯސްޓު ކޮށްފަ އެވެ.

ޓްރަމްޕްއާ މައްސަލަ ޖެހި ސަރުކާރުން ވަކިވި ފަހުން މަސްކު ވަނީ، ޓްރަމްޕްއާ ދެކޮޅަށް ސިޔާސީ ޕާޓީއެއްް އުފައްދަވާނެ ކަަމަށް ވެސް އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް، އެކަމުގައި މިހާތަނަށް މަސްކު އަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވެ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްއީލޮން މަސްކްޗާލީ ކާރކްޓްރަމްޕް-މަސްކްއެމެރިކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު