Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

އަމޯރިމް ބުނީ ޔުނައިޓެޑުގައި ތަށިތަކެއް ކާމިޔާބު ކުރަން ޖެހޭނެ ކަމަށް!

ޔުނައިޓެޑުން ކުރިއަށް ދާން ބޭނުންވާ ވިސްނުމާއި، އެ ޓީމުގެ ޕްލޭން ވެސް އޮތީ ހަމަ އެއްގޮތެއްގައި ކަމަށާއި، ވަގުތު ލިބިގެން ކުރިއަށްދާ ވަރަަކަށް ބަދަލު އަންނަ މަންޒަރު ފެންނަ ކަމަށް ވެސް އަމޯރިމް ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2025 | ހޮނިހިރު 03:18
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް

މެންޗެސްޓަރ ޔުނައިޓެޑް ގައި މަސައްކަތް ކުރާއިރު، ތަށިތަކެއް ކާމިޔާބު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ރުބެން އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔުއެފާ ޔޫރޮޕާ ލީގުގައި ސްޓެއުއާ ބުކަރެސްޓްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޔުނައިޓެޑު ޖާގަ ހޯދި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

އަމޯރިމް ބުނީ، އެ މެޗުގައި ވެސް ޔުނައިޓެޑުގެ ކުޅުމަކުން މާބޮޑު ތަފާތުތަކެއް ފާހަގަވާން ނެތް ކަމަށާއި، ނަމަވެސް އެ މެޗުގައި ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށެވެ. ޔުނައިޓެޑުން ކުރިއަށް ދާން ބޭނުންވާ ވިސްނުމާއި، އެ ޓީމުގެ ޕްލޭން ވެސް އޮތީ ހަމަ އެއްގޮތެއްގައި ކަމަށާއި، ވަގުތު ލިބިގެން ކުރިއަށްދާ ވަރަަކަށް ބަދަލު އަންނަ މަންޒަރު ފެންނަ ކަމަށް ވެސް އަމޯރިމް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަމޯރިމް ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި މެޗަަކަށްފަހު މެޗަކުން ކުރިއަށް ގޮސް، ޔުނައިޓެޑަށް ޔޫރޮޕާ ލީގު ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެކަމުގައި ޔުނައިޓެޑުގެ ކުޅުންތެރިންނާއި، އޭނާ އަށް ވެސް އޮތީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް އަމޯރިމް ދެކެ އެވެ. އަދި ކޮންމެ ޙާލަތެއް އޮތް ނަމަވެސް، ޔުނައިޓެޑުގައި ކުރިއަށްދާއިރު ތަށިތަކެއް ކާމިޔާބު ކުރަން ޖެހޭނެ ކަމަށް ވެސް އަމޯރިމް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑު މިހާރު ނެރެމުން އަންނަ ނަތީޖާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަމޯރިމް ބުނީ، މިހާ ހިސާބަަށް އަންނައިރު ކޮންމެ ކަމެއް ވެސް ޙާސިލު ކުރެވިދާނެ ކަމާއި، ކޮންމެ ޓީމެއް ވެސް ބަލި ކުރެވިދާނެކަން ސާބިތު ކޮށްދެވޭނެ ކަމަށެވެ. ލީގު ބުރުގެ ގަދަ ތިނެއްގައި އޮވެ ޔުނައިޓެޑަށް އަނެއް ބުރުން ޖާގަ ލިބުމަކީ ވެސް އަމޯރިމް އަށް އޮތް ހިތްހަމަ ޖެހުމެކެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ވަނަ ބުރުން ޔުނައިޓެޑު ޖާގަ ހޯދިއިރު، މިހާތަނަށް ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ޔުނައިޓެޑެވެ. އެ ޓީމު ވަނީ ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ، ތިން މެޗުން އެއްވަރުވެފަ އެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ އަމޯރިމް ހަވާލުވީއިރު އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައި އޮތްއިރު، އޭނާ އަށް ވެސް ޕްރެޝަރު ބޮޑުވި އެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު އެންމެ ފުރަތަމަ ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗެން އެ ޓީމު ބަލިވެފައިވެ އެވެ.

އެއީ 1932 ވަނަ އަހަރުގެ ފަހުން ފުރަތަމަ 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވި ފުރަތަމަ ކޯޗެވެ. ނަމަވެސް ފަހަކަށް އައިސް ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅުވަމުން އަންނައިރު، އަމޯރިމް އަށް ވެސް ޕްރެޝަރު ކުޑަވަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު