Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުދިއްޖެ ފުނޑިއްޖެ

ދެނެއް ނުހުއްޓުވޭނެ، ހެޔޮ ވެރިކަމެއް ޤާއިމު ކޮށްދޭނަން: ސައްލެ

ދިވެހި ރައްޔިތުންގެ ޙައްޤުގައި ހިނގަން ޖެހިއްޖެ ނަމަ އެކަން އެމްޑީޕީން ކުރާނެކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ދިވެހި ޤައުމުގެ ޙައްޤުގައި އެމްޑީޕީން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2025 | ހުކުރު 18:08
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ދިވެހި ރައްޔިތުން ބިކަވެ ނިކަމެތިވާތަން ބަލަން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނޯންނާނެ ކަމަށާއި، އެ ޕާޓީން ރައްޔިތުންގެ ޙައްޤުގައި ނިކުންނާނެ ކަމަށާއި، ދިވެހި ޤައުމު ސަލާމަތްކޮށް ހެޔޮވެރިކަމެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ "ފުދިއްޖެ ފުނޑިއްޖެ" އެއްވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ އެމްޑީޕީ ނިކުމެ އޮތީ ދިވެހި ޤައުމުގެ ދިފާއުގައި ކަމަށެވެ. އަދި ދިވެހި ޤައުމަކީ ދިވެހި ރައްޔިތުންގެ ޙައްޤެއްކަން ޤަބޫލު ކުރަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސަލީމް ވިދާޅުވީ ދިވެހި ރާއްޖޭގައި ވެރިކަން ކުރައްވާ އެއްވެސް ބޭފުޅަކު، ދިވެހި ޤައުމަކީ އެ ބޭފުޅެއްގެ ޙައްޤެއް ނުވަތަ މިލްކެއް ކަމަށް ޤަބޫލު ކޮށްގެން ނުވާނެ ކަމަށެވެ. ދިވެހި ޤައުމުގައި ކޮންމެ ކަމެއްވާތަން ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ވަރަ ކޮށާލި ނަމަވެސް، އެމްޑީޕީގެ ލަޝްކަރުގެ ވަރަ ކޮށާ ނުލެވޭނެ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ރައްޔިތުންގެ ޙައްޤުގައި ހިނގަން ޖެހިއްޖެ ނަމަ އެކަން އެމްޑީޕީން ކުރާނެކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ދިވެހި ޤައުމުގެ ޙައްޤުގައި އެމްޑީޕީން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުން ބިކަވެ، ނިިކަމެތިވާތަން ބަލަން އެމްޑީޕީ ނޯންނާކެން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، އެމްޑީޕީން މިހާރު މި ނިކުތީ ކަމަށެވެ. އެމްޑީޕީން ދެން ގެޔަށް ނުވަންނާނެ ކަމަށާއި، ދިވެހި ޤައުމު ސަލާމަތް ކުރާނެކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އެމްޑީޕީ އޮތީ ދިވެހި ރައްޔިތުންނާ އެކު ކަމަށާއި، އެ ޕާޓީން ފަހަތަށް ނުޖެހޭނެކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ދިވެހި ޤައުމުގައި ހެޔޮ ވެރިކަމެއް ޤާއިމު ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އެ އެއްވުމުގައި ބައިވެރިވެ ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ ރައީސް މުޢިއްޒުގެ މި ސަރުކާާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެެގޮތުން މިދިޔަ އެއް އަަހަރު ތެރޭގައި މި ސަރުކާރުން ރައްޔިތުން މާޔޫސްކޮށްފައިވާ ކަމަށާއި، މަގު މައްޗަށް ނިކުންނަން ޖެހުނީ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުމަށް ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި އެއްވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ. އެ ހިނގާލުމުގައި ބައިވެރިވި ރައްޔިތުން ވަނީ ރައީސް މުޢިއްޒުގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.

ފުދިއްޖެ ފުނޑިއްޖެ އެއްވުންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު