Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕް - މަސްކް ގުޅުން

ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ

ބަހުގެ ހަމަލާތައް ހޫނުވެ ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކާ އެކު ހަދާފައިވާ ސަރުކާރުގެ ކޮންޓްރެކްޓްތައް އުވާލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެއާއެކު މަސްކް ވަނީ ޓްރަމްޕް އިމްޕީޗް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

ރާއްޖެ އެމްވީ | 6 ޖޫން 2025 | ހުކުރު 10:11
ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރަނީ- 30 މެއި 2025

ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރަނީ- 30 މެއި 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމަނިކުފާނުގެ ގާތް އެކުވެރިޔާ ބިލިއަނަރު އީލޮން މަސްކް އާ ދެމެދުގެ ގުޅުން ގޯސްވެ ދެ ފަރާތުގެ ދެމެދުގައި ބަހުގެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ އެވެ.

މައްސަލަ ފެންމަތިވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ޓްރަމްޕް ހުށަހެޅުއްވާފައިވާ ބިލަކަށް މަސްކް ފާޑު ކީ ހިސާބުންނެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާގެ ކުރީގެ އެކުވެރިޔާ އީލޮން މަސްކް ބަޖެޓް ބިލަށް ފާޑުކިޔާފައިވާތީ "ވަރަށް ބޮޑަށް ހައިރާންވެ" އަދި "ހިތާމަކުރާ" ކަމަށެވެ.

"އީލޮން އާއި އަޅުގަނޑާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮތް. މިހާރު އެ ގުޅުން އޮންނާނެ ކަމެއް އަޅުގަނޑަކަށް ނޭނގެ،" ބުރާސްފަތި ދުވަހު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނަށް ޓްރަމްޕް ވިދާޅުވިއެވެ.

މިއީ ޓެކްސް ކުޑަކޮށް އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް މަސްކް ކުރަމުންދާ ލޮބީކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޓްރަމްޕް އެންމެ ސީދާކޮށް ދެއްވި ރައްދެވެ.

މި ބިލުގައިވާ ކަންތައްތަކަށް މަސްކް ގެ އިތުރުން ބައެއް ރިޕަބްލިކަނުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޓްރަމްޕް ގެ ވާހަކަފުޅަށް ރައްދު ދެމުން، މަސްކް އެކްސްގައި އިތުރަށް ބުނެފައިވަނީ ޓްރަމްޕް އަކީ ޝުކުރުވެރިނުވާ ބޭފުޅެއް ކަމަށާއި އޭނާ "ނެތްނަމަ، ޓްރަމްޕް އިންތިޚާބުގައި ބަލިވީސް" ކަމަށެވެ.

މަސްކް ސަރުކާރުގެ ވަޒީފާގައި 129 ދުވަސް ހޭދަކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީގެ އެންމެ އިސް ވެރިޔާގެ މަޤާމުން ފާއިތުވި ހަފްތާގައި ވަނީ ވަކިވެފައެވެ. އަދި މަސްކް އަށް ޝުކުރު އަދާކުރުމުގެ ގޮތުން 30 މެއިގައި ވައިޓް ހައުސް ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް އޭނާ އަށް ރަން ތަޅުދަނޑިއެއް ހަދިޔާ ކުރެއްވިއެވެ.

ނަމަވެސް އޭގެ ފަހުން، މަސްކް ވަނީ ކޮންގްރެސް ގައި މިހާރު ބަހުސް ކުރެވުންދާ ޓްރަމްޕްގެ ބަޖެޓް ބިލަށް ތަކުރާރުކޮށް ފާޑުކިޔާފައެވެ. އެގޮތުން އެ ބިލަކީ "ހަޑިމުޑުދާރު ނުބައި އެއްޗެއް" ކަމަށް ބުނެ، "އެއަށް ވޯޓުދިން މީހުން ލަދުގަންނަންޖެހޭނެ" ކަމަށާއި ކުރެވެނީ ނުބައި ކަމެއް ކަން އެނގޭނެ ކަމަށް ބުނެ އެކްސް ގައި ލިޔެފައިވެއެވެ.

މި ބިލު ހައުސްއިން ފާސްވެފައިވަނީ ގިނަ ރިޕަބްލިކަނުންގެ ތާއީދާއެކުގައެވެ. ޓްރަމްޕްގެ ޕާޓީގެ މަދު ބައެއް މެންބަރުންނާއި ހުރިހާ ޑިމޮކްރެޓުން މި ބިލާ ދެކޮޅުހަދާފައިވެއެވެ.

ބުރާސްފަތި ދުވަހު ޖަރުމަނުގެ ޗާންސެލަރ އާއެކު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ މި ބިލުގެ ޒަރީއާ އިން ކުރައްވަމުން ގެންދަވާނީ "ހައިރާންވާފަދަ ކަންތައްތަކެއް." ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން. އެއީ މިތާގެ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް އީލޮން އަށް މި ބިލުގެ މަސައްކަތްތައް އެނގޭތީ،" އޭނާ ވިދާޅުވިއެވެ. "ކުއްލިއަކަށް އޭނާ އަށް މި ބިލު މައްސަލަ އަކަށް ވެއްޖެ."

އޭގެ ރައްދުގައި މަސްކް ބުނެފައިވަނީ އެއީ އިތުރުފުޅެއް ކަމަށާއި އޭނާ އަށް އެ ބިލު ފެނިފައިވާ ވެސް ނުވާ ކަމަށާއި، ގިނަ ރިޕަބްލިކަން މެމްބަރުންނަށް ވެސް ބިލުގައި އޮތް އެއްޗެއް ވެސް ނޭނގޭނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މިހާ ހިސާބަށް މަސްކް އަދި އޭނާ އާ ބެހޭ ގޮތުން ޒާތީ ގޮތުން ނުބައި އެއްޗެއް ބުނެފައި ނުވާ ކަމަށާއި އެހެން ނަމަވެސް ދެން ފެށޭނީ އެކަން ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކާ އެކު ހަދާފައިވާ ސަރުކާރުގެ ކޮންޓްރެކްޓްތައް އުވާލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މަސްކް ވަނީ ޓްރަމްޕް އިމްޕީޗް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.

ގާތް ގުޅުމެއް އޮތް މި ދެފަރާތުން ބަހުގެ ހަމަލާތައް ފުލުފުލުގައި ބަދަލު ކުރެވުން ދިޔައީ ސޯޝަލް މީޑިއާ ގައެވެ.

ސަރުކާރުގެ ކޮންޓްރެކްޓް ތައް ކެންސަލް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ބުރާސްފަތި ދުވަހު ބުނެފައިވަނީ، ނާސާގެ އެސްޓްރޯނަޓުންނަށް ބޭނުންވާ ސާމާނު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ގެންގޮސް ގެނެސް ހަދާ ހަމައެކަނި ކާގޯ އުޅަނދު ކަމުގައިވާ "ކާގޯ ޑްރެގަން" ރޫޅާލަން ނިންމައިފިން ކަމަށެވެ.

ދެފަރާތުގެ ބަހުގެ ހަމަލާތައް ބަދަލު ކުރުމުގެ ނަތީޖާ އެއްގެ ގޮތުން މަސްކް ގެ އިލެކްޓްރޯނިކް އުޅަނދު އުފައްދާ ކުންފުނި ޓެސްލާ ގެ ހިއްސާ ވަނީ ބުރާސްފަތި ދުވަހު 14.3 އިންސައްތަ ދަށަށް ގޮސްފައެވެ. މާކެޓް ވެލިއުގެ ގޮތުގައި ގާތްގަނޑަކަށް 150 ބިލިއަން ޑޮލަރު އޭގެ ނަތީޖާ އެއްގެ ގޮތުން ގެއްލިފައިވެއެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި ހިއްސާގެ އަގު އެންމެ ދަށަށް ދިޔަ ދުވަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަރުކާރުގެ ޚަރަދުތައް ބޮޑުތަނުން ކުޑަކުރުމުގެ ޒިންމާ ހަވާލުކުރެވުނު މަސްކް ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް އަދި ޔޫ.އެސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ފަދަ ބައެއް ޑިޕާޓްމަންޓްތައް މުޅިން އުވާލާފައެވެ.

މަސްކް ގެ އޮފީހުން އެޅި ފިޔަވަޅުތަކުން 180 ބިލިއަން ޑޮލަރު ސަލާމަތްކުރެވިފައިވާ ކަމަށް ބުނެފައިވީނަމަވެސް، އެ އަދަދާމެދު ވަނީ ސުވާލު އުފައްދާފައިވެއެވެ. އޭގެ އިތުރުން އެއީ މަސްކް އަމާޒުކުރި 2 ޓްރިލިއަން ޑޮލަރާ ހަމައަށް ޚަރަދު ކުޑަކުރުމުގެ އަމާޒާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.

ޑޮނަލްޑް ޓްރަމްޕްއީލޮން މަސްކް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު