Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެސްޕަންޔޯލް އަތުން ބަލިވެ ރެއާލް އިން ފުރުސަތު ނަގާލައިފި

މެޗުން މޮޅުވެ އެއް ވަަނައިގައި ލީޑު ފުޅާ ކުރުމަށް އޮތް ފުރުސަތު ރެއާލުން ވަނީ ނަގާލައިފަ އެވެ. ބައްޔާ އެކު ރެއާލަށް މިހާރު އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑެކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ފެބުރުއަރީ 2025 | އާދީއްތަ 04:28
މެޗުގައި ލަނޑު ޖެހުމަށްފަހު އެސްޕަންޔޯލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އެސްޕަންޔޯލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ފުރުސަތު ނަގާލައިފި އެވެ.

އެސްޕަންޔޯލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ރެއާލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި އެސްޕަންޔޯލް އިން ލަނޑު ޖެހީ ވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ނަމަވެސް އެ ލަނޑު ޖެހުމުގެ ކުރިން ރެއާލްގެ ކީލިއަން އެމްބާޕޭ އެސްޕަންޔޯލްގެ ކުޅުންތެރިޔަކަށް ފައުލުކޮށްފައިވާތީ، ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މެޗުގައިި ލީޑު ނެގުމަށް ރެއާލް އިން މަސައްކަތް ކުރަމުން ދަނިކޮށް، އެސްޕަންޔޯލް އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެސްޕަންޔޯލް އަށް ކުރި ހޯދައިދިނީ ކާލޯސް ރޮމޭރޯ އެވެ. އެއީ އެ ޓީމުގެ އުމަރު އަލް ޙިލާލް ދިން ފުރުސަތެއްގައި ލިބުނު ބޯޅަ އިން އޭނާ ޖެހި ލަނޑެކެވެ.

މެޗުން މޮޅުވެ އެއް ވަަނައިގައި ލީޑު ފުޅާ ކުރުމަށް އޮތް ފުރުސަތު ރެއާލުން ވަނީ ނަގާލައިފަ އެވެ. ބައްޔާ އެކު ރެއާލަށް މިހާރު އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑެކެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. ހަަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 48 ޕޮއިންޓެވެ. އެ ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަނައިގައި ބާސެލޯނާ އަށް ލިބެނީ 42 ޕޮއިންޓެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްެއެސްޕަންޔޯލް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު