Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒުގެ ޕްރޮޖެކްޓްތައް

ރައީސް މުއިއްޒު ހިންގެވި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މިނިވަން މުއައްސަސާތައް ގޮށްމުށުގެ ތެރެއަށް ލެއްވުން: މެންބަރު އަހުމަދު ދީދީ

29 ޖެނުއަރީ 2025 | ބުދަ 13:38

ރާއްޖެ މިހާރު މިއޮތީ ބިރުވެރި ހާލަތެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2025 | ބުދަ 13:38
ބުދަ ދުވަހު ރާއްޖެޓީވީން ގެނެސްދިން ފުނޑިއްޖެ-ފުދިއްޖެ ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ބުދަ ދުވަހު ރާއްޖެޓީވީން ގެނެސްދިން ފުނޑިއްޖެ-ފުދިއްޖެ ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިގައުމުގައި ހިންގެވި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މިނިވަން މުއައްސަސާތައް ގޮށްމުށުގެ ތެރެއަށް ލެއްވުން ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީން ގެނެސްދިން ފުނޑިއްޖެ-ފުދިއްޖެ ޚާއްސަ ކަވަރޭޖްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ ބިރުވެރި ހާލަތެއްގައި ކަމަށާއި، ގައުމު ރަނގަޅު މިސްރާބަށް މި ވެރިކަމުގައި ދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ހިންގެވި އެންމެ ބޮޑު ޕްރޮޖެކްޓަކީ މިނިވަން މުއައްސަސާތައް ގޮށްމުށުގެ ތެރެއަށް ލެއްވުންކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ނުހައްގުން ބާރުގެ ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު މިނިވަން މުއައްސަސާތަކީ ސަރުކާރުގެ މިނިސްޓްރީއަށް ނުވަތަ އޮފީހަކަށް ހަދައި ސަރުކާރު އޮޕަރޭޓް ކުރާ ތަނަކަށް ހަދާފައިވާ ކަމަށާއި، މިނިވަންކަން ނަގާލާފައިވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

ޕީއެންސީއަށް ވަގު ފޯމް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ އިލެކްޝަން ކޮމިޝަން (އީސީ)އަކީ މިނިވަން މުއައްސަސާއެއް ނަމަވެސް މިއަދު އެމުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ނެތް ކަމަށެވެ. ވަގު ފޯމް ހުށަހަޅާފައިވާކަން ޔަގީންކުރެވިފައިވާއިރު، އެކޮމިޝަނުން އެފޯމްތައް ބަލައިގަނެ، އެމައްސަލަތައް ބެލުމެއްނެތި ސިޔާސީ ޕާޓީތަކުގެ ލިސްޓް އާއްމުކޮށްފައިވަނީ ރައީސް މުއިއްޒުގެ ނުފޫޒުން ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ވަގުފޯމާއެކު ވެސް ޕީއެންސީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ހަދާފައިވަނީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކަމަށެވެ. އަދި މިހާރު އޮތްގޮތުން ނަމަ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާއިރު، ޕީއެންސީއަށް ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ގައުމުގައި ހިންގާ މިފަދަ މައްސަލަތައް ބަލާނެ ވެސް މިނިވަން މުއައްސަސާއެއް ނެތް ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެސް އިތުބާރު ނަގާލައި، ބާރުތައް ނަގާފައިވާ ކަމަށެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒަކީ ވަރަށް މަކަރުވެރިކަމާއެކު ވަރަށް ފްލޭން ކޮށްގެން ބާރުތައް ނެގުމަށް ކަންތައްތައް ކުރައްވާ ރައީސްއެއް ކަމަށެވެ. ޚާއްސަކޮށް ދޮގާއި މަކަރާއި ހީލަތުން ވަރަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންގެ ގާތަށް ގޮސް، ހަގީގަތް ފެންނަން ހުންނަ ކަންކަމުގައި ވެސް ދޮގު ހައްދަވަމުން ގެންދަވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީފުދިއްޖެ ފުނޑިއްޖެ އެއްވުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

05 ފެބުރުއަރީ 2025
ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި
01 ފެބުރުއަރީ 2025

ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު

01 ފެބުރުއަރީ 2025
ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު
01 ފެބުރުއަރީ 2025

އެބުނާ އަސްލު އެމްޑީީޕީ ނިކުމެއްޖެ!

01 ފެބުރުއަރީ 2025
އެބުނާ އަސްލު އެމްޑީީޕީ ނިކުމެއްޖެ!
31 ޖެނުއަރީ 2025

މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ބޮޑެތި ވައްކަމާއި އޮޅުވާލުން: ފިއްޓޭ

31 ޖެނުއަރީ 2025
މި ސަރުކާރުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ފެންނަނީ ބޮޑެތި ވައްކަމާއި އޮޅުވާލުން:  ފިއްޓޭ
31 ޖެނުއަރީ 2025

ދެނެއް ނުހުއްޓުވޭނެ، ހެޔޮ ވެރިކަމެއް ޤާއިމު ކޮށްދޭނަން: ސައްލެ

31 ޖެނުއަރީ 2025
ދެނެއް ނުހުއްޓުވޭނެ، ހެޔޮ ވެރިކަމެއް ޤާއިމު ކޮށްދޭނަން: ސައްލެ
31 ޖެނުއަރީ 2025

ދިވެހި ރައްޔިތުން ތިބީ ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނެގެން: މެމްބަރު މަޢުރޫފް

31 ޖެނުއަރީ 2025
ދިވެހި ރައްޔިތުން ތިބީ ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނެގެން: މެމްބަރު މަޢުރޫފް
31 ޖެނުއަރީ 2025

ޤާނޫނު އަސާސީ ފުނޑާލާ، ރައްޔިތުންގެ މަޖިލިސް ވައުކޮށްލީމަ ދެން ޖެހޭނީ މަގުމަތިން ރައީސް މުއިއްޒަށް އަޑު އިއްވަން: މާރިޔާ

31 ޖެނުއަރީ 2025
ޤާނޫނު އަސާސީ ފުނޑާލާ، ރައްޔިތުންގެ މަޖިލިސް ވައުކޮށްލީމަ ދެން ޖެހޭނީ މަގުމަތިން ރައީސް މުއިއްޒަށް އަޑު އިއްވަން: މާރިޔާ
31 ޖެނުއަރީ 2025

ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މަގުމަތީ މުޒާހަރާ ލީޑް ކުރީ މުއިއްޒު: ޝިފާޒް

31 ޖެނުއަރީ 2025
ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި މަގުމަތީ މުޒާހަރާ ލީޑް ކުރީ މުއިއްޒު: ޝިފާޒް
31 ޖެނުއަރީ 2025

އެމްޑީޕީގެ 'ފުދިއްޖެ ފުނޑިއްޖެ' ބޮޑު ހިނގާލުމަށް ރަށްރަށުންވެސް މީހުން އަންނަނީ

31 ޖެނުއަރީ 2025
އެމްޑީޕީގެ 'ފުދިއްޖެ ފުނޑިއްޖެ' ބޮޑު ހިނގާލުމަށް ރަށްރަށުންވެސް މީހުން އަންނަނީ
29 ޖެނުއަރީ 2025

މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ބަހުލޫލު ބަޖެޓެއް: މެންބަރު ޒިޔާދު

29 ޖެނުއަރީ 2025
މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ބަހުލޫލު ބަޖެޓެއް: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް