Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފަހަތުން އަރައި ބްރޫޖް ބަލިކޮށް، ސިޓީ ސަލާމަތްވެއްޖެ

މުބާރާތުގެ ޕްލޭ އޮފްގައި ސިޓީ ވާދަކުރަން ޖެހޭނީ ރެއާލް މެޑްރިޑު ނުވަތަ ބަޔާން މިއުނިކާ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 04:25
މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުލަބު ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީން މުބާރާތުގެ ޕްލޭ އޮފް ބުރުން ޖާގަ ހޯދައި ސަލާމަތްވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. އެއީ މެޗުގައި ބްރޫޖުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މި ސީޒަންގައި ސިޓީގެ ނަތީޖާތައް ދަށްވެފައިވާއިރު، ސިޓީ އަށް ޗެމްޕިއަންސް ލީގުގައި ކުރިއަށް ދެވެން އޮތީ ވެސް އެ މެޗުން މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ބްރޫޖަށް ލީޑު ނަގައިދިނީ ރަފައެލް އޮންޔެޑިކާ އެވެ. މެޗުގައި ސިޓީން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަތެއޯ ކޮވަސިޗް އެވެ. އެއީ ޖޯން ސްޓޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ލިބުނީ ބްރޫޖުގެ ޑިފެންޑަރު ޖޮއެލް އޯޑޮނޭޒް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ސަވީނިއޯ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި އެ ލަނޑު ޖަހަން ސަވީނިއޯ އަށް ފުރުސަތު ތަނަވަަސްކޮށްދިނީ ސްޓޯންސް އެވެ.

މޮޅާއެކު ސިޓީން މުބާރާތުގެ ޕްލޭ އޮފްގެ ޖާގަ ހޯދިއިރު، އެ ޓީމު އޮތީ 22 ވަނައިގަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ އަށް މެޗުން 11 ޕޮއިންޓާ އެކު އެވެ. މުބާރާތުގެ ޕްލޭ އޮފްގައި ސިޓީ ވާދަކުރަން ޖެހޭނީ ރެއާލް މެޑްރިޑު ނުވަތަ ބަޔާން މިއުނިކާ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު