Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ

މަސްކް އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2025 | ބުދަ 07:08
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މަހުޖަނު އީލޮން މަސްކް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މަހުޖަނު އީލޮން މަސްކް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް، މުއްސަނދި ވިޔަފާރިވެރިޔާ، އަދި ޓްރަމްޕާ ގާތް ގުޅުމެއް އޮތް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް އިންތިޚާބު ކުރުމަށްޓަކައި މަސްކް ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ. މާލީ ގޮތުން ޓްރަމަޕްގެ ކެމްޕެއިން އަށް އެހީތެރިވުމުގެ އިތުރުން، މަސްކް ވަނީ އަމަލީ ގޮތުން ވެސް ޓްރަމްޕްގެ ކެމްޕެއިންގައި ބައިވެރިވެފަ އެވެ. އަދި ޓްރަމްޕާއި މަސްކާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ވެސް އުފެދިފަ އެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރިޔާސީ ދެ ވަނަ ދައުުރުގެ ހުވާ ކުރައްވައި ވެރިކަމާ ހަވާލުވުމަށް ފަހު ޓްރަމްޕް ވަނީ މަސްކަށް ސަރުކާރުގެ މަގާމެއް ވެސް ހަވާލު ކުރައްވައިފަ އެވެ. އެގޮތުން ޑިޕާޓްމަންޑް އޮފް ގަވަމަންޓް އެފިޝެންސީ (ޑޯޖް)ގެ އިސްވެރިޔާގެ ގޮތުގައި މަސްކް ހަމަޖައްސަވައި، ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ މުހިންމު މަސައްކަތެއް ވަނީ މަސްކާ ހަވާލު ކުރައްވައިފަ އެވެ.

ނަމަވެސް މިިދިޔަ ހަފުތާގެ ތެރޭގައި މަސްކް ވަނީ ޓްރަމްޕްގެ ސަރުކާރުން ވަކިވެފަ އެވެ. އަދި ޓްރަމްޕް ވަނީ ސަރުކާރުގައި މަސްކް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭރު ވެސް، މަސްކާއި ޓްރަމްޕްގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތަކެއް އޮތީ ފެތުރިފަ އެވެ. 

އޭގެ ފަހުން މަސްކް އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށެވެ. އަދި އެ ބިލާ އެއްކޮޅަށް ކޮންގްރެސްގައި ވޯޓު ދެއްވި މެމްބަރުން ވެސް ލަދު ގަންނަން ޖެހޭނެ ކަމުގައި މަސްކް ވިދާޅުވި އެވެ. އަދި އެނގި ތިބެ ކޮށްފައި ވަނީ ވަރަށް ނުބައި ކަމެއްގެ ގޮތުގައި މަސްކް ވަނީ އެކަން ސިފަ ކުރައްވައިފަ އެވެ. 

ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގެ ސަބަބުން 10 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ދަރަނި އިތުރު ވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. އެގޮތުން ގާތް ގަނޑަކަށް ތިން ބިލިއަން އެމެރިކާ ޑޮލަރަށް ދަރަނި އިތުރު ވާނެ ކަމަށް ބުނެފައިވެ އެވެ.

ޑޮނަލްޑް ޓްރަމްޕްއީލޮން މަސްކްޚަރަދުގެ ބިލުއެމެރިކާގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު